Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލުކާކޫ ޗެލްސީއަށް ބަދަލުވުން

ލުކާކޫ ޗެލްސީއަށް ބަދަލުވަނީ؟

މީގެ ކުރިން ހުށަހެޅި ދެ ބިޑުވެސް އިންޓައިން ބަލައިގެންފައެއް ނުވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 5 އޯގަސްޓު 2021 | ބުރާސްފަތި 11:46
އިންޓަ މިލާނަށް ކުޅެމުން އަންނަ ބެލްޖިއަމުގެ ފޯވާޑް ރޮމެލޫ ލުކާކޫ

އިންޓަ މިލާނަށް ކުޅެމުން އަންނަ ބެލްޖިއަމުގެ ފޯވާޑް ރޮމެލޫ ލުކާކޫ

ޗެލްސީއަށް ބަދަލުވާން ބޭނުންވާތީ ކުލަބު ދޫކޮށްލަން ބޭނުންވާކަން ބެލްޖިއަމުގެ ފޯވާޑް ރޮމެލޫ ލުކާކޫ އިންޓަ މިލާނަށް އަންގާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް އުމުރުން 28 އަހަރުގެ ލުކާކޫ އިންޓައާ ގުޅުނީ 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި 74 މިލިޔަން ޕައުންޑަށެވެ. އެ ފަހަރު ލުކާކޫ ވަނީ އިންޓަ އާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެހެންކަމުން ލުކާކޫ މި ވަގުތު އިންޓަ އާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ތެރޭގައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޗެލްސީން މީގެ ކުރިންވެސް ލުކާކޫއަށް ދެ ފަހަރެއްގެ މަތިން ބިޑް ކޮށްފައެވެ. އެކަމަކު އެ ދެ ބިޑުވެސް އިންޓައިން ބަލައިގެންފައެއް ނުވެއެވެ. އެގޮތުން އެންމެ ފަހުން އިންޓައިން ހުށަހެޅީ 85 މިލިޔަން ޕައުންޑުގެ ބިޑެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އިޓަލީގެ ރިޕޯޓުތައް ބުނާ ގޮތުން ޗެލްސީން މިހާރު އަންނަނީ ލުކާކޫ ގަންނަށް ތިންވަނަ ބިޑެއް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ. އެއާއެކު ޗެލްސީއަށް ބަދަލުވާން ބޭނުންވާތީ ކުލަބު ދޫކޮށްލަން ބޭނުންވާކަން ލުކާކޫ އިންޓައަށް އަންގާފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ލުކާކޫ ޗެލްސީއަށް ބަދަލުވާނެ ކަމަށް ބެލެވޭއިރު، މީގެ ކުރިން ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ކުރިއަށް އޮތް ސީޒަނުގައިވެސް ފެންނާނީ އިންޓައިން ކަމަށް ބުނެފައެވެ. އަދި އިންޓަގެ ފަރިތަކުރުންތަކުގައި ލުކާކޫ މިހާރު ބައިވެރިވަމުން އަންނައިރު، އިންޓަގެ ސީއީއޯ ބެޕޭ މަރޯޓާ ވިދާޅުވީ އެ ކުލަބުގެ އައު ކޯޗު ސިމޯން އިންޒާގީގެ ޕްލޭނުގެ ލުކާކޫ އަކީ މުހިންމު ކުޅުންތެރިއެއް ކަމަށާއި، އެހެންކަމުން ލުކާކޫ ވިއްކުމުގެ ވިސްނުމެއް އެ ކުލަބުން ނުގެންގުޅޭ ކަމަށެވެ.

ލުކާކޫ ހޯދަން ޗެލްސީން މަސައްކަތް ކުރަމުން އަންނައިރު، އޭނާ މީގެ ކުރިންވެސް ވަނީ އެ ކުލަބަށް ކުޅެފައެވެ. އެގޮތުން 2011 ވަނަ އަހަރު ލުކާކޫ ޗެލްސީއަށް ބަދަލުވިއިރު، އޭނާ އެ ޓީމަށް ކުޅެދީފައިވަނީ އެންމެ 15 މެޗެވެ. އަދި ޗެލްސީގެ އެއްބަސްވުމުގައި ހުރެ، ލުކާކޫ ވަނީ ދެ ސީޒަނެއްގައި ލޯން އެއްބަސްވުމެއްގެ ދަށުން ވެސްޓް ބްރޮމްވިޗް އަލްބިއަން އާއި އެވަޓަންއަށް ކުޅެފައެވެ.

މިދިޔަ ސީޒަނުގައި އިންޓައިން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، ލީގުގައި ލުކާކޫ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އަދި އިންޓަގައި ހޭދަކުރި ދެ ސީޒަނުގައި ލުކާކޫ މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ އެ ޓީމަށް މިހާތަނަށް ކުޅެދިން 95 މެޗުގައި 64 ލަނޑު ޖަހާފައެވެ.

ރޮމެލޫ ލުކާކޫޗެލްސީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
05 އޮކްޓޯބަރު 2025

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި
28 ސެޕްޓެމްބަރު 2025

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު