Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗު

ފަހަތުން އަރައި ޖަރުމަނުން ގްރީސް ބަލިކޮށްފި

ފުރަތަމަ މެޗުގައި ޔޫކްރެއިންއާ ވާދަކޮށް އެއްވަރުވީ، ދެ ވަނަ މެޗުގައި ގްރީސްއާ ދެކޮޅަށް ނިކުތްއިރު، ޖަރުމަނު މޮޅުވީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖޫން 2024 | ހޮނިހިރު 05:38
މެޗުގައި ލަނޑު ޖެހުމަށްފަހު ޖަރުމަނުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ޖަރުމަނުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި ގްރީސްއާ ދެކޮޅަށް ކުޅުނު މެޗުން ޖަރުމަނު މޮޅުވެއްޖެ އެވެ.

އަމިއްލަ ޤައުމުގައި މި މަހު ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޖަރުމަނުން ވަނީ ރަޙުމަތްތެރި ކަމުގެ ދެ މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗުގައި ޔޫކްރެއިންއާ ވާދަކޮށް އެއްވަރުވީ އެވެ. ދެ ވަނަ މެޗުގައި ގްރީސްއާ ދެކޮޅަށް ނިކުތްއިރު، ޖަރުމަނު މޮޅުވީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ގްރީސް އިންނެވެ. މެޗުގެ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޖިއޯޖޮސް މަސޯރަސް އެވެ. ޖަރުމަނުން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތް ކާމިޔާބުވީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކައި ހަވާޓްޒް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ލެރޯއީ ސާނޭ އެވެ. މެޗުން ޖަރުމަނު މޮޅުވީ، ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށްވެފައި ވަނިކޮށް، ޕަސްކަލް ގްރޮބް ޖެހި ލަނޑުންނެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ބެންޗުންނެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި، މި މަހުގެ 15 ވަނަ ދުވަހު ޖަރުމަނުން ނިކުންނާނީ ސްކޮޓްލެންޑާ ދެކޮޅަށެވެ. އޭގެ ފަހުން ދެ ވަނަ މެޗުގައި ހަންގޭރީއާ ދެކޮޅަށް ނިކުންނާނީ 19 ވަނަ ދުވަހު އެވެ. ފަހު މެޗުގައި ސްވިޒަލެންޑާ ދެކޮޅަށް ނިކުންނާނީ 24 ވަނަ ދުވަހު އެވެ.

ޔޫރޯ 2024 (ޖަރުމަނު)ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމުގްރީސް

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2025

ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ

14 އޮކްޓޯބަރު 2025
ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ
08 ސެޕްޓެމްބަރު 2025

ދެ ވަނަ މެޗުން މޮޅުވެ ޖަރުމަނަށް ހަމަ ޖެހުމެއް

08 ސެޕްޓެމްބަރު 2025
ދެ ވަނަ މެޗުން މޮޅުވެ ޖަރުމަނަށް ހަމަ ޖެހުމެއް
05 ޖޫން 2025

ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

05 ޖޫން 2025
ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް
20 ނޮވެމްބަރު 2024

ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި

20 ނޮވެމްބަރު 2024
ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި
14 އޮކްޓޯބަރު 2024

ޖަރުމަނަށް ގިނަ ކަންތައްތަކެއް ހާސިލު ކުރެވިއްޖެ: ނާގަލްސްމަން

14 އޮކްޓޯބަރު 2024
ޖަރުމަނަށް ގިނަ ކަންތައްތަކެއް ހާސިލު ކުރެވިއްޖެ: ނާގަލްސްމަން
13 އޮކްޓޯބަރު 2024

ނާގަލްސްމަން ޤަބޫލު ކުރާ ގޮތުގައި ޖަރުމަނަށް ފަރަގު ބޮޑުކޮށް މޮޅު ވެވޭނެ

13 އޮކްޓޯބަރު 2024
ނާގަލްސްމަން ޤަބޫލު ކުރާ ގޮތުގައި ޖަރުމަނަށް ފަރަގު ބޮޑުކޮށް މޮޅު ވެވޭނެ
12 އޮކްޓޯބަރު 2024

ބޮސްނިއާ އަތުން މޮޅުވެ ޖަރުމަނު އެއް ވަނައިގައި

12 އޮކްޓޯބަރު 2024
ބޮސްނިއާ އަތުން މޮޅުވެ ޖަރުމަނު އެއް ވަނައިގައި
08 ޖުލައި 2024

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!
08 ޖުލައި 2024

އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން

08 ޖުލައި 2024
އެތައް ކަމެއް ތަހަންމަލު ކުރަން ޖެހުނު، މިއީ ކުޅުންތެރިންގެ ހިތްވަރު: ކޫމަން
08 ޖުލައި 2024

މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް

08 ޖުލައި 2024
މިއީ މިހާތަނަށް އިންގްލެންޑުން ކުޅުނު އެންމެ ރަނގަޅު މެޗު: ސައުތުގޭޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު