Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނޫސްވެރިން ހައްޔަރުކުރުން

ރޮހިންޖާ މުސްލިމުން މަރާލި މައްސަލަ ތަހްގީގު ކުރަމުން ދިޔަ ދެ ނޫސްވެރިއަކު މިޔަންމާއިން ހައްޔަރު ކޮށްގެން އުޅޭތާ ހަ މަސް!

މުޅި ދުނިޔެ ގޮވަމުން ދަނީ އެމީހުން ދޫކޮށްލުމަށް

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް, ރާއްޖެ އެމްވީ | 13 ޖޫން 2018 | ބުދަ 10:54
މިޔަންމާއިން ހައްޔަރު ކުރި ދެ ނޫސްވެރިން

މިޔަންމާއިން ހައްޔަރު ކުރި ދެ ނޫސްވެރިން

މިއަންމާގެ ހުޅަނގު އުތުރުގައި އޮންނަ ރަޚީން އަވަށުގައި ކުޑަކުދިން ވެސް ހިމެނޭ ގޮތަށް މިޔަންމާ ސިފައިން މަރާލި 10 މުސްލިމުންގެ މަރުގެ މައްސަލަ ތަހްގީގު ކުރަމުން ދިޔަ ރޮއިޓާސްގެ ދެ ނޫސްވެރިން ހައްޔަރު ކޮށްގެން އުޅޭތާ ހަ މަސް ވެއްޖެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ ދެ ނޫސްވެރިން ހައްޔަރު ކުރީ ސަރުކާރުގެ ސިއްރު ލިޔުންތަކެއް ގެންގުޅުނު ކަމަށް ބުނެއެވެ. ނަމަވެސް އެންމެ ފަހުން ބޭއްވި ޝަރީއަތުގައި ހެކިބަސް ދޭން ފުލުހުންގެ އޮފިސަރު ކޯޓަށް ހާޒިރެއް ނުވެއެވެ.

މިޔަންމާގެ ފުލުހުން ބުނި ގޮތުގައި ހެކިބަސް ދޭން ކޯޓަށް ހާޒިރުވާން ޖެހޭ ފުލުހުންގެ އޮފިސަރަށް ހާޒިރު ނުވެވުނީ، އެހެން ދެ މައްސަލައެއްގެ ތަހްގީގުގައި އޭނާ އުޅެމުންދާތީ އެވެ.

އަންގާރަ ދުވަހުގެ އަޑުއެހުމަށް ދައުލަތުގެ ހެކި ހާޒިރު ނުވުމުން، އަންނަ ހޯމަ ދުވަހަށް އަނެއްކާ ވެސް ވަނީ އަޑުއެހުން ތާވަލް ކޮށްފައެވެ.

ހައްޔަރު ކުރެވުނު އެއް ނޫސްވެރިއަކު އަންގާރަ ދުވަހުގައި ކޯޓުން ނެރުނު ވަގުތު ބުނީ ޖަލުގައި ހަ މަސް ހޭދަކުރުމަކީ ދިގު މުއްދަތެއް ކަމަށާއި އެހެން ނަމަވެސް މާޔޫސް ނުވާ ކަމަށެވެ. އަދި ބުނީ ޖަލުން މިނިވަން ވުމަށްފަހުގައި ވެސް ހަމަ އުޅޭނީ ނޫސްވެރިއެއްގެ ގޮތުގައި ކަމަށާއި އުމުރު ދުވަހުގައި ވެސް އުޅޭނީ މި ދާއިރާގައި ކަމަށެވެ.

ޝަރީއަތާ ބެހޭ ގޮތުން ދައުލަތުން އިސް ޕްރޮސެކިއުޓަރުގެ ބަހެއް ހޯދުމަށް މީޑިއާއިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

އެ ދެ ނޫސްވެރިންގެ މައްޗަށް އުފުލިފައިވާ ދައުވާގެ ޝަރީއަތްތައް އަންނަނީ މިއަހަރު ޖެނުއަރީގެ މަހުން ފެށިގެން ބާއްވަމުންނެވެ. އެ މީހުންނާ ދެކޮޅަށް އުފުލިފައިވާ ދައުވާ ސާބިތު ވެއްޖެނަމަ، ސިއްރުތަކާއި ބެހޭ ގާނޫނުގެ ދަށުން އެ މީހުންނަށް ގިނަ ވެގެން 14 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ރޮއިޓާސްއަށް ފޯނުން މައުލޫމާތު ދެމުން މިޔަންމާ ސަރުކާރުގެ ތަރުޖަމާން ބުނީ އެ ގައުމުގެ ކޯޓު ތަކަކީ މިނިވަން ތަނެއް ކަމަށާއި މި މައްސަލަ ކުރިއަށް ދާނީ ގާނޫނުގެ އިމުގެ ތެރެއިން ކަމަށެވެ. އަދި އެ ދެ ނޫސްވެރިންނާއި އެހެން ގައިދީން ތަފާތެއް ނުކުރާނެ ކަމަށާއި އެ މީހުންގެ ހުރިހާ ހައްގުތަކެއް ވެސް ވަނީ ރައްކާތެރި ކުރެވިގެން ކަމަށެވެ.

އެ ގައުމުގެ ލީޑަރު ސޫކI ވެސް ބުނީ އެމީހުން ކުށްވެރިވާ ކަމަށް ސަރުކާރުން ކަޑަ ނާޅާނެ ކަމަށާއި އެކަން ކުރާނީ ކޯޓުން ކަމަށެވެ.

އެ ދެ ޖާނަލިސްޓުން ހައްޔަރު ކުރެވުނު އިރު އެމީހުން ދިޔައީ މިޔަންމާގެ ސަރުކާރުން ރަކިނީ ސްޓޭޓުގައި ދިރިއުޅޭ ރޮހިންޖާ ދަރިކޮޅުން އެއްވެސް ހައްގަކާ ނުލާ މަރާލި އެތަކެއް ހާސް މުސްލިމުންގެ ތެރެއިން އެންމެ 10 މީހުންގެ މަރު ތަހްގީގު ކުރަމުންނެވެ. މިޔަންމާއިން މުސްލިމުން ނައްތާލަން ދިން ހަމަލާތަކުގެ ސަބަބުން 700،000 މީހުން ވަނީ ސަލާމަތްކަން ހޯދުމަށް އަވަށްޓެރި ބަންގްލަދޭޝްއަށް ގޮސްފައެވެ.

ނޫސްވެރިން ބުނާ ގޮތުގައި އެ މީހުން ހައްޔަރު ކޮށްފައިވަނީ 2 ފުލުހެއްގެ ދައުވަތު ގަބޫލުކޮށް ރެސްޓޯރެންޓެއްގައި އެމީހުންނާ ބައްދަލު ކުރަން ތިއްބައެވެ. އަދި ހައްޔަރު ކުރުމުގެ ހަމަ ކުޑަ އިރުކޮޅެއް ކުރިން އޮޅާފައި ހުރި ގަޑުތަކެއް އަތަށް ދިން ކަމަށް ނޫސްވެރިން ބުނެއެވެ.

ނޫސްވެރިކަމުގެ ހައްގުގައި ދުނިޔޭގައި ވަކާލާތު ކުރާ ފަރާތް ތަކުންނާއި ހިއުމަން ރައިޓްސް ހައްގު ހޯދައިދިނުމަށް އަޑު ނަގާ ފަރާތް ތަކުން ދަނީ އެ ޖާނަލިސްޓުން މިނިވަން ކުރުމަށް ގޮވާލާފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެތަކެއް ގައުމުތައްވެސް ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފްލިންގެ މައްސަލަ ބެލުމަށް ރިޕަބްލިކަން ޕާޓީގެ އިސްބޭފުޅުން ވެސް ތާއީދު

ފްލިންގެ މައްސަލަ ބެލުމަށް ރިޕަބްލިކަން ޕާޓީގެ އިސްބޭފުޅުން ވެސް ތާއީދު

16 ފެބުރުއަރީ 2017
މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

08 ފެބުރުއަރީ 2017
މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި

މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި

08 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި

މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި

05 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު