Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެސީ މެޗެއް ކުޅުން

މެސީ ދަނޑުމަތިން ފެންނަން ދުވަސްކޮޅެއް ނަގާނެ

14 އޯގަސްޓު 2021 | ހޮނިހިރު 10:37

ހޮނިހިރު ދުވަހުގެރޭ ސްޓްރަސްބޯގާ ދެކޮޅަށް ޕީއެސްޖީ ކުޅޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 އޯގަސްޓު 2021 | ހޮނިހިރު 10:37
ޕީއެސްޖީގެ ފަރިތަކުރުންތަކުގެ ތެރެއިން އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ

ޕީއެސްޖީގެ ފަރިތަކުރުންތަކުގެ ތެރެއިން އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ

އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ދަނޑުމަތިން ފެންނަން އަދި ދުވަސްކޮޅެއް ނަގާނެ ކަމަށް ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

އުމުރުން 34 އަހަރުގެ މެސީ ޕީއެސްޖީއަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. 21 އަހަރަށްފަހު ބާސެލޯނާ ދޫކޮށް މެސީ ޕީއެސްޖީއަށް ބަދަލުވިއިރު، އޭނާ ވަނީ ޕީއެސްޖީއާއެކު ދެ އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންކަމުން އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ޕީއެސްޖީން ބޭނުންނަމަ މެސީ އިތުރު އެއް އަހަރަށް އެ ޓީމުގައި މަޑުކުރުވޭނެއެވެ.

މިދިޔަ އަންގާރަ ދުވަހުގެރޭ ޕީއެސްޖީގެ އެއްބަސްވުމުގައި މެސީ ސޮއި ކުރިއިރު، އޭނާ އަދި މިހާތަނަށް އެ ޓީމާއެކު ފަރިތަކޮށްފައިވަނީ ދެ ސެޝަނެއްގައެވެ. ފްރެންޗް ލީގުގައި ހޮނިހިރު ދުވަހުގެރޭ ސްޓްރަސްބޯގާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައި މެސީ ފެނިދާނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެމުން ޕޮޗެޓީނޯ ބުނީ މެސީ ދަނޑުމަތިން ފެންނަން އަދި ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. އެގޮތުން ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތަށްފަހު މިވީ މަހެއްހާ ދުވަސް ފަހުން މެސީ މާގިނައިން ފަރިތަކޮށްފައިނުވާ ކަމަށާއި، އެހެންކަމުން ބޭނުންވަނީ ފިޔަަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށްދާން ކަމަށްވެސް ބުންޏެވެ. އަދި މެޗުގައި މެސީ ބޭނުންކުރާނީ ފިޓްނަސްއާ ހުރިހާ ކަމަކަށް ބެލުމަށްފަހު ކަމަށްވެސް ޕޮޗެޓީނޯ ބުންޏެވެ.

މެސީ ދަނޑުމަތިން ފެންނަން އަދި ދުވަސްކޮޅެއް ނަގާނެ ކަމަށް ޕޮޗެޓީނޯ ބުނިއިރު، މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ހިލޭ ޓްރާންސްފާއެއްގެ ދަށުން ޕީއެސްޖީއާ ގުޅުނު ރެއާލް މެޑްރިޑުގެ ކުރީގެ ކެޕްޓަން ސާޖިއޯ ރާމޯސްއަށް ވަނީ އަނިޔާވެފައެވެ. ފަޔަށް ލިބިފައިވާ އެ އަނިޔާއިން ރަނގަޅުވެ، އޭނާއަށް ޕީއެސްޖީގެ މެޗުތަކުގައި ކުޅެވޭނީ އަންނަ ސެޕްޓެމްބަރު މަހުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ފަހަރުގެ ޓްރާންސްފާގައި ޕީއެސްޖީން ވަނީ މެސީ އާއި ރާމޯސްގެ އިތުރުންވެސް މަޝްހޫރު ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފައެވެ. އެގޮތުން ހިލޭ ޓްރާންސްފާއެއްގެ ދަށުން އެ ޓީމުން ވަނީ ލިވަޕޫލުގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމާއި، ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިޓަލީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާގެ ސޮއިވެސް ހޯދާފައެވެ. ދެން އެ ޓީމުން މި ޓްރާންސްފާގައި ސޮއި ހޯދި ކުޅުންތެރިއަކީ 60 މިލިޔަން ޔޫރޯ ޚަރަދުކޮށް ގެނައި އިންޓަ މިލާނުގެ ޑިފެންޑަރު އަޝްރަފް ހަކީމީއެވެ.

މިދިޔަ ސީޒަނުގެ ފްރެންޗް ލީގު ޕީއެސްޖީއަށް ގެއްލުނުއިރު، މި ސީޒަނުގެ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ޕީއެސްޖީ ވަނީ އަލަށް ޕްރޮމޯޓުވި ޓުއާ އަތުން ހަނިގޮތަކަށް މޮޅުވެފައެވެ. މިދިޔަ ހަފުތާގައި ކުޅުނު އެ މެޗުން ޕީއެސްޖީ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

ލިއޮނެލް މެސީޕީއެސްޖީ

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
20 ސެޕްޓެމްބަރު 2025

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
06 ސެޕްޓެމްބަރު 2025

އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

06 ސެޕްޓެމްބަރު 2025
އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ
08 އޯގަސްޓު 2025

މެސީގެ އަނިޔާ ސީރިއަސްއެއް ނޫން

08 އޯގަސްޓު 2025
މެސީގެ އަނިޔާ ސީރިއަސްއެއް ނޫން
13 ޖުލައި 2025

މެސީގެ ދެ ލަނޑާ އެކު މިއާމީ މޮޅުވެއްޖެ

13 ޖުލައި 2025
މެސީގެ ދެ ލަނޑާ އެކު މިއާމީ މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް