Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހޫޘީން

ހޫޘީންގެ މިސައިލް ހަމަލާ ބައިނަލްއަގްވާމީ ދުނިޔެ އިން ކުށްވެރިކޮށްފި

ހޫޘީން ވަނީ ސައުދީ އަށް އާދިއްތަ ދުވަހުގެ ރޭ ހަތް މިސައިލް ފޮނުވާލާފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 26 މާރިޗު 2018 | ހޯމަ 13:42
ހަތް މިސައިލް ވެސް ސައުދީން ވައްޓާލާފައިވާ ކަމަށް އެ ގައުމުން ބުނޭ

ހަތް މިސައިލް ވެސް ސައުދީން ވައްޓާލާފައިވާ ކަމަށް އެ ގައުމުން ބުނޭ

ޔަމަނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހޫޘީން އާދީއްތަ ދުވަހު ސައުދީ އަށް ދިން މިސައިލް ހަމަލާ ދުނިޔޭގެ ގައުމުތަކުގެ ވެރިންނާއި އެކި ޖަމާއަތްތަކުން ކުށްވެރިކޮށްފިއެވެ.

ހޫޘީން، ޔަމަނުން ސައުދީ އަށް ހަތް ބެލިސްޓިކް މިސައިލް ފޮނުވާލިއިރު، އެ މިސައިލްތައް ވައްޓާލާފައިވާ ކަމަށް ސައުދީ އަރަބިއްޔާ އިން ވަނީ ބުނެފައެވެ. ވެއްޓުނު މިސައިލްގެ ބައިތަކުން ޖެހި އެކަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު ހޫޘީންގެ މިސައިލް ހަމަލާ ދީފައި ވަނީ ޔަމަނަށް ސައުދީން ވައިގެ ހަމަލާތައް ދޭން ފެށިތާ ތިން އަހަރުވީ ދުވަހުއެވެ.

ހޫޘީން ސައުދީ އަށް ދިން ހަމަލާ ބަހްރައިން، ޖޯޑަން، ޕާކިސްތާން، ޔޫއޭއީ، އަދި ދިވެހިރާއްޖެ އިން ވަނީ ކުށްވެރިކޮށްފައެވެ. އަަދި އަރަބް ލީގުން ވެސް ވަނީ ހޫޘީންގެ ހަމަލާ ކުުށްވެރިކޮށްފައެވެ. އިނގިރޭސިވިލާތުން ބުނީ "އިރާނުން ހޫޘީން ނަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލަން ޖެހޭ ކަމަށާއި، އިރާނުގެ ނުފޫޒު އިރާނުން ފޯރުވަންވީ ހަމަނުޖެހުން ހުއްޓުމަަށް ކަމަށެވެ."

އާދީއްތަ ދުވަހު ސައުދީ އަށް ފޮނުވާލި ހަތް މިސައިލްގެ ތެރެއިން ތިން މިސައިލް ފޮނުވާލާފައި ވަނީ ވެރިރަށް ރިޔާދަށެވެ. ހޫޘީން މީގެ ކުރިން ވެސް ސައުދީ އަށް ހަމަލާދީފައިވާއިރު ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި ހޫޘީންނަށް ހަތިޔާރު ފޮނުވައި އެހެނިގެން ގޮތްގޮތުން އެހީތެރިވެދެނީ އީރާނުން ކަމަށް ސައޫދީ އާއި ވިލާތުގެ ގައުމުތަކުން ބުނެއެވެ. ނަމަވެސް އީރާނުން އެކަން ދޮގުކުރެއެވެ.

ޔަމަނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަދެ ސައުދީ އިސްވެ އުފައްދާފައިވާ ގުޅިފައިވާ ކޯލިޝަނުން ގެންދަނީ 2015 ވަނަ އަހަރުގެ މާޗްމަހުގެ 26 ވަނަ ދުވަހުން ފެށިގެން ހޫޘީންނާ ދެކޮޅަށް ހަމަލާ ދެމުންނެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު