Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާރްވީ ސްޕޯޓްސް އެކެޑަމީ

ކުލަގަދަ ރަސްމިއްޔާތަކާއެކު އާރްވީ ސްޕޯޓްސް އެކެޑަމީ އިފުތިތާހުކޮށްފި

9 އޯގަސްޓު 2021 | ހޯމަ 18:08

އެކެޑަމީގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް

އަތޫފް އާތިފް
އަތޫފް އާތިފް | 9 އޯގަސްޓު 2021 | ހޯމަ 18:08
އާރްވީ ސްޕޯޓްސް އެކެޑަމީ އިފުތިތާހުކުރުމަށް ބޭއްވި ކުޅިވަރު ފެސްޓިވަލުގެ ތެރެއިން

އާރްވީ ސްޕޯޓްސް އެކެޑަމީ އިފުތިތާހުކުރުމަށް ބޭއްވި ކުޅިވަރު ފެސްޓިވަލުގެ ތެރެއިން

ކުލަގަދަ ރަސްމިއްޔާތަކާއެކު ހއ. ހޯރަފުށީގެ އާރްވީ ސްޕޯޓްސް އެކެޑަމީ އިފުތިތާހުކޮށްފިއެވެ.

އާދީއްތަ ދުވަހުގެ ހަވީރު އޮތް ރަސްމިއްޔާތެއްގައި އާރްވީ ސްޕޯޓްސް އެކެޑަމީ އިފުތިތާހުކޮށްދެއްވީ މޯލްޑިވްސް ސޮކާމޭޓްސް އެކެޑަމީގެ ރައީސް ހަސަން މަނިކެވެ. ހަސަން މަނިކުގެ އިތުރުން މި ހަފުލާގައި ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެކެޑަމީ އިފުތިތާހުކުރުމަށްފަހު ހޯރަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅިވަރު ފެސްޓިވަލެއް ކުރިއަށްގެންދިޔައިރު، މި ފެސްޓިވަލް ކުރިއަށްގެންގޮސްފައިވަނީ ހޯރަފުށީގެ ކުލަބު ޖަމުއިއްޔާތަކާ ގުޅިގެންނެވެ. އެގޮތުން މި ފެސްޓިވަލުގައި 22 ސްޕޯޓްސް ކުލަބު، ކުލަބު ޖީއެސް، ހަހެތި، ދުންމަރު ޔުނައިޓެޑުގެ އިތުރުން އެފްސީ ފްރިގޭޓާސް ވަނީ ބައިވެރިވެފައެވެ.

"ރާއްޖެ.އެމްވީ" އަށް މައުލޫމާތު ދެއްވަމުން އާރްވީ ސްޕޯޓްސް އެކެޑަމީގެ ޗެއާމަން ހާމިދް އާދަމް ވިދާޅުވީ އެ އެކެޑަމީގެ މަގުސަދަކީ ހޯރަފުށީގައި ކުޅިވަރުގެ ރޮނގުން ހެޔޮލަފާ އަޚުލާގު ރަނގަޅު ޒުވާން ޖީލެއް ބިނާކުރުން ކަމަށެވެ. އަދި އެ އެކެޑަމީގެ ސަބަބުން ހޯރަފުއްޓަށް އައު ދިރުމެއް އަންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ހާމިދު އާދަމް ވިދާޅުވިއެވެ.

ހާމިދު އާދަމް އިތުރަށް ވިދާޅުވީ އެކެޑަމީން މި ވަގުތު ފޯކަސް ކުރަނީ ހޭންޑްބޯޅަ އާއި ފުޓްބޯޅައަށް ކަމަށެވެ. އެކަމަކު މުސްތަގުބަލުގައި އިތުރު ކުޅިވަރުތަކަށް ކުދިން ތަމްރީނުކުރަމުން ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މި ވަގުތުވެސް މޯލްޑިވްސް ސޮކާމޭޓްސް އެކެޑަމީއާ ގުޅިގެން ތަމްރީނު ޕްރޮގްރާމްތަކެއް ރޭވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އާރްވީ ސްޕޯޓްސް އެކެޑަމީން މައުލޫމާތުދޭ ގޮތުން އެ އެކެޑަމީގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށެވެ.

އާރްވީ ސްޕޯޓްސް އެކެޑަމީ

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

23 ޖުލައި 2017

ޕާމް ބީޗް ސްޕޯޓްސް ކުލަބުން ކުޅުނު ދެވަނަ މެޗްވެސް ކާމިޔާބުކޮށްފި

23 ޖުލައި 2017
ޕާމް ބީޗް ސްޕޯޓްސް ކުލަބުން ކުޅުނު ދެވަނަ މެޗްވެސް ކާމިޔާބުކޮށްފި
17 ޖުލައި 2017

ސެމީގެ ފަހު ޖާގަ ދަ ފޭދޫ ސްޕޯޓްސް އިން ހޯދައިފި

17 ޖުލައި 2017
ސެމީގެ ފަހު ޖާގަ ދަ ފޭދޫ ސްޕޯޓްސް އިން ހޯދައިފި
15 ޖުލައި 2017

މިސްކިތްމަގުން ވިލިނގިލި ޒުވާނުންގެ ޖަމްއިއްޔާ ބަލިކުރި އިރު ޕޮލިހާއި ފޭދޫ ސްޕޯޓްސް ވެސް މޮޅުވެއްޖެ

15 ޖުލައި 2017
މިސްކިތްމަގުން ވިލިނގިލި ޒުވާނުންގެ ޖަމްއިއްޔާ ބަލިކުރި އިރު ޕޮލިހާއި ފޭދޫ ސްޕޯޓްސް ވެސް މޮޅުވެއްޖެ
06 ޖުލައި 2017

އެމްއެސް ހެލްޕިންގް ހޭންޑްސް ސްޕޯރޓްސް އެކަޑަމީ އާއި ސީބީއެލް ސްޕޯޓްސް ފައިނަލަށް

06 ޖުލައި 2017
އެމްއެސް ހެލްޕިންގް ހޭންޑްސް ސްޕޯރޓްސް އެކަޑަމީ އާއި ސީބީއެލް ސްޕޯޓްސް ފައިނަލަށް
05 ޖޫން 2017

ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި

05 ޖޫން 2017
ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި
24 މެއި 2017

ކުރިއަށްހުރި މެޗުތަކުގައި އިނގްލޭންޑްގެ ގައުމީ ޓީމުން ރޫނީ ފެންނާނެ ކަމަށް ނުބެލެވޭ: ސްކައި ސްޕޯޓްސް

24 މެއި 2017
ކުރިއަށްހުރި މެޗުތަކުގައި އިނގްލޭންޑްގެ ގައުމީ ޓީމުން ރޫނީ ފެންނާނެ ކަމަށް ނުބެލެވޭ: ސްކައި ސްޕޯޓްސް
06 މެއި 2017

ތިންވަނަ ސްކޫލް ހޭންޑްބޯލް މުބާރާތް ކުލަގަދަ ރަސްމިއްޔާތަކާއެކު ނިންމާލައިފި

06 މެއި 2017
ތިންވަނަ ސްކޫލް ހޭންޑްބޯލް މުބާރާތް ކުލަގަދަ ރަސްމިއްޔާތަކާއެކު ނިންމާލައިފި
04 މެއި 2017

ކްލަބް ޕީކޭ ބަލިކޮށް ވީކޭ ސްޕޯޓްސް ކުލަބުން ސެމީއަށް

04 މެއި 2017
ކްލަބް ޕީކޭ ބަލިކޮށް ވީކޭ ސްޕޯޓްސް ކުލަބުން ސެމީއަށް
29 އެޕްރީލު 2017

މާލޭ ސްޕޯޓްސް އަތުން ސީބީއެލް އަށް މޮޅެއް

29 އެޕްރީލު 2017
މާލޭ ސްޕޯޓްސް އަތުން ސީބީއެލް އަށް މޮޅެއް
16 އެޕްރީލު 2017

ދަ ގްރާންޑޭ އަތުން ޖޭޖޭ ސްޕޯޓްސް ކްލަބަށް ތިން ޕޮއިންޓް

16 އެޕްރީލު 2017
ދަ ގްރާންޑޭ އަތުން ޖޭޖޭ ސްޕޯޓްސް ކްލަބަށް ތިން ޕޮއިންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް