Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކުރީގެ ރައީސް މައުމޫން

ރައީސް މައުމޫނުގެ ލުއި ފަރާތް

އެންމެ ފާހަގަކޮށްލެވޭ ހޮބީއަކީ ޢަރަބި އަކުރު ލިއުއްވުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 ޖުލައި 2021 | ބުދަ 12:59
ކުރީގެ ރައީސް މައުމޫނު ޢަބްދުލްގައްޔޫމް

ކުރީގެ ރައީސް މައުމޫނު ޢަބްދުލްގައްޔޫމް

ރައީސް މައުމޫނުގެ "ލުއި ފަރާތާ" ގުޅޭގޮތުން ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގެ ޕްރެޒެންޓަރ ޢާމިރު ސަލީމް ކުރެއްވި ސުވާލުގެ ޖަވާބު އެމަނިކުފާނު ފެއްޓެވީ "އަޅުގަނޑުގެ ހޮބީތައް ވަރަށް ގިނަ"އޭ ވިދާޅުވަމުންނެވެ. އޭގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ ހޮބީއަކީ ޢަރަބި އަކުރު ލިއުއްވުންކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ. ތެދެއް މެއެވެ. އިސްލާމީ މަރުކަޒުގައި ޢަރަބި އަކުރުން ލިއުއްވާފައިވާ ނަމާއި، މިންބަރުގެ ފަަހަތުގައި ޢަރަބި އަކުރުން ލިއުއްވާފައިވާ ފްރޭމްއަކީވެސް ރައީސް މައުމޫނުގެ މި ޝައުޤުވެރިކަމުގެ ދަށުން ކުރައްވާފައިވާ ބައެއް މަސައްކަތްޕުޅުތަކެވެ.

ރައީސް މައުމޫނު ވިދާޅުވީ، މިހާރު އެފަދަ ލިއުންތައް ޑިޖިޓަލްކޮށް ކޮމްޕިއުޓަރުން ލިއެ އުޅުނު ނަމަވެސް، އޭރު އެއީ މޮޅު ފަންނެއް ގޮތުގައި ފާހަގަ ކުރެވޭ ކަމެއް ކަމަށެވެ. ޚާއްސަ ގޮތެއްގައި މިޞްރުގައި ކިޔަވާވިދާޅުވާން އުޅުއްވިއިރު މި ފަންނުގެ ބޭނުންތެރިކަން ނުހަނު މުހިއްމުކަން ރައީސް މައުމޫނު ފާހަގަ ކުރެއްވިއެވެ. ޑިޖިޓަލްކޮށް އެކަން ކުރާއިރު މީހާގެ ފަންނާއި ފުނޫނު އެކަމުގައި ބޭނުން ނުކުރެވޭނެކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.

އެންމެ މީރުވަސްދުވާ ސެންޓާބެހޭގޮތުން ކުރި ސުވާލަށް ހިނިފުޅުވަޑުވާލެއްވުމަށްފަހު ރައީސް މައުމޫނު ވިދާޅުވީ، "ރޯޔަލް ކޯޕަންހޭގަން"އަކީ ވަރަށް ކުރިން ފެށިގެން ބޭނުން ކުރައްވާ ސެންޓެއް ކަމަށެވެ. އެ ސެންޓުން މީރުވަސް ދުވާކަން ފާހަގަ ކުރައްވައި ރައީސް މައުމޫނު ވިދާޅުވީ، އެއީ ލިބުންވެސް ދަތި ސެންޓެއް ކަމަށެވެ. ރާއްޖެއިންވެސް ލިބުން ދަތި މި ސެންޓު ސަރަހައްދީ ގައުމުތަކުންވެސް ލިބުން އެހާ ދަތިކަން ރައީސް މައުމޫނު ވިދާޅުވިއެވެ. އަލިމަހަށްވެސް އަގުބޮޑު ވެވެނީ ލިބުން ދަތިވީމައޭ ކިޔާ އުޅެއެވެ. ރައީސް މައުމޫނު ބޭނުން ކުރައްވާ ސެންޓަށްވެސް މިވީ އެހެންތާއެވެ.

ރޯޔަލް ކޯޕަންހޭގަންގެ އިތުރުން އަރްމާނީގެ "ރޯސް އަރާބިއާ"ވެސް ބޭނުން ކުރައްވާކަން ފާހަގަ ކުރައްވައި ރައީސް މައުމޫނު ވިދާޅުވީ، އަނބިކަނބަލުން ނަސްރީނާ އިބްރާހީމްއަށް ވެސް ބޮޑަށް ކަމުދަނީ ރޯޔަލް ކޯޕަންހޭގަން ކަމަށެވެ.

ކޮންމެއަކަސް މައުމޫނުގެ ލުއި ފަރާތުގެ ސޮފުހާތަކާ ގުޅޭ ސުވާލުތައް ޕްރެޒެންޓަރ ޢާމިރު ނިއުޅަމުން ގެންދެވިއިރު ރައީސް މައުމޫނުވެސް ގެންދެވީ ޝައުޤުވެރިކަމާއެކު އެ ސުވާލުތަކުގެ ޖަވާބު ދެއްވަމުންނެވެ. އެގޮތުން މިޞްރުގައި ކިޔަވާ ވިދާޅުވާން އުޅުއްވިއިރު ބޭނުން ކުރެއްވި ފޮތްތަކާ ގުޅޭގޮތުން ސުވާލު ކުރުމުން ވިދާޅުވީ ދެއްވަން އޮތީ ކުރު ޖަވާބެއް ކަމަށެވެ. އެގޮތުން ބޭނުން ކުރެއްވި ހުރިހާ ފޮތްތަކެއް ގެއްލިފައިވާ ކަމަށާއި، މިއަދާ ހަމައަށްވެސް ފޮތްތަކަށް ވީނުވީއެއް އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ. އޭގެ ތެރޭގައި އެމަނިކުފާނުގެ ދުރު ހަނދާންފުޅުތައް ލިއުއްވާފައިވާ ފޮތްތައްވެސް ހިމެނޭކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.

އެންމެ މީރު ކެއުމާ ގުޅޭގޮތުން ސުވާލު ދެންނެވުމުން ދެއްވީ ވަރަށް ސާފު ޖަވާބެކެވެ. ގިނަ ދިވެހިންގެ އެންމެ މަޤްބޫލު އެއް ކެއުން ކަމަށްވާ ރިހާކުރާއި ބަތަކީ އެންމެ ފަރިއްކުޅުއްވަން ކަމުދާ ކެއުންކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.

ސާދާ ކަމާއި ސަމާސާގެ ރާގުގަނޑާއެކު ސުވާލުތަކަށް ޖަވާބުދެއްވަމުންގޮސް ދެން އައީ ވެރިކަމުގައި ދިމާވި އެންމެ މަޖާ ކަމަކީ ކޮބައިތޯ ކުރި ސުވާލެވެ. ޕްރެޒެންޓަރ ޢާމިރު ގެންދެވީ ހަމަ ރަނގަޅަށްވެސް ރައީސް މައުމޫނުގެ ލުއި ފަރާތުގެ ސޮފުހާތައް ނިއުޅުއްވަމުންނެވެ. އެ ސުވާލާއެކު ރައީސް މައުމޫނުވެސް ހިނިފުޅުވަޑުވާލީ އެއީ ދެންމެ ވީ ކަމެއްހެން ހީވާފަދަ ގޮތެއްގައެވެ. ރައީސް މައުމޫނުގެ ހަނދާންތައް ގޮސް ހުއްޓުނީ 1900 ގެ އަހަރުތަކުގައި އދ ގެ މަޖިލީހުގައި ހިނގާ ދިޔަ ކަމަކަށެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސް ވަނީ އދ ގެ ސެކެޓްރީ ޖެނެރަލް ބޭއްވެވި ރިސެޕްޝަނަކަށް ވަޑައިގެންނެވިއިރު ދިމާވި ކަމެއް ހިއްސާ ކުރައްވާފައެވެ. އޭރު ވަފްދުތަކުގެ ވެރިންނަށް ލިބިވަޑައިގަންނަވާ ދައުވަތާއެކު ރައީސް މައުމޫނުވެސް ވަޑައިގަތީ އެންމެ ހަގު ބޭފުޅާ ގޮވައިގެންނެވެ.

ފަލަކީ ޢިލްމާ ގުޅޭގޮތުން ރައީސް މައުމޫނު ވިދާޅުވީ، އެމަނިކުފާނަކީ ފަލަކީ މާހިރެއް ނޫން ނަމަވެސް، ޝައުޤުވެރިކަން ހުރި ދާއިރާއެއްކަމުން ގިނަ ފޮތްތައް ކިއުއްވައި ޝައުޤުވެރިކަން އުފެދިގެން ދިޔަ ކަމަށެވެ. ނައިޖީރިއާގައި އުޅުއްވިއިރު ޚާއްސަ ގޮތެއްގައި އެ ޝައުޤުވެރިކަން އިތުރުވެގެން ދިޔަކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ. ފަލަކީ އިލްމު ދަސް ކުރެއްވުމަށް އުފެދުނު ޝައުޤުވެރިކަމުގެ ފެށުމަކީވެސް އެއީކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ މިޒާޖާއި ގުޅޭގޮތުން ރައީސް މައުމޫނު ވިދާޅުވީ، އަބަދުވެސް މަޑުމައިތިރިކަމާއި، ހިތްހެޔޮވުމަށް އިސްކަން ދެއްވާ ކަމަށެވެ. ވެރިކަމުގެ 30 އަހަރު ހޭދަ ކުރެއްވިއިރު ދުވަހަކުވެސް އެއްވެސް މުވައްޒަފަކަށް ނުރުހުމުގެ ގޮތުން ކޯފާ އިސްކުރައްވައި ބަހެއް ވިދާޅުވެފައިނުވާނެ ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ. ކޮންމެއަކަސް ރައީސް މައުމޫނުގެ ލުއި ފަރާތުގެ ގިނަ ވާހަކަތަކެއް އަދިވެސް ހުންނާނެއެވެ. ނަމަވެސް މިހާ ހިސާބުން ނިންމާލީއެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި
01 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!
30 ޖެނުއަރީ 2017

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!
26 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން

26 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
19 ޖެނުއަރީ 2017

މައުމޫނުގެ އޮފް ކަނޑާލަން ޔާމީންގެ އިތުރު މަޅިއެއް!

19 ޖެނުއަރީ 2017
މައުމޫނުގެ އޮފް ކަނޑާލަން ޔާމީންގެ އިތުރު މަޅިއެއް!
14 ޖެނުއަރީ 2017

މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟

14 ޖެނުއަރީ 2017
މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
07 ޖެނުއަރީ 2017

ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟

07 ޖެނުއަރީ 2017
ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟
05 ޖެނުއަރީ 2017

ރައީސް ޔާމީނަށް ކުރާ އިލްތިމާސް!

05 ޖެނުއަރީ 2017
ރައީސް ޔާމީނަށް ކުރާ އިލްތިމާސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު