Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަރު ކޮމިޝަންގެ ތަހުގީގުތައް

ބައެއް މައުލޫމާތު އުނިކުރުމަށްފަހު ރިޕޯޓްތައް އާންމުކުރާނެކަމަށް މަރު ކޮމިޝަނުން ބުނެފި

14 މެއި 2024 | އަންގާރަ 12:12

މަރު ކޮމިޝަންގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 މެއި 2024 | އަންގާރަ 12:12
ރިލްވާން ގެއްލުވާލި މައްސަލައިގައި ބޭއްވި އެއްވުމެއްގެ ތެރެއިން

ރިލްވާން ގެއްލުވާލި މައްސަލައިގައި ބޭއްވި އެއްވުމެއްގެ ތެރެއިން

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ކުރިއަށް ގެންދިޔަ ތަހުގީގުތަކުގެ ހޯދުންތަކާ ގުޅޭގޮތުން އޭގައި ހުރި ބައެއް މައުލޫމާތުތައް އުނިކުރުމަށްފަހު ހާމަކުރާނެކަމަށް މަރު ކޮމިޝަނުން ބުނެފިއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން އުފެއްދި މަރު ކޮމިޝަން (ޑީޑީކޮމް) ގެ ހޯދުންތައް އެއްވެސް ބަޔަކާއި ހިއްސާ ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އެ ކޮމިޝަނަށް އަންގާފައެވެ. އެހެންކަމުން 12 ޖަމިއްޔާއަކުން ގުޅިގެން ނެރުނު ނޫސް ބަޔާނާއި ގުޅިގެން މަރު ކޮމިޝަނުން ވަނީ ގާނޫނީ ގޮތުން އުނިކުރަން ޖެހޭ ބައެއް މައުލޫމާތުތައް އުނިކުރުމަށް ފަހު އެކުލަވާލާ ރިޕޯޓުތައް ހާމަކުރުމަށް ރައީސް އޮފީހުގައި އެދޭނެ ކަމަށް ބުނެފައެވެ.

Advertisement - newsAdvertisement

އެގޮތުން މަރު ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކޮމިޝަނުން ނިންމާފައިވާ ރަސްމީ ރިޕޯޓްތައް ހޯދުމަށް އަހުމަދު ރިލްވާން އަބްދުﷲ އާއި ޔާމީން ރަޝީދުގެ އާއިލާއިން ބޭނުންވާކަން ކޮމިޝަނަށް އެނގޭކަމަށެވެ. ނަމަވެސް މި ރިޕޯޓްތަކުގައި ހިމެނޭ ގިނަ މައުލޫމާތުތަކަކީ ހައްސާސީ އަދި ސިއްރު މައުލޫމާތުތަކެއް ކަމަށާއި، އެހެން ނަމަވެސް ކޮމިޝަނުން ގަސްތުކުރަނީ 31 މެއި 2024 ގެ ކުރިން އުނިކުރަން ޖެހޭ ބައިތައް އުނިކުރެވިފައިވާ ރިޕޯޓްތައް ނިންމުމަށް ކަމުގައި މަރު ކޮމިޝަނުން ބުނެއެވެ. މަރު ކޮމިޝަންގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެއެވެ.

ރިޔާސީ ކޮމިޝަނުގެ ގާނޫނުގެ 9 ވަނަ މާއްދާގައި ބުނެފައިވަނީ ހުރިހާ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަންޖެހޭނެ ކަމަށާއި، މިކަމަށް އަމަލުކުރުން ކޮމިޝަނަށް ގާނޫނީ ގޮތުން ލާޒިމު ކަމަށެވެ. ނަމަވެސް އުނިކުރަންޖެހޭ ބައިތައް އުނިކޮށްފައިވާ ރިޕޯޓްތައް ނިންމާނީ އާއިލާތަކަށް މައްސަލަތަކާ ބެހޭ މުހިންމު މައުލޫމާތު ލިބޭނެ ގޮތަށް ކަމަށާއި މައުލޫމާތު އުނިކޮށްފައިވާ ރިޕޯޓްތައް އާންމު ކުރުމަށް ކޮމިޝަނުން ރައީސަށް ލަފާދެއްވާނެ ކަމަށް ވެސް މަރު ކޮމިޝަނުން ބުނެއެވެ.

އަދި ދާއިމީ ހުރިހާ ރެކޯޑްތަކެއް ރައީސް އޮފީހާ ހަވާލުކުރުމަށް ކޮމިޝަނުން ތައްޔާރުވެފައިވާއިރު، ރިޕޯޓުތަކުގެ ސިއްރުކަން ކަށަވަރުކުރެވި، ކުރިއަށް އޮތްތަނުގައި ބޭނުންކުރެވޭނެ ގޮތަށް ހުރިހާ މެޓީރިއަލްތަކާއެކު ރައީސް އޮފީހުގެ ގައިޑްލައިންތަކާއި އުސޫލުތަކުގެ ތެރެއިން އެކަން ކުރެވިގެންދާނެ ކަމަށް ވެސް މަރު ކޮމިޝަނުން ނެރުނު މި ބަޔާނުގައި ބުނެފައިވެއެވެ.

މަރު ކޮމިޝަނުން ބުނީ، އެ ކޮމިޝަނުން ގަބޫލުކުރާ ގޮތުގައި އެ ކޮމިޝަން ގާއިމްކޮށްފައިވަނީ މުއައްސަސާތަކުގެ ނުކުޅެދުމުގެ ސަބަބުން ބައެއް މަރުތަކާއި މީހުން ގެއްލުވާލުމުގެ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ތަހުގީގު ނުކުރެވި، އިންސާފު ނުލިބޭ ކަމަށް ކުރީގެ ރައީސް ސާލިހު ދެކެވަޑައިގަންނަވާތީ ކަމަށެވެ.

އެެގޮތުގެ މަތިން މަރު ކޮމިޝަނުން މަސައްކަތް ކޮށްފައިވާނީ ވެސް ހާމަކަން ބޮޑު ދެފުށްފެންނަ ގޮތެއްގައި ތަހުގީގުތައް ކުރިއަށް ގެންދިއުމަށާއި އަދި މިނިވަން، ވަކި ފަރާތަކަށް ނުޖެހޭ އިތުބާރު ހުރި ތަހުގީގުތައް ހިންގާ، ކޮމިޝަންގެ މެންޑޭޓް ފުރިހަމަ ކުރުމަށް ކޮމިޝަނާއި ބައިނަލްއަގްވާމީ އިދާރާތައް ހިމެނޭ ގޮތަށް ގުޅިގެން މަސައްކަތްކޮށްގެން ކަމަަށް ވެސް މަރު ކޮމިޝަނުން ނެރެފައިވާ މި ބަޔާނުގައި ބުނެފައިވެއެވެ.

ގެއްލުވާލައިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މަރުތައް ތަހުގީގު ކުރާ ކޮމިޝަންމަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންޔާމީން ރަޝީދު މަރާލުން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

22 މެއި 2024

މަރު ކޮމިޝަންގެ ހޯދުންތައް އާންމުކުރާނެކަމަށް ރައީސް އޮފީހުން ބުނެފި

22 މެއި 2024
މަރު ކޮމިޝަންގެ ހޯދުންތައް އާންމުކުރާނެކަމަށް ރައީސް އޮފީހުން ބުނެފި
14 މެއި 2024

މަރު ކޮމިޝަންގެ ހޯދުންތައް އާންމުނުކުރުމަށް ރައީސް އޮފީހުން އެ ކޮމިޝަނަށް އަންގައިފި

14 މެއި 2024
މަރު ކޮމިޝަންގެ ހޯދުންތައް އާންމުނުކުރުމަށް ރައީސް އޮފީހުން އެ ކޮމިޝަނަށް އަންގައިފި
28 ނޮވެމްބަރު 2023

ނޫސްވެރިންނާ ދެކޮޅަށް ހިންގާފައިވާ ކުށްތަކުގެ ތަހުގީގީ ރިޕޯޓުތައް އާންމުކުރުމަށް ގޮވާލައިފި

28 ނޮވެމްބަރު 2023
ނޫސްވެރިންނާ ދެކޮޅަށް ހިންގާފައިވާ ކުށްތަކުގެ ތަހުގީގީ ރިޕޯޓުތައް އާންމުކުރުމަށް ގޮވާލައިފި
22 ނޮވެމްބަރު 2023

އިސޫ އާއި މުއާޒްގެ މައްސަލަ ވެސް ކޯޓުން ބޭރުކޮށްލައިފި

22 ނޮވެމްބަރު 2023
އިސޫ އާއި މުއާޒްގެ މައްސަލަ ވެސް ކޯޓުން ބޭރުކޮށްލައިފި
22 ޖޫން 2023

ޔާމީނާއި ރިލުވާންގެ މައްސަލަ: އަހަނދު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި

22 ޖޫން 2023
ޔާމީނާއި ރިލުވާންގެ މައްސަލަ: އަހަނދު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި
06 ފެބުރުއަރީ 2023

އެމްއެމްޕީއާރުސީ ހިޔާނާތުގެ 8 މައްސަލައެއްގައި ޖިނާއީ ދައުވާ ކުރުމަށް ޑިއުޓީ ޕްރޮސެކިއުޝަންގެ މަސައްކަތްތައް ކުރިއަށް އެބަދޭ - ރައީސް

06 ފެބުރުއަރީ 2023
އެމްއެމްޕީއާރުސީ ހިޔާނާތުގެ 8 މައްސަލައެއްގައި ޖިނާއީ ދައުވާ ކުރުމަށް ޑިއުޓީ ޕްރޮސެކިއުޝަންގެ މަސައްކަތްތައް ކުރިއަށް އެބަދޭ - ރައީސް
16 ޑިސެމްބަރު 2022

ރިޟްވާންގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހުން ދޫކޮށްލުމުގައި ބައިވެރިވި ފަނޑިޔާރުންނާއި ސިޔާސީ މީހުންގެ ނަން ކޮމިޝަންގެ ރިޕޯޓުގައި ހިމެނޭ

16 ޑިސެމްބަރު 2022
ރިޟްވާންގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހުން ދޫކޮށްލުމުގައި ބައިވެރިވި ފަނޑިޔާރުންނާއި ސިޔާސީ މީހުންގެ ނަން ކޮމިޝަންގެ ރިޕޯޓުގައި ހިމެނޭ
16 ޑިސެމްބަރު 2022

ރިޟްވާންގެ މަރު ފުލުހުންނަށް ހުއްޓުވެން އޮތް - ރިޕޯޓް

16 ޑިސެމްބަރު 2022
ރިޟްވާންގެ މަރު ފުލުހުންނަށް ހުއްޓުވެން އޮތް - ރިޕޯޓް
16 ޑިސެމްބަރު 2022

"ރިޕޯޓުގައި ހިމެނޭ ކަންކަމާއި ގުޅިގެން ފިޔަވަޅުތައް އަޅާނެ"

16 ޑިސެމްބަރު 2022
"ރިޕޯޓުގައި ހިމެނޭ ކަންކަމާއި ގުޅިގެން ފިޔަވަޅުތައް އަޅާނެ"
16 ޑިސެމްބަރު 2022

ރިޟްވާނުގެ މަރުގެ މައްސަލަ: ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ރައީސް ޔާމީނާއެކު ރަސްމީ ހަރަކާތްތަކުގައި

16 ޑިސެމްބަރު 2022
ރިޟްވާނުގެ މަރުގެ މައްސަލަ: ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ރައީސް ޔާމީނާއެކު ރަސްމީ ހަރަކާތްތަކުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް