Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތަންތަން ހިއްކައި ފުންކުރުން

ތަންތަން ހިއްކައި ފުންކުރުމަކީ ކޮންމެހެން ކުރަންޖެހިގެން ނޫނީ ކޮށްގެންވާނެ ކަމެއް ނޫން: އީޕީއޭ

15 އޯގަސްޓު 2021 | އާދީއްތަ 17:43

ތަންތަން ހިއްކުމުގެ ކުރިން ޕްލޭނެއް އެކުލަވާލަންޖެހޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 15 އޯގަސްޓު 2021 | އާދީއްތަ 17:43
ގުޅީފަޅު ޕޯރޓް ޕްރޮޖެކްޓް

ގުޅީފަޅު ޕޯރޓް ޕްރޮޖެކްޓް

ތަންތަން ހިއްކައި ފުންކުރުމަކީ ކޮންމެހެން ކުރަންޖެހޭ ހާލަތެއްގައި ނޫނީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނަޢީމް ވިދާޅުވީ ބޮޑެތި ފަޅުތައް ހިއްކާ ހިއްކުމަށް އެ އެޖެންސީން އެއްވެސް ވަރަކަށް ތަރުހީބު ނުދޭކަމަށެވެ. އަދި ތަންތަން ހިއްކައިގެން ނަގާ ވެއްޔަކީ އިއާދަނުކުރެވޭނެ އެއްޗެއް ކަމުގައި ގަބޫލުކުރައްވާކަމަށެވެ.

Advertisement - newsAdvertisement

ވެލި ހުރި ސަރަހައްދުތަކުން ވެލި ނަގާއިރު އެތަނުން ނެގި ވެލި އަލުން އުފެދެންވެސް ދުވަސްތަކެއް ނަގާކަން ނަޢީމް ފާހަގަކުރެއްވިއެވެ. އެހެންކަމުން ތަންތަން ހިއްކުމާއި، ތަންތަން ހިއްކުމަށްޓަކައި ވެލި ހުރި ތަންތަނުން ވެލި ނެގުމަކީ ކޮންމެހެން ކުރަންޖެހޭ ހާލަތެއްގައި ނޫނީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޢީމް ވިދާޅުވީ, ތަންތަން ހިއްކުމާއި ފުން ކުރުމުގެ މަސައްކަތަކީ ވަރަށް ރަނގަޅު ޕްލޭނެއް އެކުލަވައިލެވިގެން ކުރަންޖެހޭ މަސައްކަތެއް ކަމަށާއި, މި ޕްލޭންގެ ތެރެއިން, އެތަނަކީ ފުން ކުރުމަށް ނުވަތަ ހިއްކުމަށް އެންމެ އެކަށީގެންވާ ތަނެއް ކަމުގައި ޔަގީންކުރަންޖެހޭ ކަމަށެވެ.

ނައީމް އިތުރަށް ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ މިފަދަ ޕްރޮޖެކްޓުތަކަށް އީޕީއޭގެ ފަރާތުން ލިޔުމުން ލަފާދޭ ކަމަށެވެ. އެހެންނަމަވެސް މި ޕްރޮޖެކްޓުތަކުގެ އީއައިއޭ ރިޕޯޓު ހަދަން އީޕީއޭއާ ހަވާލުކުރަނީ އެ ޕްރޮޖެކްޓު ރާވައި، މަސައްކަތް ކުރިއަށްގެންދަން ބަޔަކާ ހަވާލުކޮށް ނިންމާފައި ކަމަށެވެ. އެ ޕްރޮޖެކްޓަކީ އެންމެ އެކަށީގެންވާ ގޮތަކަށް ފަރުމާ ކޮށްފައިވާ ޕްރޮޖެކްޓަކަށް ނުވާ ހާލަތްތަކުގައި އީޕީއޭއިން ޕްރޮޖެކްޓް ރިޖެކްޓް ކުރިއަސް އެ މަޝްރޫއެއް ކުރިއަށްގެންދިއުމުގެ ބާރު މިނިސްޓަރަށް މިހާރު ލިބިގެންވާކަމަށެވެ. އެފަދަ ހާލަތްތަކުގައި އީޕީއޭއިން މަސައްކަތްކުރަނީ އެ ޕްލޭނެއް ރިޖެކްޓު ނުކޮށް، ޕްލޭނަށް ބަދަލު ގެނެސްގެން ކުރިއަށް ގެންދިއުމަށްކަން ނަޢީމް ފާހަގަކުރެއްވިއެވެ.

އީޕީއޭ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

20 އޯގަސްޓު 2025

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން
07 އޯގަސްޓު 2025

އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

07 އޯގަސްޓު 2025
އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
17 އެޕްރީލު 2025

ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

17 އެޕްރީލު 2025
ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ
09 މެއި 2024

ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ

09 މެއި 2024
ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ
13 މާރިޗު 2024

އީ.އައި.އޭއާ ހިލާފަށް ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

13 މާރިޗު 2024
އީ.އައި.އޭއާ ހިލާފަށް ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި
20 ސެޕްޓެމްބަރު 2023

ދިއްދޫ ފަރަށް އެރި ދެ އުޅަނދު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

20 ސެޕްޓެމްބަރު 2023
ދިއްދޫ ފަރަށް އެރި ދެ އުޅަނދު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
13 ސެޕްޓެމްބަރު 2023

ރިސޯޓުތަކާއި ސިނާއީ ރަށްރަށުން އުފެދޭ ކުނި މީހުން ދިރިއުޅޭ ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންދިޔުމަކީ ކުށެއް: އީޕީއޭ

13 ސެޕްޓެމްބަރު 2023
ރިސޯޓުތަކާއި ސިނާއީ ރަށްރަށުން އުފެދޭ ކުނި މީހުން ދިރިއުޅޭ ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންދިޔުމަކީ ކުށެއް: އީޕީއޭ
23 މެއި 2023

އީޕީއޭގެ ރީސަރޗް އުޅަނދު "ތިމާވެށި"ގެ މަސައްކަތް ނިމި ރާއްޖެ ގެންނަނީ

23 މެއި 2023
އީޕީއޭގެ ރީސަރޗް އުޅަނދު "ތިމާވެށި"ގެ މަސައްކަތް ނިމި ރާއްޖެ ގެންނަނީ
07 ފެބުރުއަރީ 2023

މަޑިފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ގަވާއިދާ ހިލާފަށް ކުރުމުން ޖޫރިމަނާކޮށްފި

07 ފެބުރުއަރީ 2023
މަޑިފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ގަވާއިދާ ހިލާފަށް ކުރުމުން ޖޫރިމަނާކޮށްފި
07 ފެބުރުއަރީ 2023

ވެލާ ހިފައި، ކެއްކީ ބ. ކެންދޫ ބައެއް: އީޕީއޭ

07 ފެބުރުއަރީ 2023
ވެލާ ހިފައި، ކެއްކީ ބ. ކެންދޫ ބައެއް: އީޕީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް