Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދެ މުބާރާތެއްގައި ދީމާ ވާދަކުރުން

ބައިނަލްއަގުވާމީ ދެ މުބާރާތެއްގައި ދީމާ ވާދަކުރަނީ

ޕޯޗުގަލް މުބާރާތް އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 3 އޯގަސްޓު 2021 | އަންގާރަ 10:41
2018 ވަނަ އަހަރު ބޭއްވި ދުނިޔޭގެ ޓީމު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ ތެރެއިން ރާއްޖޭގެ ފާތިމަތު ދީމާ އަލީ

2018 ވަނަ އަހަރު ބޭއްވި ދުނިޔޭގެ ޓީމު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ ތެރެއިން ރާއްޖޭގެ ފާތިމަތު ދީމާ އަލީ

އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަގުވާމީ ދެ މުބާރާތެއްގައި ރާއްޖޭގެ ޒުވާން ތަރި ފާތިމަތު ދީމާ އަލީ ބައިވެރިކުރަން ނިންމައިފިއެވެ.

"ރާއްޖެ.އެމްވީ" އަށް މައުލޫމާތުދެއްވަމުން ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) ގެ ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވީ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ސީރީސްގެ ދަށުން މި އަހަރު ޕޯޗުގަލާއި އޮމާނުގައި ބޭއްވުމަށް ނިންމާފައިވާ ދެ މުބާރާތެއްގައި ދީމާ ވާދަކުރާނެ ކަމަށެވެ.

އެގޮތުން އަންނަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށް ޕޯޗުގަލުގެ ވެރިރަށް ލިޒްބަނުގައި ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ސްޓާ ކޮންޓެންޑާ މުބާރާތުގައި ދީމާ ވާދަކުރާއިރު، އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުން 16 ވަނަ ދުވަހުގެ ނިޔަލަށް އޮމާނުގެ ވެރިރަށް މަސްކެޓުގައި ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގައިވެސް ދީމާ ވާދަކުރާނެއެވެ. މި ދެ މުބާރާތުގައި ދީމާ ވާދަކުރާނީ 15 އަހަރުން ދަށުގެ ކެޓެގެރީގައެވެ.

މި އަހަރު ބާއްވާ ބައިނަލްއަގުވާމީ ދެ މުބާރާތެއްގައި ދީމާ ވާދަކުރާއިރު، މި އަހަރުގެ އޭޕްރީލް މަހު އައިޓީޓީއެފްއިން ހާމަކުރި ދުނިޔޭގެ ޓޭބަލް ޓެނިސް ރޭންކިންގެ ޖޫނިއާ ބައިގެ 15 އަހަރުން ދަށުގެ އަންހެން ކުޅުންތެރިންގެ ތެރެއިން އަށްވަނައިގައި ދިމާ ހިމެނުނެވެ. މިއީ ރާއްޖޭގެ ކުޅުންތެރިއަކަށް ދުނިޔޭގެ ރޭންކިންގެ ގަދަ 10 ގެ ތެރެއިން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. އެކަމަކު މިހާރު ދީމާ އޮތީ ރޭންކިންގެ 11 ވަނައިގައެވެ.

ޓީޓީގައި ދީމާގެ ވިދުން ގަދަވެފައިވާއިރު، އޭނާ އެންމެ ފުރަތަމަ ވިދާލީ 2016 ވަނަ އަހަރު، މެލޭޝިއާ ޓޭބަލް ޓެނިސް މުބާރާތެއްގެ 11 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. އޭގެ ފަހުން ސްރީ ލަންކާގެ ޖޫނިއާ ނެޝަނަލް ޓޭބަލް ޓެނިސް މުބާރާތުގެ 10 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދިއެވެ.

އެކަމަކު އޭގެ ފަހުން ދީމާ ރާއްޖެ ބަދަލުވިއިރު، ގައުމީ ފެންވަރުގައި މީގެ ހަތަރު އަހަރު ކުރިން ޓޭބަލް ޓެނިސް ކުޅެން ފެށި ދީމާ މިހާތަނަށް ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އުމުރުން އެންމެ 11 އަހަރުގައި އޭނާ ވަނީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) އިން ތިން ރަން މެޑެއްޔާއެކު، އައިއޯއައިޖީގައި އެންމެ ކާމިޔާބު ދިވެހި އެތުލީޓަށް ދީމާ ވެގެންދިޔައެވެ.

އަދި ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދައި، އަދި އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައި، ވޯލްޑް ހޯޕްސް މުބާރާތަށް ދީމާ މީގެ ކުރިން ކޮލިފައިވެފައެވެ. އަދި ގައުމީ ޓީޓީ ސިންގަލްސް ޗެމްޕިއަންކަން ޖެހިޖެހިގެން ދެ އަހަރު ހޯދައި، ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށި މިލްކުކުރުމުގެ ފުރުސަތު އުމުރުން 12 އަހަރުގައި ދީމާ ހޯދިއެވެ. އަދި މިހާރު އޭނާގެ އަމާޒަކީ އޮލިމްޕިކް ގޭމްސްގައި ރާއްޖެ ތަމްސީލުކޮށް، ކާމިޔާބީއެއް ހޯދުން ކަމަށް ދީމާ ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫތު ޗެމްޕިއަންޝިޕް: މިފަހަރު ވާދަކުރަނީ ނުވަ ޓީމު

ޔޫތު ޗެމްޕިއަންޝިޕް: މިފަހަރު ވާދަކުރަނީ ނުވަ ޓީމު

23 ޖެނުއަރީ 2019
ބައިނަލްއަގުވާމީ ފުޓުބޯޅައިގެ ގަވައިދުތަކަށް މަހުލޫފް މިހާރު ހުންނާނީ ރޯ ފިލާފަ: ބައްސާމް

ބައިނަލްއަގުވާމީ ފުޓުބޯޅައިގެ ގަވައިދުތަކަށް މަހުލޫފް މިހާރު ހުންނާނީ ރޯ ފިލާފަ: ބައްސާމް

12 ޖެނުއަރީ 2019
ދީމާ ރިހި މެޑަލް ހޯދިއިރު ރަފާ ލޯ މެޑަލް ހާސިލްކޮށްފި

ދީމާ ރިހި މެޑަލް ހޯދިއިރު ރަފާ ލޯ މެޑަލް ހާސިލްކޮށްފި

22 އެޕްރީލު 2018
އެމެރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ސޯލޯ ވާދަކުރަނީ

އެމެރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ސޯލޯ ވާދަކުރަނީ

08 ޑިސެމްބަރު 2017
އެއްކޮށް ފިޓު ނުވަނީސް، އެއްވެސް މުބާރާތެއްގައި ބައިވެރި ނުވާނަން: މަރޭ

އެއްކޮށް ފިޓު ނުވަނީސް، އެއްވެސް މުބާރާތެއްގައި ބައިވެރި ނުވާނަން: މަރޭ

08 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު