Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމިޔަންމާގެ ކޮވިޑްގެ ހާލަތު

ބައިނަލްއަގްވާމީ އެހީއަށް މިޔަންމާއިން އެދެނީ

30 ޖުލައި 2021 | ހުކުރު 20:25

މައްސަލަތައް ހައްލުކުރުމަށް ބައިނަލްއަގްވާމީ އެހީތެރިކަން ބޭނުންވާކަމަށް ވަނީ ބުނެފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 30 ޖުލައި 2021 | ހުކުރު 20:25
މިޔަންމާގައި ވެކްސިން ޖަހަނީ

މިޔަންމާގައި ވެކްސިން ޖަހަނީ

ކޮވިޑުގެ ހާލަތު ގޯސްވެ ގައުމުގެ ކަންކަން ބޮއްސުންލައިގެން ދިއުމުން ބައިނަލްއަގްވާމީ އެހީއަށް މިޔަންމާއިން އެދިއްޖެއެވެ.

ސިޔާސީ ހަލަބޮލިކަމާއި ކޮވިޑް-19ގެ ނުރައްކާތެރި ރާޅެއްގެ އިތުރުން ބޯކޮށް ވާރޭވެހި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައްވެސް އެ ގައުމަށް ވަނީ ކުރިމަތިވެފައެވެ.

Advertisement - worldAdvertisement

މިފަދަ ހާލަތަކަށް ވެއްޓުމުން މިޔަންމާގެ އަސްކަރީ ސަރުކާރުން ވަނީ މައްސަލަތައް ހައްލުކުރުމަށް ބައިނަލްއަގްވާމީ އެހީތެރިކަން ބޭނުންކަމަށް ބުނެފައެވެ. ޚާއްސަކޮށް އާސިއާނުގެ ގައުމުތަކާއި ރަހުމަތްތެރި ގައުމުތަކުގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާކަމަށް ބުނެފައިވެއެވެ.

މިޔަންމާގައި ކުރި ބަޣާވާތަށްފަހު އެ ގައުމުގެ އަސްކަރީ ސަރުކާރަށް އެންމެ ބޮޑު އެހީތެރިކަމެއް ދެމުންދަނީ ޗައިނާއާއި ރަޝިޔާއިންނެވެ. އެ ގޮތުން ދާދިފަހުން ޗައިނާއިންވަނީ 2 މިލިޔަން ޑޯޒްގެ ވެކްސިން ފޯރުކޮށްދީފައެވެ. އަދި ރަޝިޔާގެ އެހީތެރިކަމާއެކު މިޔަންމާގައި ވެކްސިން ބަންދުކުރުމުގެ މަޝްރޫއެއްވެސް ފެށުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

މިއަހަރުގެ ފެބުރުއަރީ މަހުގެ 1ވަނަ ދުވަހު މިޔަންމާގެ އިސްވެރިޔާ އަން ސަން ސޫކީގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ސިފައިން ބަޣާވާތްކުރުމަށްފަހު ސޫ ކީއާއި އޭނާގެ ސަރުކާރަށް ނިސްބަތްވާ އިސްވެރިން ވަނީ ހައްޔަރުކޮށްފައެވެ. އެއަށްފަހު އަސްކަރިއްޔާއިން ވަނީ އެއް އަހަރުގެ މުއްދަތަށް ކުއްލި ހާލަތު އިއުލާނުކޮށްފައެވެ.

އަސްކަރިއްޔާއިން ކުރި ބަޣާވާތް ނިމުމަކަށް ގެނެސް ސޫކީ މިނިވަންކުރުމަށް ގޮވާލައި މިޔަންމާގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މަގުތަކަށް ނުކުމެ މުޒާހަރާކޮށްފައެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

3

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

4

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

5

މާލޭގެ ގެއަކަށް ވަދެ ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލަ: ހައްޔަރު ކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދަށް!

އިތުރަށް ކިޔާލަން

13 ޖޫން 2018

ރޮހިންޖާ މުސްލިމުން މަރާލި މައްސަލަ ތަހްގީގު ކުރަމުން ދިޔަ ދެ ނޫސްވެރިއަކު މިޔަންމާއިން ހައްޔަރު ކޮށްގެން އުޅޭތާ ހަ މަސް!

13 ޖޫން 2018
ރޮހިންޖާ މުސްލިމުން މަރާލި މައްސަލަ ތަހްގީގު ކުރަމުން ދިޔަ ދެ ނޫސްވެރިއަކު މިޔަންމާއިން ހައްޔަރު ކޮށްގެން އުޅޭތާ ހަ މަސް!
01 ޖޫން 2018

މެލޭޝިއާގެ ދަރަނި އަދާކުރަން ރައްޔިތުންގެ އެހީއަށް އެދިއްޖެ

01 ޖޫން 2018
މެލޭޝިއާގެ ދަރަނި އަދާކުރަން ރައްޔިތުންގެ އެހީއަށް އެދިއްޖެ
26 މާރިޗު 2018

ހޫޘީންގެ މިސައިލް ހަމަލާ ބައިނަލްއަގްވާމީ ދުނިޔެ އިން ކުށްވެރިކޮށްފި

26 މާރިޗު 2018
ހޫޘީންގެ މިސައިލް ހަމަލާ ބައިނަލްއަގްވާމީ ދުނިޔެ އިން ކުށްވެރިކޮށްފި
28 ޑިސެމްބަރު 2017

ސޫދާނުގެ ރައީސް ބައިނަލްއަގްވާމީ ޖިނާއީ ކޯޓާ ހަވާލު ކުރުމަށް އެންގި އެންގުމަށް ތުރުކީގެ ރައީސް ޖޯކު ޖައްސަވައިފި

28 ޑިސެމްބަރު 2017
ސޫދާނުގެ ރައީސް ބައިނަލްއަގްވާމީ ޖިނާއީ ކޯޓާ ހަވާލު ކުރުމަށް އެންގި އެންގުމަށް ތުރުކީގެ ރައީސް ޖޯކު ޖައްސަވައިފި
30 ސެޕްޓެމްބަރު 2017

އިރާގުން ކުރުދީންގެ ސަރަހައްދުތަކަށް ބައިނަލްއަގްވާމީ ފްލައިޓްތައް ހުއްޓާލައިފި

30 ސެޕްޓެމްބަރު 2017
އިރާގުން ކުރުދީންގެ ސަރަހައްދުތަކަށް ބައިނަލްއަގްވާމީ ފްލައިޓްތައް ހުއްޓާލައިފި
24 ސެޕްޓެމްބަރު 2017

ފާރިސްގެ ޝަރީއަތް ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ގެންދިއުމަށް އެމްނެސްޓީން ގޮވާލައިފި

24 ސެޕްޓެމްބަރު 2017
ފާރިސްގެ ޝަރީއަތް ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ގެންދިއުމަށް އެމްނެސްޓީން ގޮވާލައިފި
13 ސެޕްޓެމްބަރު 2017

ރޮހިންޖާ މައްސަލަ: އަސްކަރީ ހަރަކާތްތައް ހުއްޓާލައި، އިންސާނީ އެހީއަށް ޖާގަދޭން ގުޓްރޭޒް ގޮވާލައިފި

13 ސެޕްޓެމްބަރު 2017
ރޮހިންޖާ މައްސަލަ: އަސްކަރީ ހަރަކާތްތައް ހުއްޓާލައި، އިންސާނީ އެހީއަށް ޖާގަދޭން ގުޓްރޭޒް ގޮވާލައިފި
06 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނަށް މިޔަންމާއިން ރަށްވެހިކަން ދޭން ޖެހޭ: އެންޓޯނިއޯ ގުޓަރޭސް

06 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނަށް މިޔަންމާއިން ރަށްވެހިކަން ދޭން ޖެހޭ: އެންޓޯނިއޯ ގުޓަރޭސް
04 ސެޕްޓެމްބަރު 2017

މިޔަންމާ ސަރުކާރުން އދ ގެ އިންސާނީ އެހީއަށް ހުރަސްއަޅައިފި!

04 ސެޕްޓެމްބަރު 2017
މިޔަންމާ ސަރުކާރުން އދ ގެ އިންސާނީ އެހީއަށް ހުރަސްއަޅައިފި!
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް