Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑިއާގެ މިނިވަން ދުވަސް

އިންޑިއާގެ ގާތް އެކުވެރި ޤައުމަކަށް ރާއްޖެ ވުމަކީ ލިބޭ ފަޚުރެއް: ނައިބު ރައީސް

ކޮވިޑް-19ގެ ބަލި މަޑުކަމާ ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމުގައި އިންޑިއާއިން ވެދިން އެހީ ފާހަގަކުރެއްވި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 16 އޯގަސްޓު 2021 | ހޯމަ 02:13
ނައިބު ރައީސް ފައިސަލް ނަސީމް

ނައިބު ރައީސް ފައިސަލް ނަސީމް

އިންޑިއާގެ ގާތް އެކުވެރި ޤައުމަކަށް ރާއްޖެ ވުމަކީ ލިބޭ ފަޚުރެއްކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ 75 ވަނަ މިނިވަންދުވަހުގެ މުނާސަބާގައި އިންޑިޔާ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ހޮޓެލްޖެންގައި 15 އޮގަސްޓްގައި ބޭއްވި ޙަފްލާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް ވަނީ ޝަރަފުވެރިކޮށްދެއްވާފައެވެ. މި ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިއުފާވެރި މުނާސަބާގައި އެމަނިކުފާނާއި ރައީސުލްޖުމްހޫރިއްޔާއާއި ދިވެހިސަރުކާރާއި ރައްޔިތުންގެ ނަމުގައި އިންޑިޔާގެ ރައީސް ރާމް ނާތް ކޯވިންދާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އިންޑިޔާގެ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވާފައެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި މީގެ 75 އަހަރު ކުރިން އިންޑިޔާއިން މިނިވަންކަމަށް ކުރި ދިގު ދެމިގެންދިޔަ ބުރަ،މިންނެތް މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން އިންޑިޔާގެ މިނިވަންކަމަށް މަހާތުމާ ގާނދީ ގަދައަޅައި ކުރެއްވި ބުރަ މަސައްކަތްތަކުގެ ސަބަބުން އިންޑިޔާއަށް މިނިވަންކަން ލިބުމުގެ އިތުރުން މަހާތުމާ ގާންދީ ވެސް ވެގެންގޮސްފައި ވަނީ އެތައް ބަޔެއްގެ ލޯބި ލިބި، އެތައް ބަޔަކަށް ގިނަގުނަ އިބްރަތްތަކެއް ލިއްބައިދިން އަދި 20 ވަނަ ގަރުނުގައި ދުނިޔެ ދުށް އެންމެ ވަރުގަދަ އެއް ލީޑަރަށްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ މިނިވަންކަން ލިބުމަށްފަހު އިންޑިޔާއިން ވަނީ އެތައް ރޮނގަކުން ހޯދިކުރިއެރުންތަކާއެކު ދުނިޔޭގެ ބޮޑެތި ބާރުތަކާ އެއް ސަފެއްގައި ފައިހަމަކޮށްފައިވާ ކަމަށާއި އެހެންކަމުން ރާއްޖެއަކީ އިންޑިޔާގެ އަވަށްޓެރި ޤައުމެއްގެ އިތުރުން އިންޑިޔާގެ ގާތްއެކުވެރި ޤައުމަކަށްވާކަމީ ލިބޭ ވަރަށް ބޮޑު ނަސީބެއްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ދެ ޤައުމުގެ ސިޔާސީ ގުޅުން ޤާއިމުވުމުގެ އެތައް ސަތޭކަ އަހަރެއްގެ ކުރިން ވެސް ދެ ޤައުމުގެ އެކުވެރިކަމުގެ ގުޅުންތައް ފެށިފައިވާކަމަށާއި އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ނެއްޓި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމާއެކު ރާއްޖޭގެ މިނިވަންކަން ފުރަތަމަ ބަލައިގަތް ޤައުމުތަކުގެ ތެރޭގައި ވެސް އިންޑިޔާ ހިމެނޭ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އޭގެ ފަހުން އެކިދާއިރާތަކުން ދެ ޤައުމުގެ ގުޅުންތައް ބަދަހިވަމުން އައިސް ޚާއްޞަކޮށް ފާއިތުވެދިޔަ ތިން އަހަރަކީ އިންޑިޔާއާއި ރާއްޖޭގެ ގުޅުން މަތީ ހަރުފަތަކަށް ގެންދެވިފައިވާ އަހަރުތަކެއްކަން ފާހަގަކުރައްވައި، މި މުއްދަތުގައި ދެ ޤައުމުގެ އެންމެ މަތީ ފަންތީގެ ބޭފުޅުންގެ ޒިޔާރަތްކުރެއްވުންތައް އިތުރުވުމާއި އިތުރުދާއިރާތަކުން ދެޤައުމުގެ ގުޅުންތައް ބޮޑޮތަނުން ފުޅާވެގެން ގޮސްފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

އިންޑިޔާއަކީ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ އިތުރުން، ރާއްޖެއިން އެހީތެރިކަމަށް ބޭނުންވާ ކޮންމެ ފަހަރަކު އެންމެ އަވަހަށް އިޖާބަދޭ އެއް ޤައުމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރު ވެސް އިޖްތިމާޢީ ތަރައްޤީގެ ދާއިރާއިން އިންޑިޔާގެ އެހީތެރިކަމާއެކު ކުރިޔަށްގެންދާ މަޝްރޫޢުތަކާ އަދި ޚާއްޞަކޮށް އިންޑިޔާގެ އެހީގައި ގެންދާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ތަކާއެކު ސަރުކާރުން ލާމަރުކަޒީ ގޮތުން ރާއްޖެ ތަރައްޤީކުރުމަށް ކުރާ މަސައްކަތަކަށް އިތުރު ހަލުވިކަމެއް ލިބި މުޅި ރާއްޖޭގެ އާންމު ދިރިއުޅުމުގެ ޙާލަތަށް ކުރިއެރުންތައް ލިބެމުން އަންނަކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާއިތުވި އަހަރު ކޮވިޑް-19ގެ ބަލި މަޑުކަމާ ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމުގައި އިންޑިޔާ ސަރުކާރުން އެކިގޮތްގޮތުން ލިބުނު އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. އެގޮތުން ކޯވިޑް-19 ފެށިގެން އައިއިރު ވޫހާންގައި ބަންދުވެފައިތިބި ދިވެހިން ޤައުމަށް ގެނެސްދިނުމާއި ބޭހުގެ އެހީތެރިކަން ފޯރުކޮށްދިނުމާއި ކާނާގެ އެހީތެރިކަމާއި އަދި އިންޑިޔާއިން ބޭރަށް ފުރަތަމަ ޤައުމަކަށް ހަދިޔާކުރި ވެކްސިންގ ޑޯޒްގެ ގޮތުގައި އިންޑިޔާއިން 200،000 ވެކްސިން ހަދިޔާކުރިކުރުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ މި ދެ ޤައުމުގެ ގުޅުމަކީ ދެ ޤައުމުގެ ރަސްމީ ގުޅުންތަކަށްވުރެ މާފުޅާ އަދި ވަރަށް ޚާއްޞަ ބަދަހި ގުޅުމެއްކަން ފާހަގަކުރައްވައި އަދި ކުރިމަގުގައި މި ގުޅުން އިތުރަށް ބަދަހިވެ ކުރިއަރައި ދިއުމަށް އެދިވަޑައިގަންނަވާފައެވެ.

މި ޙަފްލާގައި ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތް ގުޅުން ދައްކުވައިދޭ ވީޑިޔޯ ޕްރެޒެންޓޭޝަނަކާއި ސާފުބޯފެނާއި މަގުހެދުމުގެ މަޝްރޫޢާ ގުޅޭ ވީޑިޔޯ ޕްރެންޓޭޝަނެއް ހުށަހަޅައިދިނެވެ. އަދި މި ޙަފްލާގައި އިންޑިއަން ކަލްޗަރަލް ސެންޓަރުގެ އައިޓަމްތައް ވެސް ހުށަހަޅައިދިނެވެ.

ނައިބު ރައީސް, ފައިޞަލް ނަސީމް

ކޮމެންޓް

އިތުރަށް ކިޔާލަން

ނައިބު ރައީސް، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައިފި

ނައިބު ރައީސް، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައިފި

12 ނޮވެމްބަރު 2023
ކޮންމެ މަޤާމެއްގައި ހުރެގެންވެސް ޤައުމީ ޚިދުމަތް ކުރެވޭނެ: ނައިބު ރައީސް

ކޮންމެ މަޤާމެއްގައި ހުރެގެންވެސް ޤައުމީ ޚިދުމަތް ކުރެވޭނެ: ނައިބު ރައީސް

30 އޮކްޓޯބަރު 2023
މި ނިމިގެންދާ 5 އަހަރުތެރޭގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއްވެސް ކުރެވުނު - ނާއިބު ރައީސް

މި ނިމިގެންދާ 5 އަހަރުތެރޭގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއްވެސް ކުރެވުނު - ނާއިބު ރައީސް

27 އޮކްޓޯބަރު 2023
ދުނިޔެ ބަދަލުވަމުންދާ ގޮތް ދަސްކޮށް ނަފްސު ކުރިއެރުވުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަން ޖެހޭ - ނައިބު ރައީސް

ދުނިޔެ ބަދަލުވަމުންދާ ގޮތް ދަސްކޮށް ނަފްސު ކުރިއެރުވުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަން ޖެހޭ - ނައިބު ރައީސް

24 އޮކްޓޯބަރު 2023
ނާއިބު ރައީސް ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ އަޑުގެ ނަން ސަމަރުބްލޫ އިބްރާހީމް މަނިކަށް ހާއްސަކުރައްވަން

ނާއިބު ރައީސް ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ އަޑުގެ ނަން ސަމަރުބްލޫ އިބްރާހީމް މަނިކަށް ހާއްސަކުރައްވަން

23 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު