Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލުކާކޫ ޗެލްސީއަށް ބަދަލުވުން

ލުކާކޫ އަލުން އަނބުރާ ޗެލްސީއަށް

ލުކާކޫއަކީ ޖުމްލަ ފީތަކަށް ބަލާއިރު އެންމެ އަގުބޮޑު ކުޅުންތެރިޔާ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 12 އޯގަސްޓު 2021 | ބުރާސްފަތި 18:11
ޗެލްސީއާ ގުޅުނު ބެލްޖިއަމުގެ ފޯވާޑް ރޮމެލޫ ލުކާކޫ

ޗެލްސީއާ ގުޅުނު ބެލްޖިއަމުގެ ފޯވާޑް ރޮމެލޫ ލުކާކޫ

އިންޓަ މިލާނަށް ކުޅެމުން އައި ބެލްޖިއަމުގެ ފޯވާޑް ރޮމެލޫ ލުކާކޫ އަލުން އަނބުރާ ޗެލްސީއަށް ބަދަލުވެއްޖެއެވެ.

އުމުރުން 28 އަހަރުގެ ލުކާކޫ އަލުން ޗެލްސީއާ ގުޅުނީ 97.5 މިލިޔަން ޕައުންޑުގެ ފީއަކަށް، ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެއާއެކު ލުކާކޫ ވެފައިވަނީ ޗެލްސީގެ ތާރީޚުގައި އެންމެ އަގުބޮޑުކޮށް ގެނައި ކުޅުންތެރިޔާއަށެވެ. އަދި ލުކާކޫ އަކީ ޕްރިމިއާ ލީގުގެ ކުލަބަކުން ދެވަނައަށް އެންމެ އަގުބޮޑުކޮށް ހޯދި ކުޅުންތެރިޔާއެވެ. ޕްރިމިއާ ލީގުން މިހާތަނަށް އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ދާދި ފަހުން އެސްޓަން ވިލާ ދޫކޮށް 100 މިލިޔަން ޕައުންޑަށް މެންޗެސްޓާ ސިޓީއަށް ބަދަލުވި އިންގްލެންޑުގެ މިޑްފީލްޑަރު ޖެކް ގްރީލިޝްއަށެވެ.

މީގެ އިތުރުން މި ޑީލާއެކު ލުކާކޫ ވެފައިވަނީ ޖުމްލަ ޓްރާންސްފާ ފީތަކަށް ބަލާއިރު ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. އެގޮތުން ލުކާކޫގެ ހުރިހާ ޓްރާންސްފާ ފީތަކަށް ބަލާއިރު އޭނާގެ ޖުމްލަ އަގަކީ 291 މިލިޔަން ޕައުންޑެވެ. މީގެ ކުރިން ޖުމްލަ ޓްރާންސްފާ ފީތަކަށް ބަލާއިރު އެންމެ އަގުބޮޑު ކުޅުންތެރިއަކީ ބްރެޒިލުގެ ތަރި ނޭމާއެވެ. ނޭމާގެ ޓްރާންސްފާ ފީތަކުގެ ޖުމްލަ އަދަދަކީ 279 މިލިޔަން ޕައުންޑެވެ.

ލުކާކޫ ޗެލްސީއަށް ބަދަލުވިއިރު، މީގެ ކުރިން ދިން އިންޓަވިއުއެއްގައި އިންޓަގެ ސީއީއޯ ބެޕޭ މަރޯޓާ ވަނީ ލުކާކޫ ވިއްކުމުގެ ވިސްނުމެއް އެ ކުލަބުން ނުގެންގުޅޭ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ބޮޑު އަގުގައި އިންޓައިން ލުކާކޫ ވިއްކާލިއިރު، އޭނާއަކީ އިޓާލިއަން ލީގުގެ ކުލަބަކުން މިހާތަނަށް ވިއްކި އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ.

އިންޓަ ދޫކޮށް ލުކާކޫ ޗެލްސީއާ ގުޅުނުއިރު، އޭނާ މީގެ ކުރިންވެސް ވަނީ ޗެލްސީއަށް ކުޅެފައެވެ. އެގޮތުން 2011 ވަނަ އަހަރު ލުކާކޫ ޗެލްސީއާ ގުޅުނު ނަމަވެސް، އޭނާ އެ ފަހަރު އެ ޓީމަށް ކުޅެދީފައިވަނީ އެންމެ 15 މެޗެވެ. އަދި ޗެލްސީގެ އެއްބަސްވުމުގައި ހުރެ، ލުކާކޫ ވަނީ ދެ ސީޒަނެއްގައި ލޯން އެއްބަސްވުމެއްގެ ދަށުން ވެސްޓް ބްރޮމްވިޗް އަލްބިއަން އާއި އެވަޓަންއަށް ކުޅެފައެވެ.

މި ފަހަކަށް އައިސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ލުކާކޫ ވަނީ އިންޓައާއެކު މިދިޔަ ސީޒަނުގެ އިޓާލިއަން ލީގު ކާމިޔާބުކޮށްފައެވެ. އަދި އިންޓަގައި ހޭދަކުރި ދެ ސީޒަނުގައިވެސް ލުކާކޫ މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ އެ ޓީމަށް ކުޅެދިން 95 މެޗުގައި 64 ލަނޑު ޖަހާފައެވެ.

ރޮމެލޫ ލުކާކޫޗެލްސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު