Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓައިން ޒެކޯ ގެނައުން

ލުކާކޫގެ ބަދަލުގައި އިންޓައިން ޒެކޯ ގެންނަނީ

10 އޯގަސްޓު 2021 | އަންގާރަ 12:02

ޒެކޯ އިންޓައާއެކު ދެ އަހަރުގެ އެއްބަސްވުމެއް ހަދާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 އޯގަސްޓު 2021 | އަންގާރަ 12:02
ރޯމާއަށް ކުޅެމުން އަންނަ ބޮސްނިއާގެ ފޯވާޑް އެޑިން ޒެކޯ

ރޯމާއަށް ކުޅެމުން އަންނަ ބޮސްނިއާގެ ފޯވާޑް އެޑިން ޒެކޯ

ޗެލްސީއަށް ބަދަލުވާން ބެލްޖިއަމުގެ ފޯވާޑް ރޮމެލޫ ލުކާކޫ ނިންމާފައިވާތީ، ރޯމާގެ ކެޕްޓަން އެޑިން ޒެކޯ ގަންނަން އިންޓަ މިލާނުން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 28 އަހަރުގެ ލުކާކޫ ވަނީ ޗެލްސީއަށް ބަދަލުވާން މެޑިކަލް ފުރިހަމަކޮށްފައެވެ. އަދި އަވަސް މުސްތަގުބަލެއްގައި ލުކާކޫ ޗެލްސީގެ އެއްބަސްވުމުގައި ސޮއިކުރާއިރު، އޭނާ ހޯދަން ޗެލްސީ 97.5 މިލިޔަން ޕައުންޑް ޚަރަދުކުރާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެހެންކަމުން އިންޓައިން ރޯމާއަށް ކުޅެމުން އަންނަ ބޮސްނިއާގެ ފޯވާޑް ޒެކޯ ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އިޓަލީގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 35 އަހަރުގެ ޒެކޯ ވަނީ އިންޓައަށް ބަދަލުވާން މިހާރު އެއްބަސްވެފައެވެ. އަދި އޭނާ އިންޓައާއެކު ދެ އަހަރުގެ އެއްބަސްވުމެއް ހަދާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އިންޓައިން ޒެކޯ ހޯދަން މަސައްކަތްކުރަމުން އަންނައިރު، މިދިޔަ އަހަރު ޔުވެންޓަސްއިންވެސް ވަނީ އޭނާ ހޯދަން މަސައްކަތްކޮށްފައެވެ. މެންޗެސްޓާ ސިޓީން ވިދާލި ޒެކޯ ރޯމާއާ އެންމެ ފުރަތަމަ ގުޅުނީ 2015 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެކަމަކު ހަމަ އެ އަހަރުގެ އޮކްޓޯބަރު މަހު ރޯމާއިން ވަނީ ޒެކޯގެ އެއްބަސްވުން އާކޮށްފައެވެ.

ރޯމާގައި މިހާތަނަށް ހޭދަކުރި ހަ ސީޒަނުގައި ޒެކޯ ވަނީ އެ ޓީމަށް ކުޅެދިން 260 މެޗުގައި 119 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ބޮސްނިއާ ގައުމީ ފުޓްބޯޅަ ޓީމަށް މިހާތަނަށް ކުޅެދިން 114 މެޗުގައި ޒެކޯ ވަނީ 59 ލަނޑު ކާމިޔާބުކޮށްފައެވެ.

ރޯމާއާއެކު ޒެކޯއަށް އަދި މިހާތަނަށް ކާމިޔާބީއެއް ހޯދިފައި ނުވި ނަމަވެސް، އޭނާ ވަނީ މީގެ ކުރިން ސިޓީއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ޒެކޯ ވަނީ ސިޓީއާއެކު އިނގިރޭސި ޕްރިމިއާ ލީގު ދެ ފަހަރު އަދި އިނގިރޭސި އެފްއޭ ކަޕާއި، އިނގިރޭސި ލީގު ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

އެޑިން ޒެކޯއިންޓަރ މިލާން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
01 ޖުލައި 2025

އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް

01 ޖުލައި 2025
އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް
26 ޖޫން 2025

ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް

26 ޖޫން 2025
ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް
04 ޖޫން 2025

އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި

04 ޖޫން 2025
އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި
06 މެއި 2025

އިންޒާގީ ބުނީ އިންޓަރ މިލާނުން ތަފާތު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް

06 މެއި 2025
އިންޒާގީ ބުނީ އިންޓަރ މިލާނުން ތަފާތު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް
03 މެއި 2025

އިންޓަރ މިލާންގެ ކުޅުމާ މެދު އިންޒާގީ ހުރީ ހިތްހަމަ ޖެހިފައި

03 މެއި 2025
އިންޓަރ މިލާންގެ ކުޅުމާ މެދު އިންޒާގީ ހުރީ ހިތްހަމަ ޖެހިފައި
01 މެއި 2025

ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އިންޓަރ އެއްވަރު

01 މެއި 2025
ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އިންޓަރ އެއްވަރު
26 ފެބުރުއަރީ 2025

ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް

26 ފެބުރުއަރީ 2025
ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް
17 ފެބުރުއަރީ 2025

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި
27 ޖެނުއަރީ 2025

ލެއްޗޭ ބަލިކޮށް، އިންޓަރ ދެ ވަނައިގައި

27 ޖެނުއަރީ 2025
ލެއްޗޭ ބަލިކޮށް، އިންޓަރ ދެ ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް