Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުން

''ދެން އޮންނަ ރިޔާސީ އިންތިޚާބަކަށް ކުރިމަތިލުމުގެ ފުރުސަތު އަޅުގަނޑަށް ބަންދެއް ނުވޭ''

11 އޯގަސްޓު 2021 | ބުދަ 11:43

ބޮޑަށް އަމާޒު ހިފާފައިވަނީ މީގެ ކުރިން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން

އަމްނާ އިމާދު
އަމްނާ އިމާދު | 11 އޯގަސްޓު 2021 | ބުދަ 11:43
ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން،

ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން،

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސާލިހު ވިދާޅުވީ ކޮންމެ މީހަކަށް ވެސް 5 އަހަރުގެ ދެ ދައުރަށް ކުރިމަތިލުމުގެ ފުރުސަތު ގާނޫނު އަސާސީން ލިބިދޭ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް 2023 ގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ވެސް އެބައޮތް ކަމަށާއި، އެ ފުރުސަތު ބަންދު ނުވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ނަމަވެސް އެމަނިކުފާނުގެ އަމާޒަކީ މީގެ ކުރިން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ކަމަށް ވިދާޅުވިއެވެ. އެގޮތުން މާލޭގެ ބޯހިޔާވަހިކަމާއި، މާލޭ ކަނެކްޓިވިޓީ ބްރިޖު އަދި ފެނާއި ނަރުދަމާގެ ޕްރޮޖެކްޓް ނިންމުން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ރައީސް ސާލިހު ވިދާޅުވެފައިވާއިރު، 05 ޖުލައި 2021 ގައި ބޭއްވި އާކްސް ސްޕީކަރ ޕްރޮގްރާމްގައި ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބެއް 2023 ގައި އޮވެއްޖެ ނަމަ އެމްޑީޕީގެ ކެންޑިޑޭޓަކަށް ހުންނަވާނީ އެ މަނިކުފާނު ކަމަށެވެ.

ނަޝީދު ވިދާޅުވީ ރާއްޖެ އަށް އެންމެ ރަނގަޅު ވާނީ ބަރުލަމާނީ ނިޒާމު ކަމަށް އަދިވެސް ގަބޫލުފުޅު ކުރައްވާ ކަމަށާއި ނަމަވެސް ރިޔާސީ އިންތިހާބެއް އޮވެއްޖެ ނަމަ އެމްޑީޕީގެ ޕްރައިމަރީގައި އެ މަނިކުފާނު ވާދަކުރައްވާނެ ކަމަށެވެ. އެ އިންތިޚާބަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވާދަކުރައްވައިފި ނަމަ ތާއީދު ކުރައްވާނެތޯ ސުވާލު ކުރުމުން ނަޝީދު ވިދާޅުވެފައިވަނީ 2023 ގައި އެމްޑީޕީގެ ކެންޑިޑޭޓަކަށް ވާނީ އެމަނިކުފާނު ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި އޮތް ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާކަން މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ނަޝީދު ވަނީ ރައީސް ސާލިޙަށް ދަންނަވާފައެވެ. ރައީސް ސާލިހަށް ކުރެއްވި މެސެޖެއްގައި ނަޝީދު ވިދާޅުވެފައި ވަނީ ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށާއި، ސަރުކާރު ހިންގުމުގައި އެއްފަރާތެއްގައި ހުންނަވަން އެމަނިކުފާނު ބޭނުންފުޅު ނުވާކަމަށެވެ. އަދި ބޭނުންފުޅުވަނީ ބޮޑުވަޒީރަށްވެ ގައުމު ހިންގުމުގެ އެންމެ ކުރީ ސަފުގައި ހުންނަވަން ކަމަށް ވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ މެސެޖުގައި އެމަނިކުފާނު ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނުބާއްވައި އެއަހަރު ރާއްޖޭގެ ވެެރިކަން ކުރާ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށް، ރައްޔިތުންގެ މަޖިލީހުން ސަރުކާރު އެކުލަވާލުމަށް ވެސް ހުށައަޅުއްވާފައެވެ. އަދި 2024 ވަނަ އަހަރުގެ މަޖިލީސް އިންތިޚާބާ ކުރިމަތިލާއިރު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކީ ގާނޫނުގައިވާގޮތަށް މަޖިލީހުން ކަނޑައަޅާ ބޭފުޅަކަށް ހަދަން ބޭނުންފުޅުވާ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ރައީސް ސާލިޙު ވިދާޅުވީ ރާއްޖޭގައި ބާއްވާނީ ބަރުލަމާނީތޯ ނުވަތަ ރިޔާސީ ނިޒާމުތޯ ނިންމާނީ ރައްޔިތުންގެ ވޯޓުން ކަމަށެވެ. އަދި އެއީ އެމަނިކުފާނަށް ނިންމެވޭނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ސޯލިހުރިޔާސީ އިންތިޚާބު 2023

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2023

ކެމްޕެއިނަށް ހަރުކުރި ތަކެއްޗާއި ދެމި ތަކެތި 10 ދުވަހުގެ ތެރޭގައި ނެގުމަށް އީސީން އެދެފި

05 އޮކްޓޯބަރު 2023
ކެމްޕެއިނަށް ހަރުކުރި ތަކެއްޗާއި ދެމި ތަކެތި 10 ދުވަހުގެ ތެރޭގައި ނެގުމަށް އީސީން އެދެފި
05 އޮކްޓޯބަރު 2023

ބާތިލު ވޯޓު ގިނަވި ސަބަބު ދެނެގަތުމަށް އިލެކްޝަންސް ކޮމިޝަނުން ދިރާސާއެއް ކުރަނީ

05 އޮކްޓޯބަރު 2023
ބާތިލު ވޯޓު ގިނަވި ސަބަބު ދެނެގަތުމަށް އިލެކްޝަންސް ކޮމިޝަނުން ދިރާސާއެއް ކުރަނީ
04 އޮކްޓޯބަރު 2023

ރިޔާސީ އިންތިޚާބު 2023ގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި

04 އޮކްޓޯބަރު 2023
ރިޔާސީ އިންތިޚާބު 2023ގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި
04 އޮކްޓޯބަރު 2023

ރިޔާސީ އިންތިޚާބާއި ގުޅޭ 97 މައްސަލައެއް ހުށަހަޅާފައިވޭ: އޭސީސީ

04 އޮކްޓޯބަރު 2023
ރިޔާސީ އިންތިޚާބާއި ގުޅޭ 97 މައްސަލައެއް ހުށަހަޅާފައިވޭ: އޭސީސީ
03 އޮކްޓޯބަރު 2023

ދެވަނަ ބުރުގެ ވޯޓުލުމުގެ ކަންކަން އިންތިޒާމުކުރެވިފައިވަނީ ހަރުދަނާކަމާއި ޕްރޮފެޝަނަލްކޮށް: އީޔޫ

03 އޮކްޓޯބަރު 2023
ދެވަނަ ބުރުގެ ވޯޓުލުމުގެ ކަންކަން އިންތިޒާމުކުރެވިފައިވަނީ ހަރުދަނާކަމާއި ޕްރޮފެޝަނަލްކޮށް: އީޔޫ
02 އޮކްޓޯބަރު 2023

"ދިޔަރެސް" އިން ރައީސް ޞާލިހާ ދެކޮޅަށް "ރާވައިގެން ދޮގު މައުލޫމާތު" ފެތުރި: އީޔޫ

02 އޮކްޓޯބަރު 2023
"ދިޔަރެސް" އިން ރައީސް ޞާލިހާ ދެކޮޅަށް "ރާވައިގެން ދޮގު މައުލޫމާތު" ފެތުރި: އީޔޫ
20 ސެޕްޓެމްބަރު 2023

ފާރިސްވެސް ނިންމެވީ ވަކިކޮޅަކަށް ނޭރުއްވުމަށް

20 ސެޕްޓެމްބަރު 2023
ފާރިސްވެސް ނިންމެވީ ވަކިކޮޅަކަށް ނޭރުއްވުމަށް
20 ސެޕްޓެމްބަރު 2023

އޭރު ނުހައްޤުން ޖަލަށްލި މީހުން މިނިވަންކުރަން މަސައްކަތް ކުރުމުން އެމީހަކު ވެސް ދާން ޖެހުނީ ޖަލަށް: އާޒިމް

20 ސެޕްޓެމްބަރު 2023
އޭރު ނުހައްޤުން ޖަލަށްލި މީހުން މިނިވަންކުރަން މަސައްކަތް ކުރުމުން އެމީހަކު ވެސް ދާން ޖެހުނީ ޖަލަށް: އާޒިމް
18 ސެޕްޓެމްބަރު 2023

ރީރަޖިސްޓްރޭޝަނަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން މިހާރު ބާކީ ހުރީ 16000 ފޯމު

18 ސެޕްޓެމްބަރު 2023
ރީރަޖިސްޓްރޭޝަނަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން މިހާރު ބާކީ ހުރީ 16000 ފޯމު
18 ސެޕްޓެމްބަރު 2023

އިންތިޚާބީ ކޮރަޕްޝަނުގެ 32 މައްސަލަ، ސިޔާސީ ޕާޓީތަކުން 3 މައްސަލަ ހުށަހަޅާފައިވޭ: އޭސީސީ

18 ސެޕްޓެމްބަރު 2023
އިންތިޚާބީ ކޮރަޕްޝަނުގެ 32 މައްސަލަ، ސިޔާސީ ޕާޓީތަކުން 3 މައްސަލަ ހުށަހަޅާފައިވޭ: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް