Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑުއަށް ނަގޫރޯޅިއެއް އެރުން

ނަގޫރޯޅިން ލިބުނު ގެއްލުން ރައީސް ޔާމީން ދަނީ ގާތުން ބައްލަވަމުން: ރައީސް އޮފީސް

ރައީސްގެ ފަރާތުން އައްޑޫ ސިޓީގެ މޭއަރަށް ފޯނަން ގުޅައި ވަނީ ރައްޔިތުންގެ ހާލު ބައްލަވާފައި

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 18 މެއި 2017 | ބުރާސްފަތި 00:37
 ސިލިންކޯ އިންޝުއަރެންސް ކުންފުނީގެ އޮފީހަށް ނަގޫޜޯޅީގެ ސަބަބުން ގެއްލުން ލިބިފައި

ސިލިންކޯ އިންޝުއަރެންސް ކުންފުނީގެ އޮފީހަށް ނަގޫޜޯޅީގެ ސަބަބުން ގެއްލުން ލިބިފައި

އައްޑޫ ސިޓީ ހިތަދޫއަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެ ސިޓީގެ ރައްޔިތުންގެ ހާލު ބައްލަވާއިފިއެވެ.

ބުދަ ދުވަހުގެރޭ އައްޑޫ ސިޓީ ހިތަދޫއަށް ނަގޫރޯޅި އެރުމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިތަދޫއަށް ނަގޫރޯޅިއެއް އަރާ ގެއްލުން ލިބުނު ހަބަރު ރައީސް ޔާމީން އެއްސެވީ ނުހަނު ހިތާމަޔާ އެކުގައި ކަމަށެވެ. އައްޑޫ ރައްޔިތުންނަން ލިބުނު ގެއްލުން ރައީސް ޔާމީން ގާތުން ބަލަމުންދާ ކަމަށް މުއާޒް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ހިތަދޫގެ ރައްޔިތުންނަން ލިބުނު ގެއްލުން ރައީސް ޔާމީން އޮޅުންފުލުވާއިފި ކަމަށް ފާހަގަކުރަމުން މުއާޒް ވިދާޅުވީ ރައީސްގެ ފަރާތުން އައްޑޫ ސިޓީގެ މޭއަރު އަބްދުﷲ ސޯދިގްގެ ފޯނަން ގުޅުއްވައި ހާދިސާގެ މައުލޫމާތު ހޯއްދެވި ކަމަށެވެ.

އެކަމާއި ގުޅިގެން ރާއްޖެއްމްވީއަށް މައުލޫމާތު ދެމުން ސޯބެ ވިދާޅުވީ ރައީސް ޔާމީންގެ ފަރާތުން ގުޅުއްވީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މުޖުތާޒް ކަމަށެވެ. ނަގޫރޯޅީގެ ސަބަބުން އައްޑޫ ސިޓީގެ ރައްޔިތުންނަން ލިބުނު ގެއްލުން ފުލުނުންނާއި ސިފައިންގެ އެހީތެރިކަމާއި އެކު ސިޓީ ކައުންސިލުން ބަލަމުން އަންނަ ކަމަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުން ނަގޫޜޯޅީގެ ސަބަބުން ޖުމްލަ 12 ގެއެއްގެ ފުރާޅަ އެއްލާލާފައިވެއެވެ.

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު