Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލިޔު ޝިއަބޯ

ޗައިނާ އިން ވަނީ ނޯބެލް ސުލްހައިގެ އިނާމު ލިބިފައިވާ ލިޔު ޝިއަބޯގެ އަންހެނުން ގެއްލުވާލާފައި: ވަކީލް

ލިޔު ޝިއަބޯ ވަނީ މޭގެ ކެންސަރު ބަލީގައި ޖުލައި މަހު މަރުވެފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 4 އޯގަސްޓު 2017 | ހުކުރު 08:34
ލިޔު ޝިއަބޯ (ކ)، ލިޔު ޝިއާ

ލިޔު ޝިއަބޯ (ކ)، ލިޔު ޝިއާ

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރި މަޝްހޫރު ކެމްޕެއިނާ އަދި ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ލިޔު ޝިއަބޯގެ އަންހެނުން ކަމަށްވާ ލިޔު ޝިއާ، ޗައިނާގެ ސަރުކާރުން "ގެއްލުވާލައިފައިވާ" ކަމަށް އެމެރިކާގައި ހަރަކާތްތެރިވާ އޭނާގެ ލޯޔަރު ޖެރަޑް ޖެންސާ ވިދާޅުވެއްޖެއެވެ.

ޖެރަޑް ޖެންސާ ވިދާޅުވީ ލިޔު ޝިއާ، އޭނާގެ ފިރިމީހާ ލިޔު ޝިއަބޯ މަރުވުމުގެ އެއްދުވަސް ވަރުކުރިން ފެށިގެން އަދި މިހާތަނަށް އެއްވެސް މީހާކަށް އޭނާއާ މުއާމަލާތެއް ނުކުރެވޭނެ ކަމަށެވެ. އަދި ޗައިނާގެ ސަރުކާރުން ލިޔު ޝިއާ އެއްވެސް މީހަކަށް މުވާސަލާތެއް ނުކުރެވޭ ސަރަހައްދެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ޖެންސާ ތުހުމަތު ކުރެއްވިއެވެ. ލިޔު ޝިއާގެ ފިރިމީހާ ލިޔު ޝިއަބޯ މަރުވެފައި ވަނީ މިއަހަރުގެ ޖުލައި 13 ގައެވެ. ޗައިނާ ސަރުކާރުން ލިޔު ޝިއާ "ގެއްލުވާލާފައިވާ" ކަމަށް އެމެރިކާގައި ބޭސްވެ ހުންނަ އޭނާގެ ވަކީލް ބުނެފައި ވަނީ އދ ގެ "ޔޫއެން ވާކިން ގްރޫޕް އޮން އެންފޯސްޑް އޯރ އިންވޮލަންޓްރީ ޑިސަޕިއަރެންސެސް" އަށް ދެއްވި ބަޔާނެއްގައެވެ.

2010 ގައި ލިޔު ޝިއަބޯ އަށް ނޯބެލް ސުލްހައިގެ އިނާމު ލިބުނު ފަހުން އޭނާގެ އަންހެނުން ލިޔު ޝިއާ ހުރީ ދައުވާއެއް ނުކޮށް ގޭ ބަންދުގައެވެ. އެމެރިކާ، އީޔޫ އަދި އދ ގެ އިންސާނީ ހައްގުތަަކާ ބެހޭ ހައި ކޮމިޝަނާ ވަނީ ލިޔު ޝިއާ ގޭ ބަންދުން ދޫކޮށްލުމަށް ގޮވާލާފާއެވެ.

އުމުރުން 61 އަހަރުގެ ލިޔު ޝިއަބޯ މަރުވެފައި ވަނީ މޭގެ ކެންސަރު ބަލީގައެވެ. އޭނާ މަރުވިއިރު އޭނާ ދިޔައީ ސަރުކާރު ވައްޓާލަން އުޅުމުގެ ކުށުގަައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ޢޭނާ މަރުވުމުގެ ދެމަހެއްހާ ދުވަސް ކުރިން މެޑިކަލް ޕެރޯލްގެ ދަށުން ވަނީ ދޫކޮށްލާފައެވެ.

ޖަލު ބަންދުގައި ހުރުމުގެ ސަބަބުން ޝިއަބޯ އަށް ލިބުނު ނޯބެލް ސުލްހައިގެ އިނާމު ބަލާ އޭނާއަށް ނުދެވުނު އިރު ރިޕޯޓުތައް ބުނާ ގޮތުން އޭނާ އަށް އިނާމާ އެކު ލިބުނު 1.4 މިިލިއަން ޑޮަލަރުގެ ފައިސާ ވެސް ހޯދާފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
05 މާރިޗު 2017

އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި

05 މާރިޗު 2017
އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
10 ފެބުރުއަރީ 2017

"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ

10 ފެބުރުއަރީ 2017
"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު