Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގްރީސްގެ ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑު

ގްރީސްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު: 2000ށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

ބައެއް މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވަނީ ފެރީގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 އޯގަސްޓު 2021 | ހޯމަ 03:11
މިއީ ފާއިތުވި 30 އަހަރުގެ ތެރޭގައި ވެސް އެންމެ ބޮޑަށް އަލިފާން ރޯވި ފަހަރު

މިއީ ފާއިތުވި 30 އަހަރުގެ ތެރޭގައި ވެސް އެންމެ ބޮޑަށް އަލިފާން ރޯވި ފަހަރު

ގްރީސްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑު ރަށްތަކަށް ފޯރަން ފަށާފައިވާއިރު އެވިއާގައި ދިރިއުޅެމުންދިޔަ 2000ށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ.

ބީބީސީގައި ރިޕޯޓްކޮށްފައިވާ ގޮތުން މީގެ ތެރެއިން ބައެއް މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވަނީ ފެރީގައެވެ. ހޫނު މޫސުމުގެ ހޫނުމިން އާދަޔާ ޚިލާފަށް މައްޗަށް ގޮސްފައިވާ އިރު، ބާރު ވަޔާއެކު އަލިފާންގަނޑު ދަނީ އިތުރަށް ފެތުރެމުން ވަރުގަދަ ވަމުންނެވެ. އަދި ގަދަ ވަޔާއި ޖައްވުގެ ހޫނުކަމުގެ ސަބަބުން، އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

ޔޫރަޕްގެ އެހެން ގައުމުތަކެކޭ ވެސް އެއްގޮތަށް، ގްރީކުގައި ވެސް ޖަންގަލިތަކުގައި ރޯވެ އަނދަމުން ދަނީ، ދުނިޔޭގެ ހޫނުމިން އާދަޔާ ޚިލާފަށް މައްޗަށް ގޮސްފައިވާތީއެވެ. މިއީ ފާއިތުވި 30 އަހަރުގެ ތެރޭގައި ވެސް އެންމެ ބޮޑަށް އަލިފާން ރޯވި ފަހަރެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރެވޭނެ ކަމުގެ އެއްވެސް ނިޝާނެއް އަދިވެސް ފެނިފައިނުވާއިރު އެ ޤައުމުން ދަނީ އެހީއަށް އެދެމުންނެވެ. އަދި ގިނަ ޤައުމުތަކަކުން ގްރީސްއަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އޭގެ ތެރޭގައި ޖަރުމަންވިލާތާއި ފްރާންސް އަދި އިނގިރޭސިވިލާތް ވެސް ހިމެނެއެވެ. ގްރީސްގެ ބޮޑުވަޒީރު ވަނީ އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާ ކުރައްވާފައެވެ.

ގްރީސްއާ އިންވެގެން އޮންނަ ތުރުކީގައި ވެސް ޖަންގަލިތަކުގައި އަލިފާން ރޯވެ، ފަތުރުވެރި މަންޒިލްތަކަށް އެކަމުގެ އަސަރު ކުރަމުން އަންނަކަމަށް އެ ގައުމުން ވެސް ވަނީ ބުނެފައެވެ. މިއީ އެ ގައުމުގެ ތާރީހުގައި ވެސް އެންމެ ބޮޑަށް އަލިފާން ރޯވި ފަހަރު ކަމަށް ވަނީ ސިފަކޮށްފައެވެ. މިހާތަނަށް 8 މީހަކު މަރުވެފައިވާއިރު އެތައް ހާސް ބަޔަކު ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައެވެ.

ގްރީސް

އިތުރަށް ކިޔާލަން

08 ޖޫން 2024

ފަހަތުން އަރައި ޖަރުމަނުން ގްރީސް ބަލިކޮށްފި

08 ޖޫން 2024
ފަހަތުން އަރައި ޖަރުމަނުން ގްރީސް ބަލިކޮށްފި
01 މާރިޗު 2023

ގްރީސްގައި ދެ ރޭލު ޖެހުމުގެ ސަބަބުން 36 މީހުން މަރުވެއްޖެ

01 މާރިޗު 2023
ގްރީސްގައި ދެ ރޭލު ޖެހުމުގެ ސަބަބުން 36 މީހުން މަރުވެއްޖެ
27 ޖުލައި 2022

ސައުދީގެ ވަލީއަހުދު ގްރީސްއަށް ވަޑައިގެން އެޤައުމުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

27 ޖުލައި 2022
ސައުދީގެ ވަލީއަހުދު ގްރީސްއަށް ވަޑައިގެން އެޤައުމުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
25 އޯގަސްޓު 2021

ވެކްސިން ނުޖަހާ މީހުންނަށް ހިލޭ ޓެސްޓް ހަދައިދިނުން ގްރީސްއިން ހުއްޓާލަނީ

25 އޯގަސްޓު 2021
ވެކްސިން ނުޖަހާ މީހުންނަށް ހިލޭ ޓެސްޓް ހަދައިދިނުން ގްރީސްއިން ހުއްޓާލަނީ
04 އޯގަސްޓު 2021

ގްރީސްގެ އެކި ހިސާބުތަކުގައި ރޯވަމުންދާ އަލިފާން ކޮންޓްރޯލެއް ނުވޭ

04 އޯގަސްޓު 2021
ގްރީސްގެ އެކި ހިސާބުތަކުގައި ރޯވަމުންދާ އަލިފާން ކޮންޓްރޯލެއް ނުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު