Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ތަނެއް ހަދަންޏާ އަދިވެސް ނަޒަރު ސީދާވަނީ މާލެއަށެވެ!

ހުޅުމާލެ އާއި ވިލިމާލެ އާބާދުކުރެވުނީ ތޮއްޖެހިފައިވާ މާލެއަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން

ރާއްޖެ އެމްވީ | 29 ޖުލައި 2021 | ބުރާސްފަތި 11:38
ރައީސުލްޖުމްހޫރިއްޔާ ހުންނެވުމަށް ޚާއްސަވެފައިވާ މުލީއާގޭގެ ބޭރުގައި ބަހައްޓާފައިވާ ބޯޑެއް: ދައުލަތުގެ ތިންބާރުގެ ވެރީންނަށްވެސް ގަނޑުވަރުތަކެއް މިހާރު ވަނީ ހަމަޖައްސާދީފައި

ރައީސުލްޖުމްހޫރިއްޔާ ހުންނެވުމަށް ޚާއްސަވެފައިވާ މުލީއާގޭގެ ބޭރުގައި ބަހައްޓާފައިވާ ބޯޑެއް: ދައުލަތުގެ ތިންބާރުގެ ވެރީންނަށްވެސް ގަނޑުވަރުތަކެއް މިހާރު ވަނީ ހަމަޖައްސާދީފައި

ދިވެހިރާއްޖޭގެ މިޒަމާނުގެ ތާރީޚު ފެށިގެން އައިދުވަސްވަރު ދައުލަތުގެ ބޮޑެތި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ވަކިވަކި ގަނޑުވަރުތަކެއް ހަމަޖައްސައިދިނުމުގެ އުސޫލެއް ނޯވެއެވެ. އެފަދަ އުސޫލެއް އެދުވަސްވަރު މުހިންމެއްވެސް ނޫނެވެ. އޭރު ދައުލަތުން ގަނޑުވަރެއް ހަމަޖައްސައިދެނީ އެންމެ ބޭފުޅަކަށެވެ. އެއީ ދިވެހިރާއްޖޭގެ ރަދުންނެވެ. މާލޭގައި ހުންނަ ބޮޑުގަނޑުވަރަކީ ރަސްކަމުގެ ކޮއިލެވެ. ރަސްގެފާނާއި ރަސްކަމުގެ އާއިލާގެ ދިރިއުޅުން އޮންނަނީ އެތަނުގައެވެ. މިދެންނެވި ބޮޑުގަނޑުވަރު މިހާރު ވަނީ ތަޅައިލެވިފައެވެ. ބޮޑުގަނޑުވަރު ތަޅައިލެވުނީ 1968 ވަނަ އަހަރު ރަސްކަން އުވާލައި އަލުން ޖުމްހޫރިއްޔަތެއް ގާއިމުކުރެވުމާ ގުޅިގެންނެވެ.

ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީނުގެ ދައުރުގައި އެމަނިކުފާނުގެ ގަނޑުވަރަކީ އަމިއްލަފުޅު ގެކަމަށްވާ އަތިރީގެއެވެ. އަމީނުގެ ދައުރު ނިމިގެން ދެން ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި އިބްރާހިމް ފާމުލަދޭރިކިލެގެފާނުވެސް ބޭނުންކުރެއްވީ އެކިލެގެފާނުގެ އަމިއްލަފުޅު ގެކަމަށްވާ އެއްގަމުގެއެވެ. އޭގެފަހުން ބޮޑުވަޒީރުކަމަށް އަދި ފަހުން ރައީސްކަމަށް ވަޑައިގެންނެވި އިބްރާހިމް ނާސިރު ބޭނުން ކުރެއްވީ އެމަނިކުފާނުގެ އަމިއްލަފުޅު ގެ ކަމަށްވާ ވެލާނާގެއެވެ. ރަސްކަން އުވައިލެވުނީމާ އެންމެ ފަހަކަށް ހުންނެވި ރަދުން މުހައްމަދު ފަރީދު އެނބުރި ވަޑައިގަތީ އެމަނިކުފާނުގެ އަމިއްލަފުޅު ގެ ކަމަށްވާ މާބަގީޗާގެއަށެވެ. މާބަގީޗާގެ ހުރިތަނުގައި މިހާރު އެހެރީ ރައްޔިތުންގެ މަޖިލީސްކުރާގެއެވެ.

އަމިއްލަފުޅު ތަންތަނުގައި މިދެންނެވި ބޭފުޅުން އުޅުއްވިއަސް މިފެންވަރުގެ ބޭފުޅުން އުޅުއްވުމަށް ފުދޭނޭ ފައްކާކުރެވިފައިވާ ގަނޑުވަރެއް މާލޭގައި ހުއްޓެވެ. އެއީ މިހާރުވެސް އެފެންނަ މުލީއާގެއެވެ. މުލީއާގެއަކީ ސުލްތާނު މުހައްމަދު ޝަމްސުއްދީނު ތިންވަނައިގެ އަމިއްލަފުޅު ގަނޑުވަރެވެ. އެތަން ފައްކާކުރެވުނީ އެރަދުންގެ ދަރިކަލުން އަދި ވަލީއަހުދު ޕްރިންސް ހަސަން އިއްޒުއްދީނަށްޓަކައެވެ. ކަންދިމާކުރިގޮތުން ރަދުންގެ ދެބަފައިކަލުން ކުށްވެރިވެގެން ރަސްކަމުން އަޒުލުކޮށް ފުވައްމުލަކަށް އަރުވައިލެވި މުލީއާގެވެސް ދައުލަތަށް ނެގުނީއެެވެ. ރައީސުލްޖުމްހޫރިއްޔާއަކު ހުންނެވުމަށް ރަސްމީ ސިފައެއްގައި މުލީއާގެ ބޭނުން ކުރަން ފެށުނީ ރައީސް މައުމޫނުގެ ދައުރުގައެވެ. ކޮންމެވެސް ސަބަބުތަކަކާހެދި މުލީއާގެ ދޫކުރައްވައި ރައީސް މައުމޫން ފަހުން އިޚުތިޔާރު ކުރެއްވީ ތީމުގެއެވެ. ތީމުގެއޭ ކިޔަސް އެއީ އިހުގެ ތީމުގެއެއް ނޫނެވެ. އެއީ އަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނުގެ އަމިއްލަފުޅު ތިން ގޭގެ ތެރެއިން އަތިރީމާފަންނު ގެއެވެ. ދައުލަތަށް އެގެ ނެގުމަށްފަހު ތީމުގެއޭ ކިޔައި ނަންދިނީ މާފަހަކުންނެވެ.

ރަންނަބަނޑޭރިކިލެގެފާނުގެ އަނެއް ދެގެޔަކީ މާފަންނުގެއާއި މާފަންނުއާގެއެވެ. މީގެ ތެެރެއިން މާފަންނުއާގެ ހުރިތަން ދާދިފަހަކުން ދައުލަތަށް ގަނެގެން އެތަނުގައި ހަދާފައިވަނީ ޕާކިން ޒޯނެކެވެ. ދަންޑެހެލުގެއޭ އެކިޔާ ބިން ހިމެނެނީ މިޒޯނުގައެވެ. ރައީސް މައުމޫނަށްފަހު ރައީސްކަމަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުންވެސް ބޭނުންކުރެއްވީ ދައުލަތުން ހަމަޖައްސައިދިން ގަނޑުވަރެކެވެ. ރައީސް ނަޝީދާއި ރައީސް ވަހީދާއި ރައީސް ޔާމީން އަދި މިހާރު ރައީސް ސާލިހުވެސް ބޭނުން ކުރައްވަމުން އެގެންދަވަނީ ދައުލަތުގެ ގަނޑުވަރެއް ކަމަށްވާ މުލީއާގެއެވެ. ރައީސް ނަޝީދުގެ ދައުރުގައި ތީމުގެ ބަދަލުކުރެވިފައިވަނީ ފަނޑިޔާރުގެޔަކަށެވެ. ސްޕްރީމްކޯޓާއި ހައިކޯޓު ހިނގަމުން ދަނީ އެތަނުގައެވެ.

ނާއިބުރައީސުން އިންތިޚާބު ކުރަން ފެށިފަހުން އެބޭފުޅުންނަށްވެސް ދައުލަތުން ގަނޑުވަރެއް ހަމަޖައްސައިދީފައިވެއެވެ. އެގަނޑުވަރަކީ ހިލާލީގެއެވެ. ނާއިބުރައީސުންކަމުގައިވި ބޭފުޅުންގެ ތެރެއިން ޑރ ވަހީދާއި ޑރ ޖަމީލާއި އަދި މިހާރު ފައިސަލް ނަސީމު ދިރިއުޅުއްވަނީވެސް ހިލާލީގޭގައެވެ. ހިލާލީގެޔަކީ ރައީސް ނާސިރަށް ނިސްބަތްވި އަމިއްލަ ބިންތައް ރައީސް މައުމޫނުގެ ދައުރުގައި ދައުލަތަށް ނެގިއިރު ނެގިފައިވާ ބިމެކެވެ. އެބިމުގައި އައު ގަނޑުވަރެއް އިމާރާތް ކުރުމަށްފަހު ފުރަތަމަ ބޭނުން ކުރެވުނީ ރާއްޖެއަށް ޒިޔާރަތް ކުރައްވާ ބޭރުގެ އިއްޒަތްތެރިން ތިއްބެވުމަށް ދައުލަތުގެ ގެސްޓް ހައުސްއެއްގެ ގޮތުގައެވެ. ހިލާލީގެ، މިނަމަކީ ރަސްކަމުގެ ޚާންދާނަކަށް ނިސްބަތްކޮށްފައި ރައީސް މައުމޫނުގެ ދައުރުގައި ކިޔާފައިވާ އައުނަމެކެވެ.

މިއަދު ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ތެރެއިން ދެ ބޭފުޅުނަށްވުރެ ގިނަ ބޭފުޅުންނަށް ގަނޑުވަރުތައް ހަމަޖައްސައިދޭން މިވަނީ ލާޒިމުވެފައެވެ. ތޮއްޖެހިފައިވާ މާލޭގައި ދައުލަތުގެ ވެރީންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުންވެސް ވަނީ ނުހަނު ދަތި ކަމަކަށް ވެފައެވެ. އެހެންނަމަވެސް ވެރިރަށަކީ މާލެ ކަމަށްވުމާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަފަނޑިޔާރަށްވެސް ގެކޮޅުތައް ހަމަޖައްސައިދޭން ޖެހުނީ މާލެއިންނެވެ. އަލަށް ހަމަޖެހުނު ދެ ބިމުގެ ތެރެއިން އެއްބިމަކީ އިހުގެ މާފަންނުއާގޭގެ ތަންކޮޅެކެވެ. އަނެއް ބިމަކީ ރައީސް ނާސިރުގެ އަމިއްލަފުޅު ބިންތަކުގެ ތެރެއިން ރައީސް މައުމޫނުގެ ދައުރުގައި ދައުލަތަށް ނެގުނު ބަންޑާރަވިލާއެވެ.

ދައުލަތުގެ އިސްވެރީންނަށް ދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަން އިތުރުވަމުންދާއިރު އަދި މާލޭގެ ތޮއްޖެހުން ބޮޑުވެ މާލޭގައި ދިރިއުޅުން ތުރާލަކަށްވާއިރު އަދިވެސް މިފެންނަނީ މާލެއިން ތަންތަން ހަމަޖެއްސުމުގެ ވިސްުނުމެކެވެ. ހުޅުމާލޭގައި ބިންއޮވެފައިމެ އަދި ހުޅުމާލެއާއި މާލެ ބުރިޖަކުން ގުޅާލެވިފައިވިޔަސް ދައުލަތުގެ ވުޒާރާއެއްވެސް އަދި ވެރިއެއްގެ ރަސްމީ ގެކޮޅުވެސް ހުޅުމާލެއަށް ބަދަލުކުރާ ވާހަކަ ބަޔަކު ދައްކާތީ އަޑެއް ނީވެއެވެ. ފަހަރުގައި ގްރޭޓަރ މާލެއޭ ކިޔަކަސް ހުޅުމާލެއާއި ވިލިމާލެއާއި ތިލަމާލެއާއި ގުޅިމާލެއަކީ ހަގީގީ މާލެއަކަށް ނުވާތީ މީންތަނެއް ބަދަލުކުރުމުގެ ވިސްނުން ނެތީ ކަމަށް ވެދާނެއެވެ. ދިވެހިރާއްޖޭގެ ވެރިރަށަކީ މާލޭކަމަށް ގާނޫނުއަސާސީއާޢި ލާމަރުކަޒީ ގާނޫނުގައި ބަޔާންވެގެންވާތީ އަސްލު މާލެއިން ބޭރަށް މީންތަނެއް ގެންދަން ޖާގަނެތީ ކަމަށްވެސް ވެދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިބޫ އަށް ހަމަލާދޭން އުޅުން: އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ، ކަންބޮޑުވާންޖެހޭ!

އިބޫ އަށް ހަމަލާދޭން އުޅުން: އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ، ކަންބޮޑުވާންޖެހޭ!

11 ޖުލައި 2018
ސައުދީގެ އަންހެނުންނަށް އަދިވެސް މަނާކުރެވިފައިވާ ފަސްކަމެއް

ސައުދީގެ އަންހެނުންނަށް އަދިވެސް މަނާކުރެވިފައިވާ ފަސްކަމެއް

14 ޖޫން 2018
އަދިވެސް އަޑުގަދަ މީހާ ރުއް ގިނަ!

އަދިވެސް އަޑުގަދަ މީހާ ރުއް ގިނަ!

30 އެޕްރީލު 2018
މަޔާމީންގެ ހަނދާންތައް: ދަރިފުޅަށް އެދުވަހު ސައިބޯން ލާރިދިން މަންޒަރު ކުރިމަތިން އަދިވެސް ހީވަނީ ފެންނަހެން

މަޔާމީންގެ ހަނދާންތައް: ދަރިފުޅަށް އެދުވަހު ސައިބޯން ލާރިދިން މަންޒަރު ކުރިމަތިން އަދިވެސް ހީވަނީ ފެންނަހެން

24 އެޕްރީލު 2018
އަދިވެސް ކަރުނައެއް ނުހިފެހެއްޓޭ، އަޑުތަކުން ލިބެނީ ވޭން!

އަދިވެސް ކަރުނައެއް ނުހިފެހެއްޓޭ، އަޑުތަކުން ލިބެނީ ވޭން!

23 އެޕްރީލު 2018

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު