Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއދ ސެކްރެޓަރީ ޖެނެރަލް

ރޮހިންޖާ މުސްލިމުންނަށް މިޔަންމާއިން ރަށްވެހިކަން ދޭން ޖެހޭ: އެންޓޯނިއޯ ގުޓަރޭސް

ރޮހިންޖާ މުސްލިމުންނަށް އެގައުމުގެ ސަރުކާރުން އިންތިހާއަށް އިހާނެތިކޮށް ހިތުން ވަނީ އިތުރުވެފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 6 ސެޕްޓެމްބަރު 2017 | ބުދަ 08:40
އދ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް

އދ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް

މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ މެދު އެގައުމުގެ ސަރުކާރުން ގެންގުޅެން ޖެހޭ ސިޔާސަތު މިހާރުން މިހާރަށް ބަދަލުކުރަން ޖެހޭ ކަމަށާއި އަދި ރޮހިންޖާ މުސްލިމުންނަށް ރަށްވެހިކަން ދޭންޖެހޭ ކަމަށް އދ. ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.

ގުޓަރޭސް ވިދާޅުވީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނަށް ރަށްވެހިކަން ދޭންޖެހޭ ސަބަބަކީ އެމީހުންނަށް ރީތި ދިރިއުޅުމެއް އުޅެވި މިޔަންމާގެ އެހެން ރައްޔިތުންނެކޭ އެއްފަދައިން މިނިވަންކަމާއެކު ގައުމުގައި ދަތުރުފަތުރު ކުރެވި، ވަޒީފާގެ ފުރުސަތުތައް ހޯދާ އަދި ތައުލީމު ލިބުމަށްޓަކައިި ކަމަށެވެ.

ގުޓަރޭސް އިތުރަށް ވިދާޅުވީ މިޔަންމާގެ މުސްލިމުންނަށް ދިމާވެފައިވާ ނިކަމެތި ހާލަތަކީ އެތައް އަހަރެއް ވަންދެން ދިގުދެމިގެންވާ މައްސަލައެއް ކަމަށާއި މިކަމުގެ ސަބަބުން ސަރަހައްދުގެ ހަމަޖެހުމަށްވެސް ބުރޫއަރާ ކަމަށެވެ.

ވޭތުވެދިޔަ ދެ ހަފްތާ ތެރޭގައި މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ މެދު ހިންގާ ލާއިންސާނީ އަމަލުތައް އިތުރުވެފައިވާ ކަމަށާއި މިފަދަ ކަންކަމަކީ ކަންކަން ގޯސްކޮށް ދިޔުމަށް މަގުފަހިވާނެ ކަންކަން ކަމަށްވެސް ގުޓަރޭސް ވިދާޅުވިއެވެ.

މިޔަންމާގެ މައިނޯރިޓީއެއްގެ ގޮތުގައި ދިރިއުޅެމުންދާ ރޮހިންޖާ މުސްލިމުންނަށް އަނިޔާކޮށް އެމީހުންގެ ގޯތި ގެދޮރުގައި ހުޅުޖަހާ ކުޑަކުދިންނާ މުސްކުޅިން މަރާ އަދި އަންހެނުންގެ އިއްފަތް ފޭރުން ފަދަ އެތައް ލާއިންސާނީ އަނިޔާތަކެއް މިޔަމަންމާގެ ސިފައިން ކުރަމުން ގެންދާއިރު، ބައިނަލްއަގްވާމީ މުޖުތަމައުން އެކަން ހުއްޓާލުމަށް ގޮވާލަމުންދާ ގޮވެލިތަކަށް މިޔަންމާ ސަރުކާރުން އިޖާބަ ނުދެއެވެ.

މިޔަަންމާގެ ސަރުކާރުން އެގައުމުގެ ރޮހިންޖާ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް ވޭތުވެ ދިޔަ ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް 123000 ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިޔަންމާ މީހުން ދެކޭ ގޮތުގައި ރޮހިންޖާ މުސްލިމުންނަކީ އެގައުމުގެ މީހުންނެއް ނޫނެވެ. އެއީ ބަންގްލަދޭޝް އިން ވަގަށް އެތެރެވެގެން އުޅޭ ބައެކެވެ. އެހެން ކަމުން އެމީހުންނަކީ އެކަހެރި ކުރެވި، އެންމެ އަސާސީ ހައްގުތަކުންވެސް މަހްރޫމް ކުރެވިފައިވާ ބައެކެވެ.

އިތުރަށް ކިޔާލަން

26 މެއި 2017

ރަމަޟާން މަހުގު ތަހުނިޔާ ރައީސް ޓްރަމްޕް މުސްލިމުންނަށް ފޮނުއްވައިފި

26 މެއި 2017
ރަމަޟާން މަހުގު ތަހުނިޔާ ރައީސް ޓްރަމްޕް މުސްލިމުންނަށް ފޮނުއްވައިފި
22 މެއި 2017

ސުލްހަ ހޯދައިދޭން ޓްރަމްޕް ފަލަސްތީނާއި އިޒްރާއީލަށް!

22 މެއި 2017
ސުލްހަ ހޯދައިދޭން ޓްރަމްޕް ފަލަސްތީނާއި އިޒްރާއީލަށް!
13 މެއި 2017

މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ

13 މެއި 2017
މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ
11 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ

11 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު