Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19ގެ އަސްލު

ކޮވިޑް އުފެދުނީ ޗައިނާގެ ލެބަކުންކަން ރިޕަބްލިކަންސްގެ ރިޕޯޓުން އެނގޭ!

3 އޯގަސްޓު 2021 | އަންގާރަ 17:53

ރިޕަބްލިކަންގެ ރިޕޯޓުގައި ކޮވިޑް އުފެދުނު ގޮތުގެ ގިނަ ހެކިތަކެއް ހުރި

އަތޫފް އާތިފް
އަތޫފް އާތިފް | 3 އޯގަސްޓު 2021 | އަންގާރަ 17:53
ވޫހާންގައި އާންމުން ކޮވިޑަށް ޓެސްޓު ކުރަނީ

ވޫހާންގައި އާންމުން ކޮވިޑަށް ޓެސްޓު ކުރަނީ

ކޮވިޑް އުފެދުނު ގޮތާއިމެދު އެމެރިކާގެ ރިޕަބްލިކަންސްއިން އެކުލަވާލި ރިޕޯޓުން ކޮވިޑް އުފެދިފައިވަނީ ޗައިނާގެ ވޫހާން ސިޓީގެ ލެބުންކަން އެނގިއްޖެއެވެ.

ކޮވިޑް އުފެދުނު ގޮތާމެދު ރިޕަބްލިކަންސްއިން ހޯމަ ދުވަހު ހަދާފައިވާ ރިޕޯޓް އާންމުކޮށްފައިވާއިރު، މި ރިޕޯޓާމެދު މިހާތަނަށް އެމެރިކާގެ އިންޓެލިޖެންސްއިން ބަހެއް ބުނެފައެއް ނުވެއެވެ.

ރިޕަބްލިކަންސްއިން އެކުލަވާލި ރިޕޯޓުގައި, ކޮވިޑް އުފެދުނު ގޮތުގެ ތަފްސީލު ދީފައިވާއިރު، އެއަށް ބާރުދޭ ގިނަ ހެކިތަކެއް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ވޫހާންގެ ލެބޯޓްރީގެ ޗީފް، އެ ލެބޯޓްރީގައި މަސައްކަތް ކުރާ ސައިންސްވެރިންނަށް ފޮނުވާފައިވާ މެއިލްތަކެއް ވެސް ވަނީ ހިމަނާފައެވެ. މިއީ މީގެ ކުރިން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ލީކުކޮށްލާފައިވާ މެއިލްތަކެއްވެސްމެއެވެ.

ކޮރޯނާވައިރަސް ދުނިޔެއަށް ފެތުރުނީ ވޫހާންގެ ލެބަކުން ލީކުވެގެން ކަމަށް ދެކެވޭ ވާހަކަ ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. ނަމަވެސް އެއީ އެއްވެސް ހަގީގަތެއް ނެތް ކޮންސްޕިރެސީ ތިއަރީއެއް ކަމަށް ޗައިނާ ސަރުކާރުން ދަނީ ބުނަމުންނެވެ.

އެއާއެކު ޗައިނާގެ ވޫހާން ސިޓީއިން 2019ވަނަ އަހަރުގެ ފަހުކޮޅުގައި ފެނުނު ކޮރޯނާވައިރަސްގެ ހަގީގަތް ރަނގަޅަށް ދެނެގަންނަން ފުރިހަމަ ތަހުގީގެއް ކުރަން ޑަބްލިއުއެޗްއޯއަށް ދަނީ ޕްރެޝަރު ބޮޑުވަމުންނެވެ.

މީގެ ކުރިން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އެގައުމުގެ ކަމާބެހޭ އިދާރާތަކަށް ކޮވިޑްގެ އަސްލު ދެނެގަތުމަށް ފުރިހަމަ ތަހުގީގެއް ހިންގުމަށް އަމުރުވެސް ކުރައްވާފައެވެ.

ޑަބްލިއުއެޗްއޯއިން ކޮވިޑް އުފެދުނު ގޮތުގެ ދިރާސާގެ ފުރަތަމަ މަރުހަލާ ނިންމާލާފައިވާއިރު، އެފަހަރު ޑަބްލިއުއެޗްއޯއިން ބުނީ ކޮވިޑް ފެތުރުނީ ލެބަކުން ލީކުވެގެން ކަމަށް ބެލުމުގެ ފުރުސަތު ކުޑަކަމަށެވެ. އެހެންނަމަވެސް ޖުލައި މަހުގެ ކުރީކޮޅު ޑަބްލިއުއެޗްއޯއިން ބުނީ އެ ތަހުގީގުގެ ދެވަނަ މަރުހަލާ ފަށަން ޖެހޭ ކަމަށެވެ. އެ މަރުހަލާގައި ޗައިނާގެ ލެބުތައް އޮޑިޓް ކުރާނެއެވެ. އެމެރިކާއިން އަންނަނީ ވޫހާންގައި ހުންނަ ބަޔޯޓެކް ލެބެއް ރަނގަޅަށް ބެލުމަށް ބާރުއަޅަމުންނެވެ.

ކޮވިޑް-19ޗައިނާއެމެރިކާޑަބްލިޔުއެޗްއޯ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް