Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ފުރަތަމަ މެޗުން ރެއާލަށް ފަސޭހަ މޮޅެއް

އަލަބާ އާއި ބޭލް ފުރަތަމަ އެގާރައިގައި ވަނީ ހިމަނާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 އޯގަސްޓު 2021 | ހޮނިހިރު 22:32
އަލަވޭސް އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން

އަލަވޭސް އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން

މި ސީޒަނުގެ ސްޕެނިޝް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ޑެޕޯޓިވޯ އަލަވޭސް އަތުން ފަސޭހަކަމާއެކު ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ރެއާލް މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.

މި މެޗަކީ އެވަޓަން ދޫކޮށްލައި އިޓަލީގެ ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޮޓީ އަލުން އަނބުރާ ރެއާލާ ހަވާލުވިފަހުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. އަދި މި މެޗުގައި ރެއާލުން ވަނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ބަޔާން މިއުނިކް ދޫކޮށް އެ ޓީމާ ގުޅުނު އޮސްޓްރިއާގެ ޑިފެންޑަރު ޑޭވިޑް އަލަބާ އާއި ވޭލްސްގެ ތަރި ގެރެތު ބޭލް ފުރަތަމަ އެގާރައިގައި ހިމަނާފައެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ރެއާލުން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައެވެ. އެޑެން ހަޒާޑް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ކަރިމް ބެންޒެމާއެވެ. އަދި އޭގެ އަށް މިނެޓު ފަހުން ނަޗޯ ފެނާންޑޭޒް ވަނީ ރެއާލުގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ރެއާލުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 62 ވަނަ މިނެޓުގައި ބެންޒެމާ ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. އަދި މެޗުގެ އިތުރު ވަގުތުގައި އަލަބާ ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވިނީޝިއުސް ޖޫނިއާއެވެ.

އަންޗެލޮޓީގެ އިރުޝާދުގެ ދަށުން މި ސީޒަނުގެ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ރެއާލް މޮޅުވިއިރު، މިދިޔަ ސީޒަން އެ ޓީމުން ނިންމާލާފައިވަނީ ކާމިޔާބީއެއް ނެތިއެވެ. މިދިޔަ ސީޒަނުގައި އެ ޓީމަށް އިރުޝާދުދިނީ ޒިނެދިން ޒިދާނެވެ. އެކަމަކު ސީޒަން ނިމުމާއެކު އޭނާ ވަނީ ރެއާލުގެ ކޯޗުގެ މަގާމުން ވަކިވެފައެވެ.

ސްޕެނިޝް ލީގުރެއާލް މެޑްރިޑް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު