Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގްރީލިޝް ގަންނަން މަސައްކަތްކުރުން

ގްރީލިޝް ގަންނަން ސިޓީން 100 މިލިޔަން ޕައުންޑް ހުށަހަޅައިފި

31 ޖުލައި 2021 | ހޮނިހިރު 19:05

މިއީ ޕްރިމިއާ ލީގު ކުލަބަކުން ކުޅުންތެރިއަކަށް ހުށަހެޅި އެންމެ ބޮޑު އަގު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 31 ޖުލައި 2021 | ހޮނިހިރު 19:05
އެސްޓަން ވިލާއަށް ކުޅެމުން އަންނަ އިންގްލެންޑުގެ މިޑްފީލްޑަރު ޖެކް ގްރީލިޝް

އެސްޓަން ވިލާއަށް ކުޅެމުން އަންނަ އިންގްލެންޑުގެ މިޑްފީލްޑަރު ޖެކް ގްރީލިޝް

އެސްޓަން ވިލާއަށް ކުޅެމުން އަންނަ އިންގްލެންޑުގެ މިޑްފީލްޑަރު ޖެކް ގްރީލިޝް ގަންނަން މެންޗެސްޓާ ސިޓީން 100 މިލިޔަން ޕައުންޑް ހުށަހަޅައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ގްރީލިޝް ހޯދުމަށް މިދިޔަ އަހަރު އެ ޓީމުގެ މެނޭޖުމަންޓުގައި އެދެފައެވެ. އެއާއެކު ގްރީލިޝް ގަތުމުގެ މަސައްކަތް ސިޓީން ފެށިއިރު، ހޮނިހިރު ދުވަހުގެ ވަގުތެއްގައި ސިޓީން 100 މިލިޔަން ޕައުންޑް ހުށަހަޅާފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މިއީ އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބަކުން މިހާތަނަށް އެންމެ އަގުބޮޑުކޮށް ކުޅުންތެރިއަކު ހޯދަން މަސައްކަތް ކުރާ ފަހަރެވެ. މީގެ ކުރިން ޕްރިމިއާ ލީގުގެ ކުލަބަކުން މިހާތަނަށް އެންމެ އަގުބޮޑުކޮށް ކުޅުންތެރިއަކު ހޯދީ 2016 ވަނަ އަހަރުއެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑުން 89 މިލިޔަން ޕައުންޑް ޚަރަދުކުރުމަށްފަހު، ޔުވެންޓަސްއަށް ކުޅެމުން އައި ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ގަތް ޑީލެވެ.

ގްރީލިޝް ހޯދަން ސިޓީން މަސައްކަތް ކުރަމުން އަންނައިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އުމުރުން 25 އަހަރުގެ މިޑްފީލްޑަރު ވިލާގެ އެއްބެސްވުން އިތުރު ފަސް އަހަރަށް އާކޮށްފައެވެ. އެހެންކަމުން ގްރީލިޝްގެ އެއްބަސްވުން ހަމަވާނީ 2025 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ.

ފަހަކަށް އައިސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ގްރީލިޝް ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ކުޅުނު ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން ފުރަތަމަ ފަހަރަށް ފުރުސަތު ހޯދާފައެވެ. އޭގެ ފަހުން މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރަނަރަޕްކަން ހޯދި އިންގްލެންޑް ޓީމުގައިވެސް ގްރީލިޝް ހިމެނުނެވެ.

އުމުރުން އެންމެ ހަ އަހަރުގައި ވިލާއާ ގުޅުނު ގްރީލިޝް، ވިލާގެ ސީނިއާ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅެދީފައިވަނީ 2014 ވަނަ އަހަރުގެ މެއި މަހުގައެވެ. އޭގެ ފަހުން ގްރީލިޝް ވަނީ މިހާތަނަށް ވިލާއަށް ކުޅެދިން 213 މެޗުގައި 32 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

02 މެއި 2017

މިހާރު އޮތް ހާލަތުން އަރައިގަންނަން މާޒިޔާ މެޗު މުހިންމު: މޯހަން ބާގަން

02 މެއި 2017
މިހާރު އޮތް ހާލަތުން އަރައިގަންނަން މާޒިޔާ މެޗު މުހިންމު: މޯހަން ބާގަން
01 މެއި 2017

ނަވާސް ހޯދުމުގެ މަސައްކަތް ސިޓީން ފަށައިފި

01 މެއި 2017
ނަވާސް ހޯދުމުގެ މަސައްކަތް ސިޓީން ފަށައިފި
27 އެޕްރީލު 2017

ނިއު އަތުންވީ ބަލިން އަރައިގަންނަން އީގަލްސް މެޗު މުހިންމު:ނިޒާމްބެ

27 އެޕްރީލު 2017
ނިއު އަތުންވީ ބަލިން އަރައިގަންނަން އީގަލްސް މެޗު މުހިންމު:ނިޒާމްބެ
17 އެޕްރީލު 2017

ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

17 އެޕްރީލު 2017
ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް
13 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި

13 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
29 މާރިޗު 2017

ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން

29 މާރިޗު 2017
ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން
20 މާރިޗު 2017

ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ

20 މާރިޗު 2017
ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ
06 މާރިޗު 2017

މެންސިޓީން ތާވަލްގެ ތިންވަނައަށް ޖެހިލައިފި

06 މާރިޗު 2017
މެންސިޓީން ތާވަލްގެ ތިންވަނައަށް ޖެހިލައިފި
04 ފެބުރުއަރީ 2017

ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

04 ފެބުރުއަރީ 2017
ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް