Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝާހިދު ބަލްގޭރިއާއަށް ވަޑައިގަތުން

ދަތުރުފަތުރާއި އައިސިޓީ ދާއިރާއިން ރާއްޖެއާއި ބަލްގޭރިއާ ގުޅުން ބަދަހިކުރަނީ

30 ޖުލައި 2021 | ހުކުރު 19:12

ރާއްޖޭގެ މަހުގެ އުފެއްދުންތައް ބަލްގޭރިއާއަށް އެކްސްޕޯޓުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 30 ޖުލައި 2021 | ހުކުރު 19:12
މިނިސްޓަރ ޝާހިދުވަނީ ބަލްޤޭރިއާގެ މިނިސްޓަރ އޮފް އިކޮނަމީގެ ނާއިބު ކަލީނާ ކޮންސްޓަންޓިނޯވާއާވެސް ބައްދަލުކުރައްވާފައި

މިނިސްޓަރ ޝާހިދުވަނީ ބަލްޤޭރިއާގެ މިނިސްޓަރ އޮފް އިކޮނަމީގެ ނާއިބު ކަލީނާ ކޮންސްޓަންޓިނޯވާއާވެސް ބައްދަލުކުރައްވާފައި

ދަތުރުފަތުރާއި އައިސިޓީ ދާއިރާއިން ރާއްޖެއާއި ބަލްގޭރިއާއިން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބަލްގޭރިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ޓްރާންސްޕޯޓް، އިންފޮމޭޝަން ޓެކްނޯލޮޖީ އެންޑް ކޮމިއުނިކޭޝަން މިނިސްޓަރ ގިއޯރގީ ތެދްރޮވްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަތުރުފަތުރުގެ ދާއިރާއާއި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވުނުކަމަށެވެ. އަދި މި މަޝްވަރާތަކުގެ ސަބަބުން ކުރިއަށްއޮތް ތަނުގައި އެ ދާއިރާތަކުން ދެގައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށްވެސް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މިނިސްޓަރ ޝާހިދުވަނީ ބަލްގޭރިއާގެ މިނިސްޓަރ އޮފް އިކޮނޮމީގެ ނާއިބު ކަލީނާ ކޮންސްޓަންޓިނޯވާއާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖެއާ ބަލްގޭރިއާދެމެދު ވިޔަފާރިއާ އިގްތިސާދީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެވޭނެގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ރާއްޖޭގެ މަހުގެ އުފެއްދުންތައް ބަލްގޭރިއާއަށް އެކްސްޕޯޓުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވްރާކުރެއްވިކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މި ބައްދަލުވުންތަކުގެ ކުރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ބަލްޤޭރިއާގެ ފޮރިން މިނިސްޓަރާއި ޓޫރިޒަމް މިނިސްޓަރާއިވެސް ބައްދަލުކުރައްވައި ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާ، އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް ކުރައްވާފައެވެ. މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ޑރ. ފަރަހަނާޒް ފައިޞަލާއި، އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ތާޑް ސެކްރެޓަރީ މަރިޔަމް އަފްނާން ބައިވެރިވެވަޑައިގަންނަވައެވެ. ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ބަލްގޭރިއާއަށް ކުރެއްވި މި ދަތުރުފުޅުގައި އދ.ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއްދެއްވާނެ ކަންތައްތަކާއި، އެމަނިކުފާނުގެ ރިޔާސަތުގެ ތެރެއިން ޙާޞިލުކުރަން ބޭނުންވާ ކަންކަމާއި ގުޅޭގޮތުންވެސް ބަލްގޭރިއާގެ އިސްބައެއް ފަރާތްތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި ވަނީ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2017

އެމްޑީޕީ ދިއްދޫ ދާއިރާއިން ރާއްޖެޓީވީއަށް އެހީވުމަށް "އަބުރުފުޅު ފަންޑު ފޮއްޓެއް" މާދަމާ ހުޅުވަނީ

13 އޮކްޓޯބަރު 2017
އެމްޑީޕީ ދިއްދޫ ދާއިރާއިން ރާއްޖެޓީވީއަށް އެހީވުމަށް "އަބުރުފުޅު ފަންޑު ފޮއްޓެއް" މާދަމާ ހުޅުވަނީ
28 ސެޕްޓެމްބަރު 2017

ރާއްޖެއާއި ޗައިނާގެ ގުޅުމަށް 45 އަހަރު ފުރުން ފާހަގަކުރަން ޖާފަތެއް ބާއްވައިފި

28 ސެޕްޓެމްބަރު 2017
ރާއްޖެއާއި ޗައިނާގެ ގުޅުމަށް 45 އަހަރު ފުރުން ފާހަގަކުރަން ޖާފަތެއް ބާއްވައިފި
12 ޖުލައި 2017

އަޅުގަނޑަކީ ޝަރުއީ ދާއިރާއިން ނިންމާ ނިންމުން އެގްޒެކްޓިވް ބާރު ބޭނުންކޮށްގެން އަނެއް ކޮޅަށް ޖަހާނެ މީހެއް ނޫން : ރައީސް ޔާމީން

12 ޖުލައި 2017
އަޅުގަނޑަކީ ޝަރުއީ ދާއިރާއިން ނިންމާ ނިންމުން އެގްޒެކްޓިވް ބާރު ބޭނުންކޮށްގެން އަނެއް ކޮޅަށް ޖަހާނެ މީހެއް ނޫން : ރައީސް ޔާމީން
06 ޖުލައި 2017

މުހައްމާގެ ނިންމެވުމަށް އެމްޑީޕީ އިހަވަންދޫ ދާއިރާއިން މަރުހަބާ ކިޔައިފި

06 ޖުލައި 2017
މުހައްމާގެ ނިންމެވުމަށް އެމްޑީޕީ އިހަވަންދޫ ދާއިރާއިން މަރުހަބާ ކިޔައިފި
13 ޖޫން 2017

ރާއްޖެއާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަޖިލީހުން ރުހުން ދީފި

13 ޖޫން 2017
ރާއްޖެއާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަޖިލީހުން ރުހުން ދީފި
29 މެއި 2017

މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ

29 މެއި 2017
މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ
11 މެއި 2017

މަސީހުގެ ދާއިރާއިން މަސީހުގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާ ކޮށްފި

11 މެއި 2017
މަސީހުގެ ދާއިރާއިން މަސީހުގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާ ކޮށްފި
18 މާރިޗު 2017

ރާއްޖެޓީވީގެ އަބުރު ފަންޑަށް ހުޅުހެންވޭރު ދާއިރާއިން އެހީ

18 މާރިޗު 2017
ރާއްޖެޓީވީގެ އަބުރު ފަންޑަށް ހުޅުހެންވޭރު ދާއިރާއިން އެހީ
18 މާރިޗު 2017

އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި

18 މާރިޗު 2017
އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް