Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީމުތައް ރާއްޖެ އައުން

ގްރޫޕް ސްޓޭޖް މެޗުތަކަށް ބަޝުންދަރާ އާއި މޯހަން ބަގާން ރާއްޖެއަށް

ގްރޫޕް ސްޓޭޖުގެ މެޗުތައް ފަށާނީ އަންނަ ބުދަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 އޯގަސްޓު 2021 | އާދީއްތަ 14:00
ބަޝުންދަރާއިން ހެންވޭރު ދަނޑުގައި ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

ބަޝުންދަރާއިން ހެންވޭރު ދަނޑުގައި ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާއަށް ޚާއްސަ ގްރޫޕް ޑީގެ މެޗުތައް ކުޅެން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން ޓީމު ރާއްޖެ އަތުވެއްޖެއެވެ.

މި އަހަރު އެންމެ ފުރަތަމަ އޭއެފްސީ ކަޕް ގްރޫޕް ޑީގެ ޕްލޭއޮފް މެޗު ކުޅެން ތާވަލުކުރީ މެއި މަހުގެ 11 ވަނަ ދުވަހަށެވެ. އަދި އެ މެޗަށްފަހު މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެ މަހުގެ 14 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ބޭއްވުމަށްވެސް ތާވަލުކުރިއެވެ.

އެކަމަކު އޭއެފްސީ ކަޕް ފަސްކުރަން ޖެހުނީ ޕްލޭއޮފް މެޗުގައި ރާއްޖޭގެ ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅެން މާލެއައި އިންޑިއާގެ ބެންގަލޫރު އެފްސީ ޓީމުން ކޮވިޑް-19 ގެ އުސޫލުތަކާ ޚިލާފުވުމުންނެވެ. އެ ފަހަރުގެ ކުއްލި ގޮތަކަށް މުބާރާތް ފަސްކުރިއިރު، ބަޝުންދުރާ ކިންގްސްއިން ތިބީ އެ ކުލަބުގެ ހޮޓަލް ލޮބީގައި ރާއްޖެ އަންނަން ފުރަން އެއާޕޯޓަށް ދިޔުމަށް ޓީމު ބަހަށް ކުޅުންތެރިންގެ ދަބަސްތައް އަރުވައިގެންނެވެ.

ނަަމަވެސް އޭއެފްސީން މުބާރާތް މުއްދަތެއް ނެތް ގޮތަށް ފަސްކުރިއިރު، އެ އިދާރާއިން މިހާރު ވަނީ ޕްލޭއޮފް މެޗާއި ގްރޫޕް ސްޓޭޖު މެޗުތައް މި މަހު ރާއްޖޭގައި ކުޅެން އަނެއްކާވެސް ނިންމާފައެވެ. އެގޮތުން އީގަލްސް އާއި ބެންގަލޫރުގެ މެޗު އާދީއްތަ ދުވަހުގެރޭ ކުޅޭއިރު، ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ މި މަހުގެ 18، 21 އަދި 24 ވަނަ ދުވަހެވެ. އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި މި ވަގުތު އޮތީ އިންޑިއާގެ ބަޝުންދަރާ އާއި މޯހަން ބަގާނުގެ އިތުރުން ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭނީ އީގަލްސް އާއި ބެންގަލޫރު ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅެން ބަޝުންދަރާ އާއި މޯހަން ބަގާން ރާއްޖެ އައިސްފައިވާއިރު، ހޮނިހިރު ދުވަހު ބަޝުންދަރާ ޓީމުން ވަނީ ހެންވޭރު ދަނޑުގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ.

ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ބަޝުންދަރާއިން އަންނަ ބުދަ ދުވަހުގެރޭ ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ހޮނިހިރު ދުވަހު ޕްލޭއޮފް މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށް ނުކުންނައިރު، ފަހު މެޗުގައި އަންނަ ހަފުތާގެ އަންގާރަ ދުވަހު ނުކުންނާނީ މޯހަން ބަގާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖުގައި މޯހަން ބަގާނުން ކުޅޭ ފުރަތަމަ މެޗުގައި ބުދަ ދުވަހު ޕްލޭއޮފް މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށް ނުކުންނައިރު، ދެވަނަ މެޗުގައި ހޮނިހިރު ދުވަހުގެރޭ ނިކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.

އޭއެފްސީ ކަޕްބަޝުންދަރާ ކިންގްސްމޯހަން ބަގާން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2023

ބިދޭސީ ކުޅުންތެރިންނާއި ކޯޗު ނުލައި މޯހަން ބަގާން މާލެ އަށް

10 ޑިސެމްބަރު 2023
ބިދޭސީ ކުޅުންތެރިންނާއި ކޯޗު ނުލައި މޯހަން ބަގާން މާލެ އަށް
25 އޮކްޓޯބަރު 2023

މޯހަން ބަގާންއާއި ބަޝުންދުރަ އެއްވަރު، އެއްވަނައިގައި މޯހަން ބަގާން

25 އޮކްޓޯބަރު 2023
މޯހަން ބަގާންއާއި ބަޝުންދުރަ އެއްވަރު، އެއްވަނައިގައި މޯހަން ބަގާން
24 އޮކްޓޯބަރު 2023

މާޒިޔާ ބަލިވެ، މިވަގުތު ރާއްޖޭގެ ފުޓްބޯޅައަށް އޮތް ހަމައެކަނި އުންމީދުވެސް ފަނޑު ވެއްޖެ

24 އޮކްޓޯބަރު 2023
މާޒިޔާ ބަލިވެ، މިވަގުތު ރާއްޖޭގެ ފުޓްބޯޅައަށް އޮތް ހަމައެކަނި އުންމީދުވެސް ފަނޑު ވެއްޖެ
24 އޮކްޓޯބަރު 2023

ބޯޅައާ ނުލައި މާޒިޔާ ގަދައެއްނޫން: އޮޑިއްސާ ކޯޗު

24 އޮކްޓޯބަރު 2023
ބޯޅައާ ނުލައި މާޒިޔާ ގަދައެއްނޫން: އޮޑިއްސާ ކޯޗު
13 އޮކްޓޯބަރު 2023

ރާއްޖެއިން ބަނގުރާ ގެންދިޔަ ކީޕަރު ފަސް މަހަށް، ޑިފެންޑަރު ދެ މަހަށް ސަސްޕެންޑްކޮށްފި

13 އޮކްޓޯބަރު 2023
ރާއްޖެއިން ބަނގުރާ ގެންދިޔަ ކީޕަރު ފަސް މަހަށް، ޑިފެންޑަރު ދެ މަހަށް ސަސްޕެންޑްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު