Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޓިއުބްލައިޓް

"ޓިއުބްލައިޓް" ގެ ރޭޑިއޯ ލަވަ ރިލީޒްކޮށްފި

ނަން ދެވުނީ މިއީ މި ފިލްމުގައި އަންނަ އުފާވެރި ޚަބަރަކާއި ގުޅިގެން އަންނަ ލަވައަކަށް ވާތީ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 18 މެއި 2017 | ބުރާސްފަތި 09:24
ޓިއުބްލައިޓްގެ ޕޯސްޓަރެއް

ޓިއުބްލައިޓްގެ ޕޯސްޓަރެއް

އަހަރުގެ ޖޫންމަހުގެ 23 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖައްސާފައިވާ ސަލްމާން ޚާންގެ "ޓިއުބްލައިޓް"ގެ ފުރަތަމަ ލަވަ ކަމަށްވާ "ރޭޑިއޯ ސޯންގް" ރިލީޒްކޮށްފިއެވެ.

މި ލަވަ ރިލީޒް ކުރުމަށް ދުބާއީގައި ބޭއްވި ހަފްލާގައި ސަލްމާން ބުނީ މި ލަވައަށް "ރޭޑިއޯ ސޯންގް" ގެ ނަން ދެވުނީ މިއީ މި ފިލްމުގައި އަންނަ އުފާވެރި ޚަބަރަކާއި ގުޅިގެން އަންނަ ލަވައަކަށް ވާތީ ކަމަށެވެ.

ސަލްމާން ބުނީ މިފިލްމުގައި އުޅޭ ކޮއްކޮ ދުނިޔޭގއި ހުރިކަމުގެ އުފާވެރި ޚަބަރު ލިބެނީ ރޭޑިއޯގެ ޒަރީއާއިން ކަމަށާއި އެހެން ކަމުން އެކަމުގެ އުފަލުގައި ލަވައެއް އަންނާތީ މި ލަވައަށް "ރޭޑިއޯ ސޯންގް" ގެ ނަން ދިނީ ކަމަށެވެ. "ރޭޑިއޯ ސޯންގް" ރިލީޒް ކޮށްފައިވަނީ އެކަމަށް ދުބާއީގައި އޮތް ހާއްސަ ރަސްމިއްޔާތުގައި ސަލްމާން ޚާނާއި ޑައިރެކްޓަރ ކަބީރު ޚާނެވެ. މި ލަވައިގެ މިއުޒިކް ތައްޔާރު ކޮށްފައިވަނީ ޕްރީތަމްއެވެ.

މިލަވަ ނެރުމާއެކު ސޯޝަލް މީޑިއާގައި ދަނީ މި ލަވައަށް ތައުރީފު އޮހެމުންނެވެ. ޔޫޓިއުބްގައި މި ލަވަ ބަލާފައިވާ މީހުންގެ އަދަދު ވަނީ 5.7 މިލިއަނަށް ވަނީ އަރާފައެވެ. "ޓިއުބުލައިޓް"ގައި ހިމެނެނީ ތިން ލަވަ އެވެ.

އިންޑިއާ އާއި ޗައިނާއާ ދެމެދު ހިމާލިޔާ ބޯޑަރާ ހެދި 1962 އަހަރު ކުރިއަށް ދިޔަ ހަނގުރާމައިގެ ދުވަސްވަރު، އިންޑިއާގެ ޒުވާން ފިރިހެނަކާ ޗައިނާގެ ޒުވާން އަންހެން ކުއްޖަކާ ބައްދަލުވެ، އެ ދެމީހުންނަށް އެކަކު އަނެކަކު ދެކެ ލޯބިވެވި، ބޯޑަރުގެ މައްސަލަގައި ދެގައުމުގެ ދެމެދުގައި ބޮޑު ހަނގުރާމައެއް ކުރިއަށް ދިޔަ ދަނޑިވަޅުގައި ދެމީހުންގެ ދެމެދުގައި އޮތް ލޯބީގެ ވާހަކައިގެ އަސްލަކަށް ބަލައިގެން އުފައްދާފައިވާ މި ފިލްމުގައި ވަރަށް ގިނަ ވިޝުއަލް އިފެކްޓްސް މަންޒަރުތައް ފެނިގެންދާނެ އެވެ.

"ރޭޑިއޯ ސޯންގް" ގައި 1000 އަށް ވުރެ ގިނަ ނެށުންތެރިން ހިމެނޭ ކަމަށް ވަރަށް ފަހުން ރޭމޯ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ވިޝްކާ"ގެ އާ ލަވައެއް ރިލީޒް ކޮށްފި

"ވިޝްކާ"ގެ އާ ލަވައެއް ރިލީޒް ކޮށްފި

19 ފެބުރުއަރީ 2017
ލޯބިވާކަން ލަވައަކުން ބުނެލާ!

ލޯބިވާކަން ލަވައަކުން ބުނެލާ!

15 ފެބުރުއަރީ 2017
"ތަމާ ތަމާ އެގެއިން" ފަހުގެ ލަވައިން ވަރުން އަދި އާލިއާ

"ތަމާ ތަމާ އެގެއިން" ފަހުގެ ލަވައިން ވަރުން އަދި އާލިއާ

12 ފެބުރުއަރީ 2017
ރަމްބީރާއި ކެޓްރީނާގެ "ޖައްގާ ޖާސޫސް"ގައި 29 ލަވަ!

ރަމްބީރާއި ކެޓްރީނާގެ "ޖައްގާ ޖާސޫސް"ގައި 29 ލަވަ!

09 ފެބުރުއަރީ 2017
"ޓިއުބްލައިޓް" ގެ ޝޫޓިން ނިންމާލައިފި

"ޓިއުބްލައިޓް" ގެ ޝޫޓިން ނިންމާލައިފި

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު