Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭގެ ވައި ނުސާފުވުން

ތަރައްގީއާއެކު މާލޭގެ ވައި ވަރަށް ބޮޑަށް ނުސާފުވެއްޖެ، މާލެ މިސާލަކަށް ނަގަން ހެޔޮނުވާނެ: އީޕީއޭ

16 އޯގަސްޓު 2021 | ހޯމަ 03:14

އަތޮޅުތެރޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު ތިމާވެއްޓާ ދޭތެރޭ ވަރަށް ބޮޑަށް ވިސްނަންޖެހޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 16 އޯގަސްޓު 2021 | ހޯމަ 03:14
އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް

އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް

އަތޮޅުތެރޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު މިސާލެއްގެ ގޮތުގައި މާލެ ނަގާ ވަރަށްވުރެ މާލޭގެ ހާލަތު ގޯސްވެފައިވާކަމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަމުން ނައީމް ވިދާޅުވީ އަތޮޅުތެރެއަށް ތަރައްގީގެ އެކި މަޝްރޫއުތައް ގެންދަންޖެހޭ ކަމަށެވެ. އެހެންނަމަވެސް ތަރައްގީގެ މަޝްރޫއުތައް ގެންދާއިރު، ވަކި ލެވެލްއެއްގައި މިކަންކަން ހިފެހެއްޓިފައި ހުރުން މުހިންމު ކަމަށް ނައީމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަތޮޅުތެރެއަށް ތަރައްގީގެ މަޝްރޫއުތައް ގެންދާއިރު، މިސާލެއްގެ ގޮތުގައި ބަލަންވީ ދުބާއީ ސިންގަޕޫރު އަދި މާލެ ފަދަ ތަންތަން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. މާލެއަށް އައި ތަރައްގީއާއެކު މާލޭގެ ހާލަތު އެއަށްވުރެ މާ ބޮޑަށް ގޯސްވެފައިވާކަމަށް ނައީމް ވިދާޅުވިއެވެ. ނައީމް ވިދާޅުވީ މާލޭގެ ހާލަތު ގޯސްވެފައިވާ މިންވަރު މާލޭގެ ވައި ތަޣައްޔަރު ވެފައިވާ މިންވަރުން ހާމަވާ ކަމަށެވެ.

އަތޮޅުތެރެއަށް ތަރައްގީގެ މަޝްރޫއުތައް ގެންދާއިރު ތިމާވެއްޓަށް ވަރަށް ޚާއްސަ އިސްކަމެއް ދޭން ޖެހޭ ކަމަށާއި، އަތޮޅުތެރެއަކީ ވަރަށް ބޮޑަށް ލޯކަލް ޓޫރިޒަމަށް ބަރޯސާވެފައިވާ ތަންތަނަށްވާއިރު، އެކަމަށް ކުރާނެ އަސަރާ ދޭތެރޭ ވެސް ވިސްނަންޖެހޭ ކަމަށް ނައީމް ވިދާޅުވިއެވެ.

ނައީމް އިތުރަށް ވިދާޅުވީ ހަރުދަނާ ނިޒާމެއްގެ ތެރެއިން، ވައިނުސާފުވެފައިވާ މިންވަރު ބެލޭނެ ގޮތެއް މާލޭގައި މިވަގުތު ގާއިމްކުރެވިފައި ނުވާ ކަމަށެވެ. މާލޭގައި ވައި ނުސާފުވެފައިވާ މިންވަރު ކޮންމެވެސް ވަރަކަށް ބެލޭ ކަމަށާއި، އަތޮޅުތެރޭގައި ވައި ނުސާފުވެފައިވާ މިންވަރު އެއްވެސް ވަރަކަށް ނުބެލޭކަމަށް ނައީމް ވަނީ ވިދާޅުވެފައެވެ.

ނައީމް ވިދާޅުވީ މީހުން ދިރިއުޅޭ މާހައުލުގައި ވައި ނުސާފުވެފައިވާ މިންވަރު ބެލުމަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ދިރިއުޅޭ މާހައުލު ނުސާފުވުމަކީ އޭގެ ސަބަބުން ފުއްޕާމެއަށް ޖެހޭ ބަލިތަކާއި، އަދިވެސް އެހެނިހެން ބަލިތައް ޖެހުމަށް މަގުފަހިކުރުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެންމެ ކުޑަމިނުން މާލޭގައި އެއާ ކޮލިޓީ މޮނިޓަރިން ސްޓޭޝަންތަކެއް ހަރުކުރެވެން ޖެހޭކަމަށް ނައީމް ވިދާޅުވިއެވެ. މިއީ ވީހާވެސް އަވަހަކަށް ކުރުން މުހިންމު ކަމެއް ކަމަށާއި، ބަލިތަކަށް ހުށަހެޅޭ މިންވަރު ވެސް މިކަމުން ދަށްކޮށްދޭނެ ކަމަށް ނައީމް ވަނީ ވިދާޅުވެފައެވެ.

އީޕީއޭ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

20 އޯގަސްޓު 2025

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން
07 އޯގަސްޓު 2025

އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

07 އޯގަސްޓު 2025
އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
17 އެޕްރީލު 2025

ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

17 އެޕްރީލު 2025
ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ
09 މެއި 2024

ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ

09 މެއި 2024
ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ
13 މާރިޗު 2024

އީ.އައި.އޭއާ ހިލާފަށް ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

13 މާރިޗު 2024
އީ.އައި.އޭއާ ހިލާފަށް ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
20 ސެޕްޓެމްބަރު 2023

ދިއްދޫ ފަރަށް އެރި ދެ އުޅަނދު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

20 ސެޕްޓެމްބަރު 2023
ދިއްދޫ ފަރަށް އެރި ދެ އުޅަނދު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
13 ސެޕްޓެމްބަރު 2023

ރިސޯޓުތަކާއި ސިނާއީ ރަށްރަށުން އުފެދޭ ކުނި މީހުން ދިރިއުޅޭ ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންދިޔުމަކީ ކުށެއް: އީޕީއޭ

13 ސެޕްޓެމްބަރު 2023
ރިސޯޓުތަކާއި ސިނާއީ ރަށްރަށުން އުފެދޭ ކުނި މީހުން ދިރިއުޅޭ ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންދިޔުމަކީ ކުށެއް: އީޕީއޭ
23 މެއި 2023

އީޕީއޭގެ ރީސަރޗް އުޅަނދު "ތިމާވެށި"ގެ މަސައްކަތް ނިމި ރާއްޖެ ގެންނަނީ

23 މެއި 2023
އީޕީއޭގެ ރީސަރޗް އުޅަނދު "ތިމާވެށި"ގެ މަސައްކަތް ނިމި ރާއްޖެ ގެންނަނީ
07 ފެބުރުއަރީ 2023

މަޑިފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ގަވާއިދާ ހިލާފަށް ކުރުމުން ޖޫރިމަނާކޮށްފި

07 ފެބުރުއަރީ 2023
މަޑިފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ގަވާއިދާ ހިލާފަށް ކުރުމުން ޖޫރިމަނާކޮށްފި
07 ފެބުރުއަރީ 2023

ވެލާ ހިފައި، ކެއްކީ ބ. ކެންދޫ ބައެއް: އީޕީއޭ

07 ފެބުރުއަރީ 2023
ވެލާ ހިފައި، ކެއްކީ ބ. ކެންދޫ ބައެއް: އީޕީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް