Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޕީއެމްގެ ހަރަކާތްތައް

ޕީޕީއެމް ޖަގަހަ ޖަލްސާތައް ބާއްވަން ފެށުމުން އެމްޑީޕީގެ ޖަލްސާތަކަށް ދާމީހުން މަދު: ޕީޕީއެމް

ޕީޕީއެމުން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެޕާޓީއަށް ބޮޑު ކާމިޔާބެއް ލިބުނުކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 18 މެއި 2017 | ބުރާސްފަތި 16:39
ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށްފަހު، ސަރުކާރު ކޯލިޝަން، ޕީޕީއެމް-އެމްޑީއޭ ބާއްވަމުންދާ ޖަގަހަ ޖަލްސާތަކަށް ރައްޔިތުންގެ ތަރުހީބު ބޮޑުވެ، އިދިކޮޅު އެމްޑީޕީން ބާއްވަމުންދާ ހަރުގެ ޖަލްސާތަކަށްދާ މީހުން މަދުވެއްޖެ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ބުރާސްފަތި ދުވަހު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމް ރައީސް ޔާމީން ފެކްޝަންގެ ސެކެރެޓަރީ ޖެނަރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލު ވިދާޅުވީ ޕީޕީއެމުން ޖަގަހަ ޖަލްސާތަކަށް އަންނަ މީހުން ގިނަކަމުން އިދިކޮޅު ފަރާތްތަކުން ޖެއްސުންކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ޕީޕީއެމުން ބާއްވާ ޖަގަހަ ޖަލްސާއަށް ނުދިއުމަށް ރައީސް ޔާމީން އެދިލައްވާކަމަށް ބުނެ މެސެޖެއް ދައުރުވާ ކަމަށް ހަލީލު ވިދާޅުވި އެވެ. އަދި އެ މެސެޖްތައް ފޮނުވަނީ އިދިކޮޅު ފަރާތްތަކުން ކަމަށް ހަލީލު ތުހުމަތު ކުރެއްވި އެވެ. ހަލީލު އެގޮތަށް ވިދާޅުވިނަމަވެސް މިހާތަނަށް އެފަދަ އެއްވެސް މެސެޖެއް ދައުރުވާކަން އެނގިފައެއް ނުވެއެވެ.

ޕީޕީއެމް ޖަގަހަ ޖަލްސާތަކުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާއިރު ސަރުކާރުގެ އިސްވެރިންނާއި ޕީޕީއެމް ރައީސް ޔާމީން ފެކްޝަނަށް ނިސްބަތްވާ އަދި އެމްޑީއޭގެ މަޖިލިސް މެމްބަރުން ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ޕީޕީއެމުން ބުނީ ނިމިދިއަ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓް ދިން މީހުންގެ ނިސްބަތުން، ޕީޕީއެމް ރައީސް ޔާމީން އެކަނިމާއެކަނި 41 ޕަސެންޓް ރައްޔިތުންގެ ވޯޓް ހޯއްދެވުމަކީ ބޮޑު ކާމިޔާބެއް ކަމަށެވެ. އިދިކޮޅު އެމްޑީޕީއާއި ކުރީގެ ރައީސް މައުމޫން އަބްދުއް ާއްޔޫމާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ އެކުވެގެން އެބޭފުޅުންނަށް ލިބިފައިވަނީ 45 ޕަސެންޓް ވޯޓް ކަމަށެވެ. ބާކީ 14 ޕަސެންޓް ވޯޓަކީ އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންނަށް ދީފައިވާ ވޯޓްކަމަށްވެސް ޕީޕީއެމުން ބުނެއެވެ. އަދި ވަކި ޕާޓީއަކަށް ނުވާ ކެންޑިޑޭޓުންނަށް ދީފައިވާ ވޯޓުގެ މެޖޯރިޓީ ވޯޓަކީ ވެސް ޕީޕީއެމް ވޯޓް ކަމަށް ޕީޕީއެމުން ބުނެއެވެ.

ނިމިދިއަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސިޓީ ކައުންސިލްތަކުގެ 23 ގޮނޑީގެ ތެރެއިން 21 ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ކެނޑިޑޭޓުންނެވެ. ޕީޕީއެމަށް ލިބިފައިވަނީ ފުވައްމުލަކު އުތުރުދާއިރާގެ ގޮނޑި އެކަންޏެވެ.

އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީންނެވެ. އަދި އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުންވެސް ބައެއް ގޮނޑިތައް ކާމިޔާބު ކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި

25 ޖެނުއަރީ 2017
ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު