Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެސީ ޕީއެސްޖީއަށް ބަދަލުވުން

ޕީއެސްޖީއަށް ހިނގައިދާނަން: މެސީ

8 އޯގަސްޓު 2021 | އާދީއްތަ 11:20

ޕީއެސްޖީއާއެކު އެއްވެސް ކަމެއް ނިމިފައި ނުވާ ކަމަށް ބުނި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 8 އޯގަސްޓު 2021 | އާދީއްތަ 11:20
ވަދާއީ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ

ވަދާއީ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ

ފްރާންސްގެ ޕީއެސްޖީއަށް ހިނގައިދާނެ ކަމަށް އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ބުނެފިއެވެ.

މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ބާސާއާއެކު އުމުރުން 34 އަހަރުގެ މެސީ ހަދާފައި އޮތް އެއްބަސްވުން ވަނީ ހަމަވެފައެވެ. އެކަމަކު މުސާރަ ކުޑަކޮށް އައު އެއްބަސްވުމުގައި ސޮއިކުރަން މެސީ މީގެ ކުރިން ނިންމި ކަމަށް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓުކުރިއެވެ. އަދި 2026 ވަނަ އަހަރުގެ ނިޔަލަށް ބާސާގައި މެސީ މަޑުކުރާނެ ކަމަށްވެސް އޭރު ރިޕޯޓުކުރިއެވެ.

އެކަމަކު ދާދި ފަހުން ބާސާއިން ނެރުނު ބަޔާނެއްގައި ވަނީ އެއްބަސްވުން އާނުކުރެވުމާ ގުޅިގެން އެންމެ ފަހުން މެސީ ދޫކޮށްލަން ނިންމާފައިވާ ކަމަށް ބުނެފައެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުން އެއްބަސްވުމުގައި ސޮއިކުރުމުގެ ހުރިހާ ކަމެއް ހަމަޖެހިފައި ވަނިކޮށް މައްސަލަތަކެއް ކުރިމަތިވީ ސްޕެނިޝް ލީގުގެ މާލީ ގަވާއިދުތަކުގެ ސަބަބުން ކަމަށެވެ. އެހެންކަމުން މެސީ ދޫކޮށްލުން ނޫން އެހެން ގޮތެއް މި ވަގުތު ނެތް ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

މެސީ ދޫކޮށްލަން ބާސާއިން ނިންމިއިރު، އޭނާގެ ސޮއި ހޯދުމަށް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޕީއެސްޖީގެ އިތުރުން ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީ ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެކަމަކު ދާދި ފަހުން ދިން އިންޓަވިއުއެއްގައި ގާޑިއޯލާ ވަނީ ސިޓީގެ ޕްލޭންގައި މެސީ ނުހިމެނޭ ކަމަށް ބުނެފައެވެ.

އާދީއްތަ ދުވަހު ބޭއްވި ވަދާއީ ނޫސްވެރިންގެ ބައްދަލުވުމުގައި ރޮވިފައި ހުރެ މެސީ ވަނީ ބާސާ ދޫކޮށްލަން ޖެހުނު ގޮތް ނޫސްވެރިންނަށް ހިއްސާކޮށްފައެވެ. މެސީ ބުނީ 50 އިންސައްތަ މުސާރަ ކުޑަކޮށް އައު އެއްބަސްވުމުގައި ސޮއިކުރަން ހުރިހާ ކަމެއް ހަމަޖެހިފައި ވަނިކޮށް، އެއްބަސްވުން އާނުކުރެވުނީ ސްޕެނިޝް ލީގުގެ މާލީ ގަވާއިދުތަކުގެ ސަބަބުން ކަމަށެވެ. އަދި ޗުއްޓީއަށްފަހު ބާސާއަށް އެނބުރި އައީ އައު އެއްބައްވުމުގައި ސޮއިކުރުމަށް ކަމަށާއި، އެކަމަކު ކުއްލި ގޮތަކަށް ބާސާ ދޫކޮށްލަން ޖެހުމުން ހައިރާންވި ކަމަށްވެސް ބުންޏެވެ. އަދި ބާސާއަކީ އޭނާ އެންމެ ލޯބިވާ ކުލަބު ކަމަށާއި، އެހެންކަމުން ބާސާ ދޫކޮށްލަން އަދިވެސް ބޭނުންނުވާ ކަމަށްވެސް މެސީ ވަނީ ބުނެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން މެސީ މިހާރު ވަނީ ޕީއެސްޖީއާއެކު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރަން ނިންމާފައެވެ. އަދި ޕީއެސްޖީން މިހާރު މަސައްކަތް ކުރަމުން އަންނަނީ ފައިނޭންޝިއަލް ފެއާ ޕްލޭ (އެފްއެފްޕީ) ގަވާއިދާ ޚިލާފުނުވެ، މެސީގެ ޓްރާންސްފާ ކަންތައްތައް ފުރިހަމަ ކުރުމަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޕީއެސްޖީގެ ޓްރާންސްފާއާ ގުޅޭގޮތުން މެސީ ބުނީ ޕީއެސްޖީއަށް ބަދަލުވުމަކީވެސް އޮތް ގޮތެއް ކަމަށާއި، އެކަމަކު މިހާތަނަށް އަދި އެއްވެސް ކަމެއް ނިމިފައި ނުވާ ކަމަށެވެ. އަދި ބާސާއިން ބަޔާން ނެރުނު ފަހުން އެކި ކުލަބުތަކުން ހުށަހެޅުންތައް ލިބިފައިވާ ކަމަށާއި، އެހެންކަމުން ޓްރާންސްފާގެ ކަންކަމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް ވަނީ ބުނެފައެވެ.

ޅަ އުމުރުގައި ބާސާއާ ގުޅުނު މެސީ އެ ޓީމު ދޫކޮށްލާއިރު، ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީއަކީ އެ ޓީމުގެ ތާރީޚުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ އަދި އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އަދި މެސީއަކީ ބާސާގެ ތާރީޚުގައި އެ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާވެސްމެއެވެ. އެގޮތުން ބާސާއަށް ކުޅެދިން 778 މެޗުގައި މެސީ 672 ލަނޑު ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައިވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ހަ ފަހަރު ހޯދާފައެވެ. މެސީއަކީ މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.

ލިއޮނެލް މެސީޕީއެސްޖީ

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
20 ސެޕްޓެމްބަރު 2025

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
06 ސެޕްޓެމްބަރު 2025

އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

06 ސެޕްޓެމްބަރު 2025
އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ
08 އޯގަސްޓު 2025

މެސީގެ އަނިޔާ ސީރިއަސްއެއް ނޫން

08 އޯގަސްޓު 2025
މެސީގެ އަނިޔާ ސީރިއަސްއެއް ނޫން
13 ޖުލައި 2025

މެސީގެ ދެ ލަނޑާ އެކު މިއާމީ މޮޅުވެއްޖެ

13 ޖުލައި 2025
މެސީގެ ދެ ލަނޑާ އެކު މިއާމީ މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް