Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީއެފްއޭ އެވޯޑްސް

"ޕީއެފްއޭ ފޭންސް ޕްރެމިއާ ލީގު ޕްލެއާ އޮފް ދަ ސީޒަން" އެވޯޑް ހެރީ ކޭން ހާސިލްކޮށްފި

ކޭން މި އެވޯޑު ހާސިލްކުރީ ޗެލްސީގެ ކަންޓޭ އާއި ހަޒާޑް އާއި ވާދަކޮށް

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 27 މެއި 2017 | ހޮނިހިރު 16:21
ހެރީ ކޭން، ޕީއެފްއޭ ފޭންސް ޕްރެމިއާ ލީގު ޕްލެއާ އޮފް ދަ ސީޒަން އެވޯޑާއިއެކު

ހެރީ ކޭން، ޕީއެފްއޭ ފޭންސް ޕްރެމިއާ ލީގު ޕްލެއާ އޮފް ދަ ސީޒަން އެވޯޑާއިއެކު

ކުޅިވަރު ހަބަރު ފަތުރާ ވެބްސައިޓެއް ކަމަށްވާ "ސްކައި ސްޕޯޓްސް" އިން ހޮވާ، "ޕީއެފްއޭ ފޭންސް ޕްރެމިއާ ލީގު" އެވޯޑުގެ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ޓޮޓެންހަމްގެ ތަރި ހެރީ ކޭން ހާސިލްކޮށްފިއެވެ.

ކޭން މި އެވޯޑް ހާސިލްކުރީ، ސްކައި ސްޕޯޓްސްގެ ވެބްސައިޓާއި، އެޕްލިކޭޝަންތައް މެދުވެރިކޮށް، ސަޕޯޓަރުންގެ މެދުގައި ނެގި ވޯޓުންނެވެ.

ވޯޓުގައި ކޭންއާ އެންމެ ކައިރިން ވާދަކުރީ ޗެމްޕިއަން ޗެލްސީގެ، ކަންޓޭ އާއި އެޑެން ހަޒާޑް އެވެ. ޖުމްލަ 16،378 ވޯޓާއިއެކު ކޭން އެއްވަނަ ހޯދިއިރު، ދެވަނައަށް ހޮވުނީ 13،515 ވޯޓާއިއެކު ކަންޓޭ އެވެ. ތިން ވަނައަށް ހޮވުނު އެޑެން ހަޒާޑް އަށް ލިބިފައިވަނީ 8،412 ވޯޓެވެ.

މި އެވޯޑަށް ވާދަކުރާ ގަދަ 6 ކުޅުންތެރިން ހޮވާފައި ވަނީ ސްކައި ސްޕޯޓްސްގެ ކުޅިވަރާ ބެހޭ ތަޖުރިބާކާރުންގެ މެދުގައި އެކުލަވާލެވިފައިވާ ޕެނަލް އަކުންނެވެ. އެގޮތުން މަގާމަށް ވާދަކޮށްފައިވާ 6 ކުޅުންތެރިންނަކީ، ކޭން އާއި، ކަންޓޭ އަދި، ހަޒާޑްގެ އިތުރުން، އާސެނަލްގެ އެލެގްސިސް ސަންޗޭޒް އާއި، ޓޮޓެންހަމްގެ މީޑްފިލްޑާ ޑެލެ އަލީ އާއި، އެވަޓަންގެ ސްޓްރައިކަރު ރޮމެލޫ ލުކާކޫ އެވެ.

އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކޭން ވަނީ މިފަހަރުގެ ސީޒަނުގައި ޓޮޓެންހަމް އަށް 29 ގޯލު ކާމިޔާބުކޮށްދީ، 7 ގޯލު ޖެހުމަށް އެހީތެރިވެ ދީފައެވެ. މިސީޒަނަކީ ޓޮޓެންހަމްއިން ނިންމާލި އެކުލަބުގެ އެންމެ ކާމިޔާބު ސީޒަން ކަމަށް ގިނަ ބަޔަކު ބުނަމުން ދާއިރު، ކޭން އަކީ ވަނީ ލީގުގެ ދެވަނަ މަގާމު ޓޮޓެންހަމްއަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ކޭން ވަނީ އެންމެ ގިނަ ގޯލު ކާމިޔާބުކޮށްގެން ރަން ބޫޓުވެސް ހާސިލް ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު