Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރާއްޖޭގެ މާލިއްޔަތުގެ ހާމަކަން

ރާއްޖޭގެ މާލިއްޔަތުގެ ހާމަކަން ވަނީ އިތުރުވެފައި: އައިއެމްއެފް

2 އޯގަސްޓު 2021 | ހޯމަ 14:20

ރާއްޖެއަކީ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން ފިސްކަލް ޓްރާންސްޕޭރެންސީ އިވެލުއޭޝަން ރިޕޯޓް ހެދި ފުރަތަމަ ގައުމު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 2 އޯގަސްޓު 2021 | ހޯމަ 14:20
ދައުލަތުގެ މާލީ ތަފާސްހިސާބުތައް ހާމަކުރުން

ދައުލަތުގެ މާލީ ތަފާސްހިސާބުތައް ހާމަކުރުން

ދިވެހި ދައުލަތުގެ މާލީ މައުލޫމާތު ހާމަކުރުން ހަރުދަނާކޮށް ހުރިހާ މައުލޫމާތު ރައްޔިތުންނަށް ފަސޭހައިން ފެންނާނެހެން ހުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ވަނީ ފަށާފައެވެ. އެގޮތުން ފާއިތުވި އަހަރުތަކުގެ ތެރޭގައި މާލީ މައުލޫމާތުތަ ހާމަކުރުމަށް ސަރުކާރުން ކުރި މަސައްކަތާއި މިހާރު ރާއްޖޭގެ މާލީ މައުލޫމާތު ހާމަކުރަމުންދާ ގޮތުގެ އިވެލުއޭޝަނެއް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވަނީ ހަދާފައެވެ.

ރާއްޖޭގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުގެ އެދިވަޑައިގަތުމަކަށް އައިއެމްއެފުން ރާއްޖޭގެ ފިސްކަލް ޓްރާންސްޕޭރެންސީ އިވެލުއޭޝަނެއް ހަދާފައިވާއިރު، ރާއްޖެ ވެގެން ގޮސްފައި ވަނީ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން މިޒާތުގެ ރިޕޯޓެއް ހެދި ފުރަތަމަ ގައުމަށެވެ. އޭޝިއާގެ ގައުމުތަކުގެ ތެރެއިން އިވެލުއޭޝަން ފުރިހަމަކުރި ދެވަނަ ގައުމަށެވެ. އައިއެމްއެފްގެ މި އިވެލުއޭޝަން ކުރިއަށް ގެންގޮސްފައި ވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު 23ން ޑިސެމްބަރު 14 އަށެވެ.

މި އިވެލުއޭޝަނުގައި އައިއެމްއެފުން ވަނީ ރާއްޖޭގެ ފިސްކަލް ރިޕޯޓިން އާއި ފިސްކަލް ފޯކާސްޓިން އަދި ބަޖެޓިންގެ އިތުރުން ފިސްކަލް ރިސްކް މެނޭޖްމެންޓް ޕްރެކްޓިސްތައް އައިއެމްއެފްގެ ޓްރާންސްޕޭރެންސީ ކޯޑާ އެއްގޮތަށް ކުރިއަށްދޭތޯ ބަލާފައެވެ. ފިސްކަލް ޓްރާންސްޕޭރެންސީ އިވެލުއޭޝަން ރިޕޯޓު މިހާރު އާންމުކޮށްފައިވާއިރު، އެރިޕޯޓުގައި ވަނީ ދިވެހި ދައުލަތުގެ މާލީ މައުލޫމާތު ހާމަކުރަން އެޅި ފިޔަވަޅުތަކާއެކު ސަރުކާރުގެ މާލީ ހާމަކަން އިތުރުވެފައިވާކަން ފާހަގަކޮށްފައެވެ.

އެގޮތުން އައިއެމްއެފްގެ މިންގަނޑުތަކުގެ ތެރެއިން ފިސްކަލް ރިޕޯޓިންގެ މަސައްކަތް ފެށިފައި ވަނީ ވަރަށް ރަނގަޅަށް ކަމަށާއި ރަނގަޅުކޮށްލަންޖެހޭ ބައެއް މަދު ކަންތައް ހުރިކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ފިނޭންސް މިނިސްޓްރީން އާންމުކުރަމުން ގެންދާ ފިސްކަލް ރިޕޯޓުތަކުގެ ސަބަބުން ސަރުކާރުން ކުރާ ހުރިހާ ޚަރަދުތައް ފަސޭހައިން ފެންނަން ހުންނަކަމަށާއި މީގެ ސަބަބުން ދައުލަތުގެ ބަޖެޓުން ޚަރަދު ކުރަމުންދާގޮތް އެނގޭކަމަށާއި ކަމެއް ދިމާވެއްޖެ ހާލަތެއްގައި ފަސޭހައިން ފިޔަވަޅު އެޅުމުގެ ފުރުސަތުވެސް ލިބިގެންދާކަމަށް ވަނީ ބުނެފައެވެ. އެހެން ނަމަވެސް އޮޑިޓެޑް އެނުއަލް ފައިނޭންޝަލް ސްޓޭޓްމެންޓްތަކުގެ ސައްހަކަން ކަށަވަރުކުރުމާއި އެމައުލޫމާތު އާންމުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އާންމުކުރުމުގެ މުހިންމުކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަދި ބައިނަލްއަގުވާމީ ރިޕޯޓިން ސްޓޭންޑާޑްތަކާއި އެެއްގޮތަށް ރިޕޯޓުތައް ބައްޓަން ކުރުމަށް އިތުރު އަހަންމިއްޔަތުކަމެއް ދޭންޖެހޭ ކަމަށް ވަނީ ބުނެފައެވެ.

ދިވެހި ދައުލަތުގެ ފިސްކަލް ފޯކާސްޓިން އަދި ބަޖެޓިންގެ ކަންކަން ފެންނަނީ ވަރަށް ވަރުގަދަކޮށް ކަމަށާއި ބައެއް ކަންކަމަށް އިތުރު ސަމާލުކަމެއް ދޭން ޖެހޭ ކަމަށް އައިއެމްއެފުން ފާހަގަކުރެއެވެ. އެގޮތުން ބަޖެޓު އެކުލަވާލުމުގެ ކަންކަން ކުރިއަށް ގެންދަނީ ވަރުގަދަކޮށް ކަމަށާއި ދައުލަތުގެ ޚަރަދުތައް ކަނޑައެޅުމުގައި ރައްޔިތުންގެ މަޖިލީހުން ބޮޑު ދައުރެއް އަދާކުރާކަން ވަނީ ފާހަގަކޮށްފައެވެ. އަދި މައުލޫމާތު އާންމުކުރުމުގައި ކަނޑައެޅިފައިވާ މުއްދަތަށް ދޭ ސަމާލުކަމުގެ ސަބަބުން މައުލޫމާތުގެ ޓްރާންސްޕޭރެންސީ ކަށަވަރުވާކަމަށް ވަނީ ބުނެފައެވެ. އައިއެމްފުން ވަނީ ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ޕްރޮކިއުމެންޓްގެ މަސައްކަތާއި ޚަރަދުތައް ހާމަކުރުމުގައި އިތުރަށް ސަމާލުކަންދޭން ޖެހޭ ކަންކަން އެބަހުރިކަމަށް ފާހަގަކޮށްފައެވެ. އަދި މިކަންތައް ރަނގަޅުކޮށްފިނަމަ ދައުލަތުގެ ވަސީލަތްތައް ބޭނުންކުރެވެނީ އެންމެ ރަނގަޅުގޮތުގައިތޯ ކަށަވަރުކުރެވިގެންދާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ފިސްކަލް ރިޕޯޓިން އާއި ފިސްކަލް ފޯކާސްޓިން އަދި ބަޖެޓިންގެ ކަންކަމުގައި ރާއްޖެއިން މިހާރު ކުރަމުންދާ ގިނަ މަސައްކަތްތަކަށް މި ރިޕޯޓްގައި "ގުޑް" އަދި "އެޑްވާންސްޑް" ރޭޓިން ލިބިފައި ވީނަމަވެސް ފިސްކަލް ރިސްކް އެނަލިސިސް އަދި މެނޭޖްމަންޓާ ގުޅޭ ކަންކަމުގައި ގިނައިން ލިބިފައި ވަނީ "ބޭސިކް" އަދި "ބިލޯ ބޭސިކް" އެވެ. އެގޮތުން ފިސްކަލް ރިސްކް އެނަލިސިސް އަދި މެނޭޖްމަންޓުގެ ދަށުން ދައުލަތުގެ އާމްދަނީގެ ބޮޑު ބައެއް ބަރޯސާވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް އެކަނި ކަމަށާއި ދައުލަތުގެ ދަރަނި ބޮޑުކަން ވަނީ ފާހަގަކޮށްފައެވެ. އަދި ފަންޑަކާއި ނުލައި ޕެންޝަން ސްކީމްގެ ކަންތައްތައް ކުރިއަށް ގެންދިއުމާއި ލާމަރުކަޒުކުރުމުގެ ދަށުން މައި ސަރުކާރުން ކައުންސިލްތަކަށް ލޯނު ދޫކުރުން ފަދަ ކަންކަމަކީ ރަނގަޅަށް ދެމެހެއްޓެނެވި ގޮތަކަށް ކުރިއަށް ނުގެންދެވިއްޖެ ނަމަ މައްސަލަތަކާ ކުރިމަތިވާނެ ކަންކަން ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގެ މާލިއްޔަތުގެ މައުލޫމާތު ހިއްސާކުރުމުގައި ރަނގަޅުކުރަންޖެހޭ ކަންތައްތައް ހުރި އިރު، ގިނަ ކަންތައްތަކަކީ ފަސޭހައިން ރަނގަޅު ކުރެވޭނެ ކަންކަން ކަމަށް ފާހަގަކޮށް އައިއެމްއެފުން ވަނީ އިސްލާހުކުރުމުގައި އިސްކަން ދޭން ޖެހޭ ކަންކަން ހިމަނާފައެވެ. އެގޮތުން ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް އޮޑިޓް ރިޕޯޓްތައް ތައްޔާރު ކުރުމަށް އިސްކަންދިނުމުގެ އިތުރުން، މެދު ރާސްތާގެ ފިސްކަލް ސްޓްރެޓަޖީ އާއި ބަޖެޓް ފްރޭމްވާކް އިތުރަށް ތަރައްގީކުރުމަށް އިސްކަންދޭންޖެހޭ ކަން ވަނީ ފާހަގަކޮށްފައެވެ. ޓެކްސް އާމްދަނީގެ ޚަރަދުތައް ކުރާ ގޮތް އާންމުކުރުން އިތުރަށް ރަނގަޅުކުރަން ޖެހޭކަމަށް ވަނީ ބުނެފައެވެ. ދައުލަތުން ގެރެންޓީ ދިނުމުގެ އުސޫލާ އެއްގޮތަށް ގެރެންޓީ މެނޭޖްކުރުން މުހިންމުކަމަށާއި އެސްއޯއީތަކުގެ ހާމަކަން އިތުރުކުރުމަށް ވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

06 އޮކްޓޯބަރު 2017

ޔޫރަޕުން ފިޔަވަޅު އަޅައިފި ނަމަ ރާއްޖޭގެ އިޤްތިޞާދަށް ވާނީ ކިހިނެއް؟

06 އޮކްޓޯބަރު 2017
ޔޫރަޕުން ފިޔަވަޅު އަޅައިފި ނަމަ ރާއްޖޭގެ އިޤްތިޞާދަށް ވާނީ ކިހިނެއް؟
16 އޯގަސްޓު 2017

ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟

16 އޯގަސްޓު 2017
 ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟
26 ޖުލައި 2017

އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

26 ޖުލައި 2017
އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި
16 ޖުލައި 2017

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

16 ޖުލައި 2017
އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟
07 ޖުލައި 2017

ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

07 ޖުލައި 2017
ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!
07 ޖޫން 2017

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!
11 އެޕްރީލު 2017

ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!

11 އެޕްރީލު 2017
ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!
12 މާރިޗު 2017

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު
03 މާރިޗު 2017

"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

03 މާރިޗު 2017
"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް
20 ޖެނުއަރީ 2017

ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން

20 ޖެނުއަރީ 2017
ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް