Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަހުމަދު މަހުލޫފުގެ މައްސަލަ

"ކުރިން ހުރީ ޕީޖީ އޮފީހުން ގޮތެއް ނިންމީމަ އިސްތިއުފާ ދޭން، ނަމަވެސް ދެން ވިސްނާނަން"

ތަހުގީގުގައި ޗެއިން އޮފް ކަސްޓަޑީ ނެތްކަން ފާހަގަ ކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 9 އޯގަސްޓު 2021 | ހޯމަ 18:47
ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު - މިނިސްޓަރ މިވަގުތު ހުންނެވީ މަގާމުން އެކަހެރި ކުރެވިފައި

ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު - މިނިސްޓަރ މިވަގުތު ހުންނެވީ މަގާމުން އެކަހެރި ކުރެވިފައި

އެމްއެމްޕީއާރްސީ ޚިޔާނާތުގެ ތަހުގީގާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމާ ގޮތަކަށް ބަލައި މަގާމުން އިސްތިއުފާ ދެއްވުމަށް ކުރިން ވިސްނެވި ނަމަވެސް، މިހާރު އެކަމުގައި އިތުރު ވިސްނުންފުޅެއް ގެންގުޅުއްވާކަން ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު ހާމަ ކުރައްވައިފިއެވެ.

އެމްއެމްޕީއާރްސީ ޚިޔާނާތާއި ގުޅިގެން މަހުލޫފުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާއިރު، މަހުލޫފު މީގެ ކުރިން ވަނީ ވައްކަމެއް ކޮށްފައި ނޯންނާނެ ކަމަށާއި، އަދި މައްސަލަ ބެލުމަށްފަހު ގޯހެއް އުޅޭނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން މަހްލޫފުގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ހުށައަޅާފައިވަނީ ޖޫން މަހުގެ ތެރޭގައެވެ.

Advertisement - newsAdvertisement

މި މައްސަލައާ ގުޅިގެން މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްއެމްޕީއާރްސީގެ މައްސަލަތައް ނިންމަން ނަގާފައިއޮތް ކޮމިޓީން ދައުވާ ނުކުރެވޭނެކަމަށް ބުނުމުން، އެމީހުންގެ އަތުން މައްސަލަ އަތުލައި އެހެން ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގުގައި ޗެއިން އޮފް ކަސްޓަޑީ ނެތްކަން ފާހަގަ ކުރައްވައި މަހުލޫފު ވިދާޅުވީ، ޗެއިން އޮފް ކަސްޓަޑީ ނެތް އެއްޗެއްގެ އެއްވެސް ގާނޫނީ ބުރަދަނެއް ނޯންނާނެ ކަމަށެވެ. މަހުލޫފު ވިދާޅުވީ، މި މައްސަލައާ ގުޅިގެން ލަންކާގެ ރައްޔިތެއްގެ ބަޔާން ކަނޑައެޅިގެން ރާއްޖޭގެ ގާނޫނުތަކާއި އަދި ލަންކާ ގާނޫނުތަކާއި ޚިލާފަށް ނެގި މައްސަލައެއް ފެންމަތިވެ ލަންކާގެ ކަމާގުޅޭ އިދާރާއަކުން އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި އެމައްސަލަ ފޮރިން މިނިސްޓްރީންވެސް ތަހުގީގު ކުރަމުންދާކަން ފާހަގަ ކުރައްވައި މަހުލޫފު ވަނީ ޖިނާއީ ތަހުގީގު ޒޫމް މެދުވެރިކޮށް ހިންގިއިރު ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރުވެސް އިންނެވިކަމަށް ތުހުމަތު ކުރައްވާފައެވެ.

އޭގެ އިތުރުން، ފެށުނީއްސުރެ މި މައްސަލައިގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާކަން ފާހަގަ ކުރައްވައި މަހުލޫފު ވިދާޅުވީ، މިއީ ސީދާ ޒާތީ ކަމެއް ކަމަށެވެ. އަދި ދައުވާ ކޮށްފިނަމަ ކޯޓު މަރުހަލާފައި އެ ވާހަކަތައް ހާމަވާނެކަންވެސް މަހުލޫފު ވަނީ ފާހަގަ ކުރައްވާފައެވެ.

މަހުލޫފު ވިދާޅުވީ، ކުރިން ނިންމަވައިގެން ހުންނެވީ ޕީޖީ އޮފީހުން ގޮތެއް ނިންމުމުން އިސްތިއުފާ ދެއްވުމަށް ކަމަށެވެ. ނަމަވެސް ކަންކަން މިހާ ގޯސްކޮށް ދާތީ ދައުވާ ކުރިޔަސް ދެން އިސްތިއުފާ ދެއްވުމާމެދު ވިސްނަވާނެކަމަށް މަހުލޫފު ވިދާޅުވިއެވެ. އަދި އެކަން ރައީސަށް ވެސް ރަސްމީކޮށް ދަންނަވާނެކަން ފާހަގަ ކުރައްވައި މަހުލޫފު ވިދާޅުވީ، މަގާމުން ވަކިކުރުމަކީ ރައީސުލްޖުހޫރިއްޔާއަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ބާރެއް ކަމުން، ގޮތެއް ނިންމަވާނީ ރައީސް ކަމަށެވެ.

އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލާގައި މަހުލޫފުގެ މައްޗަށް ދައުވާކުރުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވާފައިވާތީ ރައީސުލްޖުމްހޫރިއްޔާ ވަނީ މަހުލޫފް މަގާމުގެ މައްސޫލިއްޔަތުން ދުރުކުރައްވާފައެވެ. އެމްއެމްޕީއާރްސީ މައްސަލާގައި މަހުލޫފް މަގާމުން ދުރުކުރި މިއީ ދެވަނަ ފަހަރެވެ. މީގެ ކުރިން 2019 ވަނަ އަހަރުވެސް ލިސްޓެއްގައި މަހުލޫފުގެ ނަން ހިމެނިފައިވާތީ މަގާމުން ދުރުކުރުމަށް ފަހު އަނބުރާ މަސައްކަތަށް ނިކުންނެވީ އެކަން ސާފުވެ މަހުލޫފްގެ އެއްވެސް ބައިވެރިވުމެއް ނެތްކަން ހާމަވުމުންނެވެ.

އޭސީސީން މަހުލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފޮނުވިއިރު، އެ ކޮމިޝަނުން އެންމެ ފުރަތަމަ އާންމު ކުރި ލިސްޓުގައި ނަން ހިމެނިފައިވާތީ މަހުލޫފް ސަސްޕެންޑް ކުރީ ފެބްރުއަރީ 2019ގައެވެ. އޭރުވެސް މަހުލޫފް ވިދާޅުވީ އޭގެ ތެރެއިން އެކައުންޓަށް ޖަމާވެފައިވާ ފައިސާ އަކީ އޭނާގެ ކޮއްކޮއެއްގެ ވިޔަފާރިއަކަށް ހިންގި ސައްހަ މުއާމަލާތެއްގެ ތެރެއިން ޖަމާވި ފައިސާ ކަމަށެވެ. އެ ހުރިހާ ކަމެއް ބެލުމަށް ފަހު އެކަމުގައި މަހުލޫފްގެ އަތެއް ނުވާކަމަށް އޭސީސީން ނިންމުމުން މަހުލޫފް އަނބުރާ މަސައްކަތަށް ނެރެފައިވަނީ އޭގެ ދެ މަސް ފަހުންނެވެ.

އެމްއެމްޕީއާރްސީއަހުމަދު މަޚްލޫފް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

26 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު