Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާޓިނޭޒް ހޯދަން މަސައްކަތްކުރުން

މާޓިނޭޒް ހޯދަން ޓޮޓެންހަމުން މަސައްކަތްކުރަނީ

ޓޮޓެންހަމުން 60 މިލިޔަން ޕައުންޑް ޚަރަދުކުރަން ތައްޔާރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 އޯގަސްޓު 2021 | ހޯމަ 13:42
އިންޓައަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލަޓާރޯ މާޓިނޭޒް

އިންޓައަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލަޓާރޯ މާޓިނޭޒް

އިންޓަ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލަޓާރޯ މާޓިނޭޒް ހޯދަން ޓޮޓެންހަމް ހޮޓްސްޕާއިން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޔޫރަޕުގައި ފާހަގަކޮށްލެވޭ ފޯވާޑުންގެ ތެރޭގައި އުމުރުން 23 އަހަރުގެ މާޓިނޭޒް ހިމެނޭއިރު، އޭނާ އިންޓައަށް ބަދަލުވީ 2018 ވަނަ އަހަރުގެ ޖުލައި މަހު، ފަސް އަހަރުގެ އެއްބަސްވުމެއް ދަށުންނެވެ. އެހެންކަމުން މާޓިނޭޒް އިންޓައާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޓޮޓެންހަމުން މިހާރު އަންނަނީ މާޓިނޭޒްގެ ސޮއި ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން އޭނާ ގަންނަން ޓޮޓެންހަމުން 60 މިލިޔަން ޕައުންޑް ޚަރަދުކުރާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މަޓިނޭޒްގެ ސޮއި ލިބިއްޖެނަމަ، ޓޮޓެންހަމުން އެ ޓީމަށް ކުޅެމުން އަންނަ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން މެންޗެސްޓާ ސިޓީއަށް ވިއްކާލާނެއެވެ. ޓޮޓެންހަމް ދޫކޮށްލަން ކޭން ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފައިވާއިރު، އޭނާ ހޯދުމަށް ސިޓީން 100 މިލިޔަން ޕައުންޑް ޚަރަދުކުރަން ތައްޔާރަށް އޮތް ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ޓޮޓެންހަމުން މާޓިނޭޒްގެ ސޮއި ހޯދުމަށް މަސައްކަތްކުރަމުން އަންނައިރު، އޭނާއަކީ މީގެ ކުރިން ބާސެލޯނާއިން ހޯދަން މަސައްކަތްކުރި ކުޅުންތެރިއެކެވެ. އަދި މިދިޔަ މެއި މަހުގެ ތެރޭގައި މާޓިނޭޒްގެ އޭޖެންޓް ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑާއެކު ބައްދަލުވުންތަކެއް ބޭއްވި ކަމަށް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓުކުރިއެވެ.

އާޖެންޓީނާގެ ރޭސިން ކުލަބުން 22 މިލިޔަން ޔޫރޯއަށް އިންޓައަށް ބަދަލުވި މާޓިނޭޒް އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އޭނާ ވަނީ މިހާތަނަށް އިންޓައަށް ކުޅެދިން 132 މެޗުގައި 49 ލަނޑު ޖަހާފައެވެ. އަދި ވަނީ އިންޓައާއެކު މިދިޔަ ސީޒަނުގެ އިޓާލިއަން ލީގު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމަށްވެސް ކުޅެމުން އަންނަ މާޓިނޭޒް ވަނީ އެ ގައުމާއެކު ނިމިދިޔަ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ.

ލަޓާރޯ މާޓިނޭޒްޓޮޓްނަމް ހޮޓްސްޕަރ

އިތުރަށް ކިޔާލަން

07 ޖޫން 2025

ޓޮޓެންހަމްގެ ކޯޗުކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި

07 ޖޫން 2025
ޓޮޓެންހަމްގެ ކޯޗުކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި
20 މާރިޗު 2025

ޕޮޗެޓީނޯ ހުރީ އަލުން ޓޮޓެންހަމަށް ދިޔުމުގެ އުންމީދުގައި

20 މާރިޗު 2025
ޕޮޗެޓީނޯ ހުރީ އަލުން ޓޮޓެންހަމަށް ދިޔުމުގެ އުންމީދުގައި
20 މާރިޗު 2025

މާޓިނޭޒް އަށް އަނިޔާވެ، ޓީމާ ދުރަށް

20 މާރިޗު 2025
މާޓިނޭޒް އަށް އަނިޔާވެ، ޓީމާ ދުރަށް
17 ފެބުރުއަރީ 2025

ޓޮޓެންހަމް އަތުން ޔުނައިޓެޑު ބަލިވެއްޖެ

17 ފެބުރުއަރީ 2025
ޓޮޓެންހަމް އަތުން ޔުނައިޓެޑު ބަލިވެއްޖެ
03 ފެބުރުއަރީ 2025

ބްރެންޓްފޯޑު ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް

03 ފެބުރުއަރީ 2025
ބްރެންޓްފޯޑު ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް
23 ޑިސެމްބަރު 2024

ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލް އެއް ވަނައިގައި ކުރިއަށް

23 ޑިސެމްބަރު 2024
ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލް އެއް ވަނައިގައި ކުރިއަށް
10 ޑިސެމްބަރު 2024

ޓޮޓެންހަމް އަތުން ލިބުނީ ފުރިހަމަ މޮޅެއް: މަރެސްކާ

10 ޑިސެމްބަރު 2024
ޓޮޓެންހަމް އަތުން ލިބުނީ ފުރިހަމަ މޮޅެއް: މަރެސްކާ
09 ޑިސެމްބަރު 2024

ފަހަތުން އަރައި ޓޮޓެންހަމް ބަލިކޮށް، ޗެލްސީގެ މޮޅުވުން ކުރިއަށް

09 ޑިސެމްބަރު 2024
ފަހަތުން އަރައި ޓޮޓެންހަމް ބަލިކޮށް، ޗެލްސީގެ މޮޅުވުން ކުރިއަށް
24 ނޮވެމްބަރު 2024

ޓޮޓެންހަމް އަތުން ބަލިވެ، ސިޓީ ޕްރެޝަރަށް

24 ނޮވެމްބަރު 2024
ޓޮޓެންހަމް އަތުން ބަލިވެ، ސިޓީ ޕްރެޝަރަށް
04 ނޮވެމްބަރު 2024

އެސްޓަން ވިލާ ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް

04 ނޮވެމްބަރު 2024
އެސްޓަން ވިލާ ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު