Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެސީ ޕީއެސްޖީއަށް ބަދަލުވުން

ޕީއެސްޖީއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވޭނެ: މެސީ

11 އޯގަސްޓު 2021 | ބުދަ 13:53

ޕީއެސްޖީއަށް މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައެއް ނުވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 11 އޯގަސްޓު 2021 | ބުދަ 13:53
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ

ޕީއެސްޖީއާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވޭނެ ކަމަށް އެ ޓީމާ ދާދި ފަހުން ގުޅުނު އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ބުނެފިއެވެ.

އުމުރުން 34 އަހަރުގެ މެސީ ޕީއެސްޖީއަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. 21 އަހަރަށްފަހު ބާސެލޯނާ ދޫކޮށް މެސީ ޕީއެސްޖީއަށް ބަދަލުވިއިރު، އޭނާ ވަނީ ޕީއެސްޖީއާއެކު ދެ އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންކަމުން އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ޕީއެސްޖީން ބޭނުންނަމަ މެސީ އިތުރު އެއް އަހަރަށް އެ ޓީމުގައި މަޑުކުރުވޭނެއެވެ.

ރަސްމީކޮށް ޕީއެސްޖީ ކުޅުންތެރިއެއްގެ ގޮތުގައި ބުދަ ދުވަހު މީޑިއާއަށް މެސީ ތައާރަފުކުރިއިރު، ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މެސީ ބުނީ ކެރިއަރުގައި އަދި އެއް ފަހަރު ޗެމްޕިއަންކަން ލީގު ކާމިޔާބުކުރަން ބޭނުންވާ ކަމަށާއި، އެކަމަށް ބަލާއިރު ޕީއެސްޖީއަކީ އެ ފެންވަރު ހުރި ޓީމެއް ކަމަށެވެ. އެހެންކަމުން އެ ކާމިޔާބީ ހޯދަން ތައްޔާރަށް ހުރި ކަމަށްވެސް ބުންޏެވެ.

ޕީއެސްޖީއާއެކު ޗެމްޕިއަންސް ލީގު ހޯދޭނެ ކަމަށް މެސީ ބުނިއިރު، އޭނާ އެންމެ ފަހުން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވަނީ 2014-2015 ވަނަ އަހަރުގެ ސީޒަނުގައެވެ. އެކަމަކު މެސީ ވަނީ ބާސާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.

ޕީއެސްޖީން ބޮޑު ޚަރަދެއް ކުރުމަށްފަހު ޗެމްޕިއަންސް ލީގަށް އަމާޒުހިފާފައިވީ ނަމަވެސް، އެ ޓީމުގެ ތާރީޚުގައިވެސް އަދި މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެ ކާމިޔާބީއާ އެންމެ ގާތަށް ޕީއެސްޖީ ގޮސްފައިވަނީ 2019-2020 ވަނަ އަހަރުގެ ސީޒަނުގައެވެ. އެ ފަހަރުގެ ފައިނަލުގައި މުޅިން އަލަށް ޕީއެސްޖީ ވާދަކުރި ނަމަވެސް، ފައިނަލް މެޗުން ޕީއެސްޖީ ވަނީ ބަޔާން މިއުނިކް އަތުން ބަލިވެފައެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެސްޖީގެ ރައީސް ނާސިރު އެލް-ޚެއްލާފީ ވިދާޅުވީ މެސީއާއެކު ޕީއެސްޖީއަކީ މި ވަގުތު ޔޫރަޕުގައި އޮތް އެންމެ ވަރުގަދަ އެއް ކުލަބު ކަމަށެވެ. އަދި ޕީއެސްޖީގައި މިހާރު އޮތް ސްކޮޑާއެކު ބޭނުންވާ ކާމިޔާބީތައް ހޯދޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން މެސީ ޕީއެސްޖީއާ ގުޅުނުއިރު، އެ ޓީމާއެކު މެސީ ހަދާފައިވާ އެއްބަސްވުމުގެ ދަށުން އޭނާއަށް އަހަރެއްގެ މައްޗަށް 35 މިލިޔަން ޔޫރޯގެ މުސާރާއެއް ލިބޭނެއެވެ. ރިޕޯޓުތައް ބުނާ ގޮތުން ޕީއެސްޖީން މެސީގެ ސޮއި ހޯދީ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވައިދުތަކާ ޚިލާފުނުވެތޯ ކަށަވަރުކުރަން ސްޕެއިނުގެ ވަކީލުންގެ ޓީމަކުން އަންނަނީ ޔުއެފާއަށް މައްސަލައެއް ހުށަހަޅަން ތައްޔާރުވަމުންނެވެ. އެ ވާހަކަތަކަށް ރައްދުދެމުން ޚެއްލާފީ ހެއްލާފީ ވިދާޅުވީ މެސީގެ ސޮއި ހޯދީ ޕީއެސްޖީގެ މާލީ ކަންތައްތައް ވަރަށް ރަނގަޅަށް ބެލުމަށްފަހު ކަމަށާއި، ޕީއެސްޖީން ގަވާއިދުތަކާ ޚިލާފުވެފައިނުވާ ކަމަށެވެ.

ޕީއެސްޖީން މެސީގެ ސޮއި ހޯދިއިރު، އެ ކުލަބުން ވަނީ މި ޓްރާންސްފާ ބާޒާރުގައި މަޝްހޫރު ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފައެވެ.

ލިއޮނެލް މެސީޕީއެސްޖީ

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
20 ސެޕްޓެމްބަރު 2025

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
06 ސެޕްޓެމްބަރު 2025

އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

06 ސެޕްޓެމްބަރު 2025
އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ
08 އޯގަސްޓު 2025

މެސީގެ އަނިޔާ ސީރިއަސްއެއް ނޫން

08 އޯގަސްޓު 2025
މެސީގެ އަނިޔާ ސީރިއަސްއެއް ނޫން
13 ޖުލައި 2025

މެސީގެ ދެ ލަނޑާ އެކު މިއާމީ މޮޅުވެއްޖެ

13 ޖުލައި 2025
މެސީގެ ދެ ލަނޑާ އެކު މިއާމީ މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް