Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީހުގެ ރައީސްއަށް ޚާއްސަ ގެކޮޅެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގެކޮޅު އެޅުމަށް ދަންޑެހެލުގެ ޕާކިންގ ހުސްކޮށްފި

31 ޖުލައި 2021 | ހޮނިހިރު 14:01

މަޖިލީހުގެ ރައީސަށް ޚާއްސަ ގެކޮޅު އިމާރަތްކުރަނީ ދަންޑެހެލުގެ ޕާކިންގ ހުރި ބިމުގައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 31 ޖުލައި 2021 | ހޮނިހިރު 14:01
ދަންޑެހެލު ޕާކިންގެ ގާތައް ނަގަނީ

ދަންޑެހެލު ޕާކިންގެ ގާތައް ނަގަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ސަރުކާރުގެ ފަރާތުން ހަމަޖައްސައިދޭ ގެކޮޅު އިމާރަތްކުރުމަށް ދަންޑެހެލުގެ ޕާކިންގ ހުސްކޮށްފިއެވެ.

މެއި މަހުގެ 6ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް, ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނާއި އުއްތަމަ ފަޑިޔާރުގެ ސެކިއުރިޓީ ކަންކަން އިތުރަށް ވަރުގަދަކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ސަރުކާރުން މިކަން ކުރަނީ ދެ ގާނޫނަކަށް އިސްލާހު ގެނެސްގެންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް 6 ވަނަ އިސްލާހު ގެނައުމުގެ ބިލެވެ. މި ދެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވާފައިވަނީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލުގައިވާ ގޮތުން, ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން ދިރިއުޅުއްވާނެ ރަސްމީ ތަނަކާއި، އެ ތަނަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި، އެ ތަނަށް ހިނގާނެ ޚަރަދު، ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ހަމަޖައްސައިދޭ ރަސްމީ ތަނަކީ، ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ގޮތަކަށް ހުރި ތަނެއްކަމަށް ވާންޖެހޭނެ ކަމަށާއި، އެ ތަނުގެ ސެކިއުރިޓީ ބަލަހައްޓާނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ކަމުގައި މި ބިލުގައި ބަޔާންކޮށްފައިވެއެވެ. މި ބިލުގައިވާގޮތުން މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ރަސްމީ ތަނަށް ބޭނުންވާނެ މުވައްޒަފުން ހަމަޖައްސާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ. އަދި މި ގެނެވުނު އިސްލާހުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައިދޭންވާނެ ކަމުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލް ތަޞްދީޤުކުރުމާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު ސުޕްރީމް ކޯޓު ކުރިމަތީގައި ހުންނަ ދަންޑެހެލު ޕާކިންގ މިހާރު ހުރި ބިމުގައި އިމާރާތްކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިއާއެކު މިމަހުގެ 15 ގެ ކުރިން އެ ޕާކިންގގައި ހުރި އުޅަނދުތައް ހުސްކުރުމަށް ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ. އެހެންނަމަވެސް މި ތަން ހުސްނުކުރެވި ގިނަ ދުވަސްތަކެއް ފާއިތުވުމަށްފަހު އެތަން މިހާރު ވަނީ ހުސްކޮށްފައެވެ. މިހާރު ކުރިއަށްދަނީ އެތަނުގައި ހުރި ގާތައް ނެގުމުގެ މަސައްކަތެވެ.

ދަންޑެހެލު ޕާކިންގއަކީ ސްލޮޓުތައް ކުއްޔަށް ދީގެން ޕާކް ކުރުން ކުރިއަށްގެންދާ ތަނެކެވެ. އެތަން ހުސްކުރުމުގައި ލަސްތަކެއް ދިމާވެފައިވަނީ އެ ކުލީގެ މުއްދަތު ހަމަނުވާތީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިހާރު އެތަން ހުސްކޮށްފައިވާއިރު، އެތަނުގައި ކުއްޔަށް ޕާކު ކޮށް އުޅުނު މީހުންނަށް، ރައްޔިތުންގެ މަޖިލިސް ކައިރީގައި ހުންނަ ދަރުމަވަންތަ ޕާކިންގއިން ސްލޮޓުތައް ދޫކޮށްފައިވާކަމަށް މައުލޫމާތުލިބިފައިވެއެވެ. މިކަމާ ގުޅޭގޮތުން ސިޓީ ކައުންސިލްގެ ރަސްމީ ބަހެއް ލިބޭގޮތް ނުވި ނަމަވެސް މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވަނީ, ދަންޑެހެލު ޕާކިންގގައި ޕާކުކުުރުމަށް ސްލޮޓުތައް ކުއްޔަށް ނަގާފައިވާ މީހުންނަށް ޕާކު ކުރެވޭނެ އެހެން އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި އުއްތަމަ ފަނޑިޔާރަށް ޚާއްސަކޮށްގެން, އެންމެ މަތީ ފަންތީގެ ހިމާޔަތާއެކު ޚާއްސަ ގެކޮޅެއް ހަމަޖައްސައިދޭން ސަރުކާރުން ނިންމާފައިވީނަމަވެސް އެ ދެ ބޭފުޅުންނަށް ޚާއްސަ ވަގުތީ ގެކޮޅެއް ހަމަޖައްސައިދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހަމަޖައްސާފައިވަނީ މ. މުރައިދޫގެއެވެ. އަދި އުއްތަމަ ފަނޑިޔާރަށް ހަމަޖައްސާފައިވަނީ ރެހެންދި ފްލެޓްގެ އެޕާޓްމެންޓެކެވެ. މިހާރު ކުރިއަށްދަނީ މި ތަންތަނުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ މަސައްކަތެވެ. އެހެންނަމަވެސް ސަރުކާރުގެ ފަރާތުން މިކަން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް