Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޭން ޓޮޓެންހަމް ދޫކޮށްލުން

ޓޮޓެންހަމުގެ ފަރިތަކުރުންތަކަށް ނުކުންނަން ކޭން ދެކޮޅު

3 އޯގަސްޓު 2021 | އަންގާރަ 06:57

ސިޓީން ކޭން ގަތުމަށް 100 މިލިޔަން ޕައުންޑް ޚަރަދުކުރާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 3 އޯގަސްޓު 2021 | އަންގާރަ 06:57
މިދިޔަ ސީޒަނުގައި ޓޮޓެންހަމުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން ހެރީ ކޭން

މިދިޔަ ސީޒަނުގައި ޓޮޓެންހަމުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން ހެރީ ކޭން

ޓޮޓެންހަމް ހޮޓްސްޕާގެ ފަރިތަކުރުންތަކުގައި ބައިވެރިވާން އެ ޓީމަށް ކުޅެމުން އަންނަ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ދެކޮޅު ހަދާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 28 އަހަރުގެ ކޭން މި ވަގުތު ޓޮޓެންހަމުގެ އެއްބަސްވުމުގައި ހުރީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. 2011 ވަނަ އަހަރު ޓޮޓެންހަމުގެ ސީނިއާ ޓީމުން ޖާގަ ހޯދި ކޭނަށް މިހާތަނަށް ޓޮޓެންހަމާއެކު ބޮޑު ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.

މީގެ ކުރިން ބައެއް މީޑިއާތަކުން ވަނީ ފުޓްބޯޅައިގެ އެންމެ ބޮޑު ޓްރޮފީތައް ހޯދުމަށް ބޭނުންވާތީ ޓޮޓެންހަމް ދޫކޮށްލަން ކޭން ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. އެއާއެކު ކޭން ހޯދަން މެންޗެސްޓާ ސިޓީން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަދި އޭނާ ހޯދުމަށް ސިޓީން 100 މިލިޔަން ޕައުންޑް ޚަރަދުކުރަން ތައްޔާރަށް އޮތް ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ދާދި ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު ކޭން ތިން ހަފުތާގެ ޗުއްޓީއަކަށް ދިޔައިރު، ހޯމަ ދުވަހަކީ ކޭން ޓޮޓެންހަމުގެ ފަރިތަކުރުންތަކަށް ނުކުންނަން ޖެހޭ ދުވަހެވެ. އެކަމަކު ހޯމަ ދުވަހު ޓޮޓެންހަމުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވެފައެއް ނުވެއެވެ. އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ފަރިތަކުރުންތަކުގައި ބައިވެރިވާން ކޭން ބޭނުން ނުވަނީ ޓޮޓެންހަމް ދޫކޮށްލަން ބޭނުންވާތީއެވެ.

އެކަމަކު މީގެ ކުރިން ދިން އިންޓަވިއުއެއްގައި ޓޮޓެންހަމުގެ ކޯޗުގެ މަގާމާ ދާދި ފަހުން ހަވާލުވި ނޫނޯ އެސްޕިރީޓޯ ސަންޓޯ ބުނީ ކޭން އަކީ މި ވަގުތު ޓޮޓެންހަމުގެ ކުޅުންތެރިއެއް ކަމަށާއި، އެހެންކަމުން ކޭންގެ ޓްރާންސްފާއާ ގުޅޭގޮތުން އިތުރު ވާހަކައެއް ދައްކަން ބޭނުންނުވާ ކަމަށެވެ.

މި ފަހަރުގެ ޓްރާންސްފާގައި ކޭން ޓޮޓެންހަމް ދޫކޮށްލާނެ ކަމަށް ބެލެވޭއިރު، ޓޮޓެންހަމް ދޫކޮށްލި ނަމަވެސް، ކޭން ބޭނުންވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ޓޮޓެންހަމް ދޫކޮށްލާނަމަ، ކޭން ބޭނުމީ ސިޓީ ނުވަތަ މެންޗެސްޓާ ޔުނައިޓެޑަށް ދާން ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ޓޮޓެންހަމާއެކު ކޭންއަށް މިހާތަނަށް ބޮޑު މުބާރާތެއް ކާމިޔާބުނުކުރެވުނު ނަމަވެސް، އޭނާ ވަނީ 2018-2019 ވަނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލާއި، 2014-2015 އަދި މިދިޔަ ސީޒަނުގެ އިނގިރޭސި ލީގު ކަޕުގެ ފައިނަލުގައި ކުޅެފައެވެ. އަދި ކޭން ވަނީ މިހާތަނަށް ޓޮޓެންހަމަށް ކުޅެދިން 336 މެޗުގައި ކޭން ވަނީ 221 ލަނޑު ޖަހާފައެވެ.

އިތުރަށް ކިޔާލަން

25 ޖޫން 2017

ސަތޭކަ މިލިއަން ޕައުންޑު ހަރަދުކޮށްގެންވިޔަސް ކޭން ގެނައުމަށް މޮރީނިއޯ ޔުނައިޓެޑަށް އަންގައިފި

25 ޖޫން 2017
 ސަތޭކަ މިލިއަން ޕައުންޑު ހަރަދުކޮށްގެންވިޔަސް ކޭން ގެނައުމަށް މޮރީނިއޯ ޔުނައިޓެޑަށް އަންގައިފި
11 ޖޫން 2017

ފަހު ވަގުތު ހެރީ ކޭން އިނގިރޭސިން ސަލާމަތް ކޮށްދީފި

11 ޖޫން 2017
ފަހު ވަގުތު ހެރީ ކޭން އިނގިރޭސިން ސަލާމަތް ކޮށްދީފި
09 ޖޫން 2017

ކޭން ބޭނުން ވަނީ ރޮނާލްޑޯއާ އެއް ލެވަލްއަކަށް އަންނަން

09 ޖޫން 2017
ކޭން ބޭނުން ވަނީ ރޮނާލްޑޯއާ އެއް ލެވަލްއަކަށް އަންނަން
27 މެއި 2017

"ޕީއެފްއޭ ފޭންސް ޕްރެމިއާ ލީގު ޕްލެއާ އޮފް ދަ ސީޒަން" އެވޯޑް ހެރީ ކޭން ހާސިލްކޮށްފި

27 މެއި 2017
"ޕީއެފްއޭ ފޭންސް ޕްރެމިއާ ލީގު ޕްލެއާ އޮފް ދަ ސީޒަން" އެވޯޑް ހެރީ ކޭން ހާސިލްކޮށްފި
15 މާރިޗު 2017

ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ

15 މާރިޗު 2017
ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ
27 ފެބުރުއަރީ 2017

ކޭންގެ ހެޓްރިކާއެކު ޓޮޓެންހަމް ޓޭބަލްގެ ދެވަނައަށް

27 ފެބުރުއަރީ 2017
ކޭންގެ ހެޓްރިކާއެކު ޓޮޓެންހަމް ޓޭބަލްގެ ދެވަނައަށް
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް