Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސީލައިފް ޚިޔާނާތް

ޝަރުތުތަކަކާއެކު ވެސް އައްމަޓީ ބަންދުން ދުލެއް ނުކުރި

13 އޯގަސްޓު 2021 | ހުކުރު 04:09

ހުޅުމާލޭގައި 3،000 ފްލެޓް އެޅުމަށްޓަކައި ބުކިންގ ފީގެ ގޮތުގައި ގިނަ ބައެއްގެ އަތުން އެޑްވާންސްކޮށް ފައިސާނެގި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 13 އޯގަސްޓު 2021 | ހުކުރު 04:09
އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) / އައްމަޓީ ހައްޔަރު ކުރުމަށް 14 ފަހަރެއްގެ މަތިން ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވޭ

އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) / އައްމަޓީ ހައްޔަރު ކުރުމަށް 14 ފަހަރެއްގެ މަތިން ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވޭ

ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ޝަރީއަތް ނިމެދެން ބަންދުކުރުމަށް ނިންމި ނިންމުން ދަމަހައްޓަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

އައްމަޓީގެ ބަންދު މުރާޖަޢާކޮށް ދިނުމަށް ހުށަހެޅީ ދައުލަތުންނެވެ. ދައުލަތުން އަމުރު މުރާޖަޢާކޮށްދިނުމަށް އެދިފައިވަނީ، އޭނާގެ މައްޗަށް 42 ދައުވާއެއް ކުރިމިނަލް ކޯޓުގައި އުފުލާފާއިވާތީ، ކޯޓަށް ހާޒިރުނުވެ ފިލާފައިވާނެ ކަމަށް ބެލެވޭތީއެވެ.

Advertisement - newsAdvertisement

ތަހުގީގު މަރުހަލާގައި ވެސް އައްމަޓީ ހައްޔަރު ކުރުމަށް 14 ފަހަރެއްގެ މަތިން ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވެއެވެ. ހައްޔަރުކުރުމުގެ އަމުރު އެތައް ފަހަރެއްގެ މަތިން ނެރުނުކަން އެނގި ހުރެ ތަހުގީގަށް ހާޒިރު ނުވުމުން އިންޓަރޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ވެސް ނެރެފައިވެއެވެ. އެއަށްފަހު އޭނާ ހައްޔަރުކޮށްފައިވަނީ، ވިސާއާ ނުލައި، ސްރީލަންކާގައި އުޅެމުންދަނިކޮށް، އެ ގައުމުން ޑީޕޯޓްކޮށްލުމުންނެވެ.

އައްމަޓީގެ ފަރާތުން ހުށަހަޅާފައިވަނީ ހަތަރު ފިޔަވަޅެއް އެޅުމަށްފަހު އޭނާ ދޫކޮށްލުމަށެވެ. އެއީ ޕާސްޕޯޓު ހިފެހެއްޓުން، މާލެއިން ފުރާނަމަ ކޯޓުގެ ހުއްދަ ހޯދުން، ޖާމިނުވާނެ ފަރާތެއް ކަނޑައެޅުމަށްފަހު ޝަރުތުތަކަކާއެކު ދޫކޮށްލުން އަދި، ތަހުގީގު އިދާރާއަށް ނުވަތަ އެނޫން ވެސް ތަނަކަށް ވަކި އުސޫލެއްގެ ދަށުން ހާޒިރުވުމަށް ޝަރުތުކޮށް ދޫކޮށްލުމެވެ.

ދެފަރާތުގެ ވާހަކަތަކަށް ރިއާޔަތްކުރުމަށްފަހު ކޯޓުން ނިންމީ، އެއްވެސް ޝަރުތަކާއެކު ވެސް އައްމަޓީ ބަންދުން ދޫކޮށްލެވެން ނެތް ކަމަށެވެ. ދޫކޮށްލައިފިނަމަ އޭނާ ފިލާފާނެ ކަމަށް ބެލެވޭ ކަމަށާއި، އުފުލާފައިވާ 42 ދައުވާއަކީ ވެސް ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނަތްތެރިވުން ކަމަށެވެ. ކުށް ކުރިކަމަށް ތުހުމަތުކުރެވޭ ވަރަށް ހެއްކާއި ގަރީނާ، ލިބިފައިވާކަމަށް ޝަރީއަތަށް ފާހަގަވާކަމަށް ވެސް ބުނެފައިވެއެވެ.

ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި ސީލައިފްއާ އެކު އެޗްޑީސީން އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ 13 މާޗު 2014 ގައެވެ. މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިޔުމަކާ ނުލައި އެތައް ރައްޔިތުންގެ އަތުން އޭނާ ވަނީ ފައިސާ ނަގާފައެވެ.

މި މައްސަލައިގެ ހެކިންގެ ގޮތުގައި، އެ ކުންފުނީގައި ކުރިން މަސައްކަތް ކުރި 9 މުވައްޒަފަކު ހުށަހަޅާފައިވެއެވެ. އައްމަޓީއަކީ ކުންފުނީގެ އެމްޑީ ކަމަށް ވެފައި އެމީހުންނާ ޚާއްސަ ގުޅުމެއް އޮންނަ މީހެއް ކަމަށް ވުމުން، ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ދައުލަތުން ބުނެފައިވެއެވެ.

ސީލައިފްއައްމަޓީކްރިމިނަލް ކޯޓްޕީޖީ އޮފީސް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް