Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަރު ކޮމިޝަންގެ ރިޕޯޓް

މަރު ކޮމިޝަންގެ ހޯދުންތައް އާންމުކުރާނެކަމަށް ރައީސް އޮފީހުން ބުނެފި

ހާމަކުރާނީ އެއްކޮށްތޯ ނޫނީ ބައެއްތޯ ނިންމާނީ ރިޕޯޓް ލިބުމުންކަމަށް ސަރުކާރުން ބުނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 22 މެއި 2024 | ބުދަ 06:42
ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލައިގައި ބޭއްވި އެއްވުމެއް

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލައިގައި ބޭއްވި އެއްވުމެއް

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން އުފެއްދި މަރު ކޮމިޝަން (ޑީޑީކޮމް) ގެ ހޯދުންތަކުގެ ރިޕޯޓްތައް ރައީސް އޮފީހަށް ލިބުމުން އެ މައުލޫމާތު ހާމަކުރާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

މަރު ކޮމިޝަން އުވާލަން ނިންމާފައިވަނީ 31 މެއި 2024 ގެ ނިޔަލަށެވެ. މިގޮތަށް ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުވެ. މަރު ކޮމިޝަންގެ މަސައްކަތް ނިންމާ ރިޕޯޓްތައް ރައީސުލްޖުމްހޫރިއްޔާއަށް ހިއްސާކުރާނެއެވެ. ރިޔާސީ ކޮމިޝަނުގެ ގާނޫނުގެ 9 ވަނަ މާއްދާގައި ބުނެފައިވަނީ ހުރިހާ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަންޖެހޭނެ ކަމަށާއި، މިކަމަށް އަމަލުކުރުން ކޮމިޝަނަށް ގާނޫނީ ގޮތުން ލާޒިމު ކަމަށެވެ. 

މަރު ކޮމިޝަންގެ ރިޕޯޓުތަކުގައި ހުރި ކަންކަން ހާމަކުރުމާއި ގުޅޭގޮތުން ރާއްޖެއެމްވީން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މަރު ކޮމިޝަންގެ ރިޕޯޓް ލިބުމާއެކީގައި އެ ރިޕޯޓުތަކުގައި ހުރި ކަންކަން ހާމަކުރައްވާނެ ކަމަށެވެ. އަދި ރިޕޯޓުގައި ހުރި ކަންކަމުގެ ތެރެއިން ހާމަކުރާނީ ހުރިހާ މައުލޫމާތެއްތޯ ނުވަތަ ބައެއް މައުލޫމާތުތޯ ނިންމާނީ ރިޕޯޓް ލިބުމުން ކަމަށެވެ.

ސަރުކާރުން މިހެން ބުނެފައިވާއިރު، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ކުރިއަށް ގެންދިޔަ ތަހުގީގުތަކުގެ ހޯދުންތަކާ ގުޅޭގޮތުން އޭގައި ހުރި ބައެއް މައުލޫމާތުތައް އުނިކުރުމަށްފަހު ހާމަކުރާނެކަމަށް މަރު ކޮމިޝަނުން ވަނީ ބުނެފައެވެ.

އެ ކޮމިޝަނުން މިހެން މިހެން ބުނެފައިވަނީ މަރު ކޮމިޝަންގެ ހޯދުންތައް އެއްވެސް ބަޔަކާއި ހިއްސާ ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އެ ކޮމިޝަނަށް އަންގާފައިވާތީއެވެ. ރައީސް އޮފީހުން މިފަދައިން އެންގުމުން، އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް ރާއްޖޭގެ 6 ޖަމިއްޔާއަކާއި ބައިނަލްއަގްވާމީ 6 ޖަމިއްޔާއަކުން ގުޅިގެން ނެރުނު ނޫސް ބަޔާނަކާ ގުޅިގެން މަރު ކޮމިޝަނުން ވަނީ ގާނޫނީ ގޮތުން އުނިކުރަން ޖެހޭ ބައެއް މައުލޫމާތުތައް އުނިކުރުމަށް ފަހު އެކުލަވާލާ ރިޕޯޓުތައް ހާމަކުރުމަށް ރައީސް އޮފީހުގައި އެދޭނެ ކަމަށް ބުނެފައެވެ.

އެގޮތުން މަރު ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކޮމިޝަނުން ނިންމާފައިވާ ރަސްމީ ރިޕޯޓްތައް ހޯދުމަށް އަހުމަދު ރިލްވާން އަބްދުﷲ އާއި ޔާމީން ރަޝީދުގެ އާއިލާއިން ބޭނުންވާކަން ކޮމިޝަނަށް އެނގޭކަމަށެވެ. ނަމަވެސް މި ރިޕޯޓްތަކުގައި ހިމެނޭ ގިނަ މައުލޫމާތުތަކަކީ ހައްސާސީ އަދި ސިއްރު މައުލޫމާތުތަކެއް ކަމަށާއި، އެހެން ނަމަވެސް ކޮމިޝަނުން ގަސްތުކުރަނީ 31 މެއި 2024 ގެ ކުރިން އުނިކުރަން ޖެހޭ ބައިތައް އުނިކުރެވިފައިވާ ރިޕޯޓްތައް ނިންމުމަށް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އަދި ދާއިމީ ހުރިހާ ރެކޯޑްތަކެއް ރައީސް އޮފީހާ ހަވާލުކުރުމަށް ކޮމިޝަނުން ތައްޔާރުވެފައިވާއިރު، ރިޕޯޓުތަކުގެ ސިއްރުކަން ކަށަވަރުކުރެވި، ކުރިއަށް އޮތްތަނުގައި ބޭނުންކުރެވޭނެ ގޮތަށް ހުރިހާ މެޓީރިއަލްތަކާއެކު ރައީސް އޮފީހުގެ ގައިޑްލައިންތަކާއި އުސޫލުތަކުގެ ތެރެއިން އެކަން ކުރެވިގެންދާނެ ކަމަށް ވެސް މަރު ކޮމިޝަނުން ނެރުނު މި ބަޔާނުގައި ބުނެފައިވެއެވެ.

މަރު ކޮމިޝަނުން ބުނެފައިވަނީ އެ ކޮމިޝަނުން ގަބޫލުކުރާ ގޮތުގައި އެ ކޮމިޝަން ގާއިމްކޮށްފައިވަނީ މުއައްސަސާތަކުގެ ނުކުޅެދުމުގެ ސަބަބުން ބައެއް މަރުތަކާއި މީހުން ގެއްލުވާލުމުގެ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ތަހުގީގު ނުކުރެވި، އިންސާފު ނުލިބޭ ކަމަށް ކުރީގެ ރައީސް ސާލިހު ދެކެވަޑައިގަންނަވާތީ ކަމަށެވެ.

އެެގޮތުގެ މަތިން މަރު ކޮމިޝަނުން މަސައްކަތް ކޮށްފައިވާނީ ވެސް ހާމަކަން ބޮޑު ދެފުށްފެންނަ ގޮތެއްގައި ތަހުގީގުތައް ކުރިއަށް ގެންދިއުމަށާއި އަދި މިނިވަން، ވަކި ފަރާތަކަށް ނުޖެހޭ އިތުބާރު ހުރި ތަހުގީގުތައް ހިންގާ، ކޮމިޝަންގެ މެންޑޭޓް ފުރިހަމަ ކުރުމަށް ކޮމިޝަނާއި ބައިނަލްއަގްވާމީ އިދާރާތައް ހިމެނޭ ގޮތަށް ގުޅިގެން މަސައްކަތްކޮށްގެން ކަމަަށް ވެސް މަރު ކޮމިޝަނުން ނެރެފައިވާ މި ބަޔާނުގައި ބުނެފައިވެއެވެ.

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންމަރު ކޮމިޝަންގެއްލުވާލައިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މަރުތައް ތަހުގީގު ކުރާ ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ބައެއް މައުލޫމާތު އުނިކުރުމަށްފަހު ރިޕޯޓްތައް އާންމުކުރާނެކަމަށް މަރު ކޮމިޝަނުން ބުނެފި

ބައެއް މައުލޫމާތު އުނިކުރުމަށްފަހު ރިޕޯޓްތައް އާންމުކުރާނެކަމަށް މަރު ކޮމިޝަނުން ބުނެފި

14 މެއި 2024
މަރު ކޮމިޝަންގެ ހޯދުންތައް އާންމުނުކުރުމަށް ރައީސް އޮފީހުން އެ ކޮމިޝަނަށް އަންގައިފި

މަރު ކޮމިޝަންގެ ހޯދުންތައް އާންމުނުކުރުމަށް ރައީސް އޮފީހުން އެ ކޮމިޝަނަށް އަންގައިފި

14 މެއި 2024
ނޫސްވެރިންނާ ދެކޮޅަށް ހިންގާފައިވާ ކުށްތަކުގެ ތަހުގީގީ ރިޕޯޓުތައް އާންމުކުރުމަށް ގޮވާލައިފި

ނޫސްވެރިންނާ ދެކޮޅަށް ހިންގާފައިވާ ކުށްތަކުގެ ތަހުގީގީ ރިޕޯޓުތައް އާންމުކުރުމަށް ގޮވާލައިފި

28 ނޮވެމްބަރު 2023
އިސޫ އާއި މުއާޒްގެ މައްސަލަ ވެސް ކޯޓުން ބޭރުކޮށްލައިފި

އިސޫ އާއި މުއާޒްގެ މައްސަލަ ވެސް ކޯޓުން ބޭރުކޮށްލައިފި

22 ނޮވެމްބަރު 2023
ޔާމީނާއި ރިލުވާންގެ މައްސަލަ: އަހަނދު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި

ޔާމީނާއި ރިލުވާންގެ މައްސަލަ: އަހަނދު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި

22 ޖޫން 2023

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު