Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސެމްސަންގެ ވެރިޔާގެ ކޮރަޕްޝަން މައްސަލަ

ރިޝްވަތުގެ މައްސަލަ ސާބިތުވި ސެމްސަންގެ ވެރިޔާ ޕެރޯލްގެ ދަށުން ދޫކޮށްލައިފި

ލީގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު މައްސަލަތަކެއްގެ ތަހުގީގުވެސް ކުރިއަށްދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 13 އޯގަސްޓު 2021 | ހުކުރު 18:09
ސެމްސަންގް ކުންފުނީގެ ވައިސް ޗެއާމަން ލީ ޖޭ ޔޮންގް

ސެމްސަންގް ކުންފުނީގެ ވައިސް ޗެއާމަން ލީ ޖޭ ޔޮންގް

ސެމްސަންގެ އިސްވެރިޔާ ކަމުގެ މަގާމު އަދާކޮށްފައިވާ ލީ ޖޭ ޔޮންގެ މައްޗަށް ރިޝްވަތުގެ މައްސަލައެއް ސާބިތުވެ ދެ އަހަރާއި ހަ މަހަށް ޖަލަށް ލާން ދެކުނު ކޮރެއާގެ ހައި ކޯޓުން ހުކުމް ކޮށްފައިވަނިކޮށް އޭނާ ޕެރޯލްގެ ދަށުން ދޫކޮށްލައިފިއެވެ.

ލީގެ ކޮރަޕްޝަނުގެ މައްސަލަ ގުޅިފައިވަނީ ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޕާކް ގުން ހޭގެ ކޮރަޕްޝަނުގެ މައްސަލައާކަަމަށް ރިޕޯޓުތައް ބުނެއެވެ. ލީގެ މައްޗަށް ދެކުނު ކޮރެއާގެ ޕްރޮސެކިއުޓަރުން ކޮށްފައިވާ ދައުވާއަކީ ސިޔާސީ ފައިދާތައް ހޯދުމަށްޓަކައި ޗޮއި ސޫން ސިލްގެ ދެ ފައުންޑޭޝަނަކަށް 43 ބިލިއަން ވޮން (37.7 މިލިއަން ޑޮލަރު) ގެ ރިޝްވަތު ދިންކަމުގެ ދައުވާއެވެ.

އެ މައްސަލައިގައި 2017 ވަނަ އަހަރު ލީގެ މައްޗަށް ރިޝްވަތުގެ ދައުވާ ސާބިތުވެ އޭނާ ފަސް އަހަރަށް ޖަލަށް ލާން ދަށު ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އެކަމަކު އޭގެ އަހަރެއް ފަހުން ދަށު ކޯޓުން ވަނީ ހުކުމް ކުރުކޮށް ސަސްޕެންޑް ކުރުމަށް ނިންމާފައެވެ. ނަމަވެސް މި މައްސަލަ ހައިކޯޓަށް ފޮނުވުމުން ހައިކޯޓުން މިއަހަރުގެ ކުރީކޮޅު ވަނީ އޭނާގެ މައްޗަށް ހުކުމް ސާބިތުވާ ކަމަށް ނިންމާ އިތުރު ދެ އަހަރަށް އޭނާގެ މައްޗަށް ޖަލު ހުކުމެއް ކޮށްފައެވެ. މި ޙުކުމް ތަންފީޒު ކުރަމުން ދަނިކޮށް އޭނާ ޕެރޯލްގެ ދަށުން ދޫކޮށްލާފައިވަނީ އޯގަސްޓު މަހުގެ ތެރޭގައެވެ.

ލީ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ ދޮގު ކޮށްފައެވެ. އަދި އޭނާ ޗޮއިގެ ފައުންޑޭޝަންތަކަށް ފައިސާ ހަދިޔާ ކުރި ނަމަވެސް އެއީ ސެމްސަންގަށް ފައިދާ ހޯދުމަށްޓަކައި ކުރި ކަމެއް ނޫން ކަމަށް އޭނާ ވަނީ ތަކުރާރުކޮށް ބުނެފައެވެ.

ލީގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު މައްސަލަތަކެއްގެ ތަހުގީގުވެސް ކުރިއަށްދެއެވެ.

ސެމްސަންގ

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ މާފެއްގެ ދަށުން މިނިވަންވި ސެމްސަންގ ކުންފުނީގެ ވެރިޔާއަށް ކުންފުނީގެ އިސް މަޤާމެއް

ރިޔާސީ މާފެއްގެ ދަށުން މިނިވަންވި ސެމްސަންގ ކުންފުނީގެ ވެރިޔާއަށް ކުންފުނީގެ އިސް މަޤާމެއް

27 އޮކްޓޯބަރު 2022
މެކްސްކޮމްއިން ވިއްކާ ގެލެކްސީ އެސް22 އަލްޓްރާގެ ޕްރީއޯޑަރ އަށް ބޮޑު ތަރުހީބެއް

މެކްސްކޮމްއިން ވިއްކާ ގެލެކްސީ އެސް22 އަލްޓްރާގެ ޕްރީއޯޑަރ އަށް ބޮޑު ތަރުހީބެއް

07 މާރިޗު 2022
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު