Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޮނިޓަރިން އުވާލުން

ހާލަތު ރަނގަޅުވުމުން ފުވައްމުލައް ސިޓީ މޮނިޓަރިންއިން ނަގައިފި

ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ހުރިހާ ރައްޔިތުން ވެސް އަމަލުކުރަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 6 އޯގަސްޓު 2021 | ހުކުރު 07:08
ފުވައްމުލައް ސިޓީ،

ފުވައްމުލައް ސިޓީ،

ކޮވިޑް-19ގެ ހާލަތު ރަނގަޅުވުމާއެކު ފުވައްމުލައް ސިޓީ މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.

ކޮވިޑް-19ގެ ކޭސްތަކާ ގުޅިގެން ފުވައްމުލައް ސިޓީ ފުރަތަމަ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. އަދި 9 މާޗުގައި މޮނިޓަރިންއިން ނަގާފައިވާއިރު، ދެވަނަ ފަހަރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ރޯގާގެ އަލާމާތް ހުރުމުގެ ސަބަބުން މެއި މަހުގެ 5 ވަނަ ދުވަހު ފުލޫ ކުލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ މޮނިޓަރިންގެ ހާލަތު އުވާލި ނަމަވެސް ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ހުރިހާ ރައްޔިތުން ވެސް އަމަލުކުރަން ޖެހޭ ކަމަށެވެ. އެގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ކައުންސިލުން ބަލައި މޮނިޓަރކުރާނެ ކަމަށެވެ. އިޖްތިމާއީ ގައިދުކުރުކަމާއި މާސްކް އެޅުމުގެ އިތުރުން ގިނަ މީހުން އެއްވެ ބާއްވާ އިވެންޓްތައް ނުބޭއްވުމަށް ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.

ފުވައްމުލައް ސިޓީން ކޮވިޑް-19ގެ ކޭސްތައް ފެނުމާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅިއެވެ. ފިޔަވަޅުތައް ވަރުގަދަ ކުރި ނަމަވެސް ގިނަ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބުނު ކަމަށް ކައުންސިލުން ބުނެއެވެ. މީގެ އިތުރުން ވެކްސިނޭޝަން ޕްރޮގްރާމްއަށް ޚާއްސަ ސަމާލުކަމެއް ދީގެން އެ މަސައްކަތް ކުރިއަށްދާކަން ކައުންސިލުން ފާހަގަކޮށްފައިވެއެވެ. އެގޮތުން މިހާތަނަށް 5078 މީހުން ވެކްސިންގެ ދެވަނަ ޑޯޒު ފުރިހަމަ ކޮށްފައިވެއެވެ. އަދި ފުރަތަމަ ޑޯޒު 6024 މީހުން ފުރިހަމަކޮށްފައިވެއެވެ.

މިވަގުތު އެސިޓީގެ ކޮވިޑް-19ގެ ހާލަތަށް ބަލާއިރު، 44 އެކްޓިވް ކޭސް ހިމެނެއެވެ. ބުދަ ދުވަހުގެ ހަވީރު 5:00ން ބުރާސްފަތި ދުވަހު ހަވީރު 5:00ށް 88 ސާމްޕަލެއް ނަގާފައިވެއެވެ. މި ސާމްޕަލްތަކުގެ ތެރެއިން އެކަކު ވެސް ބައްޔަށް ޕޮޒިޓިވްވެފައިނުވެއެވެ. މިހާތަނަށް އެސިޓީން 888 މީހަކު ޕޮޒިޓިވްވެފައިވާއިރު، 844 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ފުވައްމުލައް ސިޓީކޮވިޑް-19

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
18 ނޮވެމްބަރު 2025

ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ

18 ނޮވެމްބަރު 2025
ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ
14 ނޮވެމްބަރު 2025

"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް

14 ނޮވެމްބަރު 2025
"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް
13 ނޮވެމްބަރު 2025

ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި

13 ނޮވެމްބަރު 2025
ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި
12 ނޮވެމްބަރު 2025

އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި

12 ނޮވެމްބަރު 2025
އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި
12 ނޮވެމްބަރު 2025

"ފުވައްމުލަކުގެ އަސާސީ ޚިދުމަތްތައް ހައްލުކޮށް ނުދޭހާ ހިނދަކު މުޒާހަރާ ކުރުން ހުއްޓައެއް ނުލާނަން"

12 ނޮވެމްބަރު 2025
"ފުވައްމުލަކުގެ އަސާސީ ޚިދުމަތްތައް ހައްލުކޮށް ނުދޭހާ ހިނދަކު މުޒާހަރާ ކުރުން ހުއްޓައެއް ނުލާނަން"
12 ނޮވެމްބަރު 2025

ފުވައްމުލަކުން ފެން ކެނޑުނު މައްސަލާގައި ރައީސް މުއިއްޒުގެ ބަހެއް ނެތުމަކީ އިހުލާސްތެރި ކަމެއް ނެތްކަން ހާމަވާ ކަމެއް: ކައުންސިލަރު އިބްރާހިމް

12 ނޮވެމްބަރު 2025
ފުވައްމުލަކުން ފެން ކެނޑުނު މައްސަލާގައި ރައީސް މުއިއްޒުގެ ބަހެއް ނެތުމަކީ އިހުލާސްތެރި ކަމެއް ނެތްކަން ހާމަވާ ކަމެއް: ކައުންސިލަރު އިބްރާހިމް
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވުން 4 ޖަހާއިރު

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވުން 4 ޖަހާއިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް