Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޟްވާނުގެ މައްސަލަ-ރައީސް ޔާމީން

ރައީސް ޔާމީނުގެ ގަޓު ހުންނާނެ!

ރައީސް ޔާމީނަށްވެސް ބޮޑެތި ތުހުމަތުތައް ކުރެވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 4 އޯގަސްޓު 2021 | ބުދަ 15:20
މަރާލާފައިވާ ނޫސްވެރިޔާ ރިޟްވާނުގެ މައްސަލާގައި ރައީސް ޔާމީނާ ވަނީ ސުވާލުކޮށްފައި

މަރާލާފައިވާ ނޫސްވެރިޔާ ރިޟްވާނުގެ މައްސަލާގައި ރައީސް ޔާމީނާ ވަނީ ސުވާލުކޮށްފައި

ރާއްޖޭގެ ރައީސްކަން ކުރެއްވި އެކި ބޭފުޅުން ފާހަގަވެފައި އޮންނަނީ އެކި ގޮތްގޮތުންނެވެ. އެއް ބޭފުޅަކު މަޑުމައިތިރި މިޒާޖުފުޅެއްގެ ވެރިއެއްގެ ގޮތުގައި ފާހަގަވަންޏާ ދެންހުންނެވި ބޭފުޅަކު ފާހަގަވެގެންދަނީ ބަސް ވިދާޅުވާ، ޑިމޮކްރަސީ ފައްކާކުރައްވަން ފައިވިއްދަވާފައިވާ ވެރިއެއްގެ ގޮތުގައެވެ. އަނެއް ބޭފުޅަކު ފާހަގަވަނީ ބަސްފުޅު މަދު އަމަލުފުޅު ގިނަ، ޙިކުމަތު އަމަލީ އިސްކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އަޑި ނޭނގޭ, ފުންމިން ނޭނގޭވަރުގެ ނުރައްކާތެރި، ހުދުމުޚުތާރު ވެރިންވެސް ރާއްޖޭގައި ވެރިކަން ކޮށްފައިވާކަމަށް ވެއެވެ. މި ހުރިހާ ބޭފުޅުންގެ ތެރެއިންވެސް ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަކީ ފާހަގަކުރެވޭ ބޭފުޅެކެވެ. ރައީސް މައުމޫނުގެ ކޮއްކޯފުޅެއް ކަމަކު ރައީސް ޔާމީނާއި، ރައީސް މައުމޫނު އުޑާއި ބިންހާ ތަފާތުކަމަށް ބުނެ އުޅެއެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި ހިސާބުން, އައި ނައި ދިމާއެއް ނޭނގި އެމަނިކުފާނުގެ ނަން ހަރުވެގެން ދިޔައީ "ގަޓު ރައީސް" ގެ ގޮތުގައެވެ. އަޅުގަނޑުވެސް ވިސްނާލުމުން ރައީސް ޔާމީނަކީ ގަޓު ރައީސެއްކަން ޤަބޫލު ކުރެވެއެވެ. ރާއްޖޭގެ ރަށްތަކާއި ހާތަކާއި ފަރުފަޅާއި ގިރިތައް އަތްމައްޗަށް ނަންގަވައި ރޯމާދުވާލު އެ ރަށްތައް "ފަރިއްކުޅުވަން" ކެރިވަޑައިގަންނަވާނީ ގައިމުވެސް ގަޓު ހުރީމަތާއެވެ. ރަށްތައް ފަރިއްކުޅުއްވުމަށްފަހު ލިބިވަޑައިގެންހާ ފައިސާއެއް އަމިއްލަފުޅު އެކައުންޓަށް ޖަމާކުރައްވާނީ ނިކަން ގަޓު ހުރީމައެވެ. ގަޓު ނެތް، ފިނޑި ރައީސެއްނަމަ، އެ ފައިސާ ބަހައްޓަވާނީ ކޮންމެވެސް ތަނެއްގައި ފޮރުއްވައި ފަސްއަޅުއްވާފައި ނޫންތޯއެވެ؟ އަމިއްލަފުޅު އެކައުންޓުގެ މަތިގަނޑު ނަގާއިރަށް ޑޮލަރުތައް ފެންނަން ހުންނާނެކަން ގައިމު ރައީސް ޔާމީނަށްވެސް އެނގިވަޑައިގަންނަވާނެތާއެވެ.

އެހެން ރައީސުންނަށް އަތްޕުޅަށް ލެއްވެނީ ދައުލަތުގެ އެންމެ ބާރެކެވެ. ނަމަވެސް ގަޓު ރައީސް ޔާމީން ފެނިގެން ދިޔައީ ދައުލަތުގެ ހުރިހާ ބާރެއް އަތްޕުޅަށް ނަންގަވައި، ރާޒުވާ ކުޅިބައެއްހެން ކުޅުއްވި މަންޒަރެވެ. އޭރު ޖުޑީޝަރީއަކީވެސް ރައީސް ޔާމީނެވެ. ދައުލަތަކީވެސް ރައީސް ޔާމީނެވެ. ޤާނޫނުހަދާ ބާރަކީވެސް ރައީސް ޔާމީނެވެ. އެމަނިކުފާނު ހިތްޕުޅާނުވާ މީހަކަށް މިއިން ތަނެއްގައި ފައި ހަރުކޮށްލުމަކީ ހުވަފެނެއްގައިވެސް ނުވާނެ ކަމެކެވެ. ގައިމު ގަޓު ވީމަތާއެވެ.

ރައީސް ޔާމީނުގެ ގަޓުކަމާއިމެދު ސުވާލެއް ނެތެވެ. ރިޔާސީ ބަޔާން އިއްވަވަނިކޮށް އިދިކޮޅު ފަރާތްތަކުން އަޑުގަދަކޮށް އިޙުތިޖާޖު ކުރާއިރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އިދިކޮޅު ފަރާތްތަކުގެ އަޑު އައްސަވަން ވަޑައިގަތީ ފަހަރުގައި ގަޓު ނެތީމައިކަމަށް ވެދާނެއެވެ. ގަޓު ރައީސް ޔާމީން އެކަމުގައިވެސް ފެނިގެން ދިޔައީ އަތުގެ އިނގިލިފުޅުން "ތަމްބްސް ޑައުން" ދެއްވައި އެމަނިކުފާނުގެ ގަޓުކަމުގެ ސިލްސިލާއަށް އިތުރު ބޮޅެއް އިތުރުކުރެއްވި މަންޒަރެވެ. ރައީސް ޔާމީނުގެ ގަޓުކަމާމެދު އަޅުގަނޑު ސުވާލު އުފައްދާކަށް ނެތީމެވެ. ނަމަވެސް ރަށު ތެރޭގައި ދައްކާއުޅޭ ބައެއް ވާހަކަތައް އަޑުނާހަން ހުއްޓަސް ހަމަ އިވެނީއެވެ.

މަރާލާފައިވާ ނޫސްވެރިޔާ އަޙުމަދު ރިޟްވާނުގެ މައްސަލައާ ގުޅިގެން ރައީސް ޔާމީނާ ސުވާލު ކުރުމަށް މަރު ކޮމިޝަނަށް ހާޒިރުކުރި ޚަބަރާއެކު ހަނދާނަށް އައީ, އެ މައްސަލާގައި ރައީސް ޔާމީން މީގެ ކުރިން ދައްކަވާފައިވާ ބައެއް ވާހަކަފުޅުތަކެވެ. ވެރިކަމުގެ އާރާއި ބާރުގައި ހުންނެވި ދުވަހު އެ މައްސަލައާއި ގުޅިގެން ސުވާލު އަމާޒުވުމުން މޫނުފުޅަށް ރުލެއްވެސް އަރުއްވާ ނުލައްވައި އެ ދުވަހު ވިދާޅުވީ، "ދެން ނޫސްވެރިއަކު ގެއްލުނީމަ ނޫސްވެރިޔާ ހޯދުމުގެ ކަންކަން ކުރާނެތާއެވެ." އެ ދުވަހު ގަޓު ރައީސްއަށް މިއިން އެއްވެސް ސުވާލަކީ ޖަވާބު ދެއްވަން ދަތިފުޅު، ޖަވާބު ނުދެއްވޭ ވަރުގެ ސުވާލަކަށްވެސް ނުވެއެވެ. ގަޓު ރައީސްވީމަ ވާނީވެސް އެހެންތާއެވެ.

ނަމަވެސް މަރުކޮމިޝަނުގެ މެމްބަރު މިޞްބާޙު ޢައްބާސް ދެއްކެވި ވާހަކައަކުން ހައިރާންވެ އަންތަރީސްވެފައި އެތައް އިރަކު ދަތްދޮޅީގައި އަތްވިއްދާލައިގެން ވިސްނަން އިނދެވުނެވެ. އެ ހުންނެވި ގަޓު ރައީސް، ކޮމިޝަނަށް ހާޒިރުކޮށް، އެމަނިކުފާނުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވާން އެތައް ފަހަރަކު ފުރުސަތު އެރުވުމުންވެސް ހަނު ހުންނެވީކަމަށް މިޞްބާޙު ވިދާޅުވިއެވެ. ވެރިކަމުގައި ނިކަން ގަޓުކަމާއެކު މި ސުވާލުތަކަށް ޖަވާބުދެއްވިއިރު، މިއަދުވެސް ހަމަ އެ ގަޓުކަން މަތީގައި އެ ވާހަކަތައް ތަކުރާރު ނުކުރެއްވީ ކީއްވެތޯ ސުވާލު އުފެދިގެން ދިޔައެވެ. ކޮމިޝަނުން އެތައް އިރެއް ވަންދެން ސުވާލު ކުރުމުންވެސް ހަމަ ބަސްފުޅެއްވެސް ވިދާޅުނުވެ ހުންނެވީމާ ރައީސް ޔާމީނުގެ ގަޓުކަމުގެ ނިމުން ފެށެނީ ވެރިކަމުގެ ނިމުމާއެކުބާއޭވެސް ހިތައް އެރިއެވެ.

އެހެނެއް ނުވާނެއެވެ. އެކަން ޤަބޫލުކުރަން އަޅުގަނޑުގެ ޒަމީރު ދެކޮޅު ހަދައެވެ. ރައީސް ޔާމީނަކީ ޖެހިލުންކުޑަ "ގަޓު" ބޭފުޅެކެވެ. މަރު ކޮމިޝަނުން ކޮށްލާ އެންމެ ސުވާލަކުން ރައީސް ޔާމީނުގެ ގަޓުކަން "ޚަތިމް"ވެގެނެއް ނުދާނެއެވެ. ފަހަރެއްގައިވެސް ސުވާލަށް ޖަވާބުދެއްވަން ކެރިވަޑައިނުގަތީއެއް ނޫނެވެ. ވެރިކަމުގެ ލައްޒަތާއި ހައިބަތު ގެއްލުމުން ޒާތެއްގެ ޖެހިލުންވެވަޑައިގަތުމެއް އައީކީވެސް ނޫނެވެ. ރިޟްވާނުގެ މައްސަލައިގައި ސުވާލު އަމާޒުވުމުން އެމަނިކުފާނުގެ އަނގަފުޅު ބަންދުވެ "ހިތްޕުޅު އަވަސްވެ، ހިތްޕުޅު ސިހުނީ"އެއްވެސް ނޫނެވެ. ރައީސް ޔާމީނުގެ ގަޓު ހުންނާނެއެވެ. ކޮމިޝަނުގެ ސުވާލުތަކަށް ޖަވާބުވެސް ދެއްވާނެއެވެ. ފަހަރުގައި ކޮމިޝަނުގެ ސުވާލު ފަހުމުނުވީކަމަށް ވެދާނެއެވެ. ހިތްބުނަނީ ހަމަ އެހެންނެވެ.

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންރައީސް ޔާމީން

ކޮމެންޓް

އިތުރަށް ކިޔާލަން

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

25 އޮކްޓޯބަރު 2024
ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

24 އޮކްޓޯބަރު 2024
އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން

އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން

04 އޮކްޓޯބަރު 2024
ބްރިޖް ހުޅުވުން ކެންސަލް ކުރާށޭ ޔަމީން ވިދާޅުވީމާ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު

ބްރިޖް ހުޅުވުން ކެންސަލް ކުރާށޭ ޔަމީން ވިދާޅުވީމާ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު

30 އޯގަސްޓު 2024

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު