Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވައިނަލްޑަމް ފާޑުކިޔުން

ލިވަޕޫލް ސަޕޯޓަރުންނަށް ވައިނަލްޑަމްގެ ބޮޑެތި ފާޑުކިޔުންތަކެއް

26 ޖުލައި 2021 | ހޯމަ 14:20

ވައިނަލްޑަމް ޕީއެސްޖީއަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގެ ދަށުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 26 ޖުލައި 2021 | ހޯމަ 14:20
ލިވަޕޫލް ދޫކޮށް ޕީއެސްޖީއަށް ބަދަލުވި ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް

ލިވަޕޫލް ދޫކޮށް ޕީއެސްޖީއަށް ބަދަލުވި ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް

ދާދި ފަހުން ޕީއެސްޖީއަށް ބަދަލުވި ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް ލިވަޕޫލް ސަޕޯޓަރުންނަށް ފާޑުކިޔައިފިއެވެ.

އުމުރުން 30 އަހަރުގެ މިޑްފީލްޑަރު ލިވަޕޫލް ދޫކޮށް ޕީއެސްޖީއަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. މީގެ ކުރިން ވައިނަލްޑަމް ބާސެލޯނާއަށް ބަދަލުވާނެ ކަމަށް ބެލެވުނު ނަމަވެސް،  ޕީއެސްޖީން ފަހުން ވަނީ ވައިނަލްޑަމްގެ ޑީލް ހައިޖެކް ކޮށްފައެވެ. އެގޮތުން ބާސާއިން ހުށަހެޅި މުސާރައަށް ވުރެ ބޮޑު މުސާރާއެއް ޕީއެސްޖީން ހުށަހެޅުމާއެކު، ވައިނަލްޑަމް ވަނީ ޕީއެސްޖީއަށް ސޮއިކޮށްފައެވެ. ހިލޭ ޓްރާންސްފާއެއްގެ ދަށުން ވައިނަލްޑަމް ޕީއެސްޖީއާ ގުޅުނުއިރު، އޭނާ ވަނީ އެ ޓީމާއެކު ތިން އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވައިނަލްޑަމް ބުނީ ލިވަޕޫލުގައި ހޭދަކުރި ދުވަސްވަރު ސަޕޯޓަރުންގެ އަމަލުތައް ހުރިގޮތުން ކުލަބުގައި އޭނާގެ މުހިންމުކަން އިހުސާސް ނުކުރެވުނު ކަމަށެވެ. އެގޮތުން އޭނާއަސް ލޯތްބާއި އިހުތިރާމް ނުލިބޭކަމުގެ އިހުސާސް ކުރެވުނު ދުވަސްތަކެއް ދިޔަ ކަމަށްވެސް ބުންޏެވެ. އެކަމަކު މުހިއްމުކަން އިހުސާސް ނުކުރެވުނީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ފަރާތުން ނޫން ކަމަށްވެސް ވައިނަލްޑަމް ވަނީ ބުނެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ހިލޭ ޓްރާންސްފާއެއްގެ ދަށުން ވައިނަލްޑަމް ޕީއެސްޖީއަށް ބަދަލުވީ އެއްބަސްވުން އާކުރުމުގައި ދެބަސްވުންތަކެއް ހުރުމުންނެވެ. އެގޮތުން ލިވަޕޫލުގައި ވައިނަލްޑަމް ބަހައްޓަން އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބޭނުންވި ނަމަވެސް، ވައިނަލްޑަމް ބޭނުންވި ގޮތަށް އެއްބަސްވުން އާކުރަން ލިވަޕޫލުގެ މެނޭޖުމަންޓުން ބޭނުންނުވި ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ލިވަޕޫލުގައި ފަސް އަހަރު ހޭދަކުރުމަށް ފަހު ވައިނަލްޑަމް އެ ޓީމު ދޫކޮށްލިއިރު، މީގެ ކުރިން ނިއުކާސަލް ޔުނައިޓެޑަށްވެސް ކުޅުނު ވައިނަލްޑަމް ލިވަޕޫލަށް ބަދަލުވީ 2016 ވަނަ އަހަރުއެވެ. އެއަށްފަހު އޭނާ ވަނީ ލިވަޕޫލަށް ކުޅެދިން 236 މެޗުގައި 22 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މި ފަހުން ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕުގެ އިތުރުން ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ވައިނަލްޑަމްގެ ހިއްސާ ބޮޑެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް

04 އެޕްރީލު 2017
މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް
03 އެޕްރީލު 2017

ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް

03 އެޕްރީލު 2017
ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް
01 އެޕްރީލު 2017

ޕްރިމިއާ ލީގު: އެވަޓަންގެ މައްޗަށް ލިވަޕޫލް އިން ކުރިހޯދައިފި

01 އެޕްރީލު 2017
ޕްރިމިއާ ލީގު: އެވަޓަންގެ މައްޗަށް ލިވަޕޫލް އިން ކުރިހޯދައިފި
26 މާރިޗު 2017

ހަމޭސްގެ ސޮއި ހޯދުމުގެ ރޭހުގައި ލިވަޕޫލްވެސް ބައިވެރިވެއްޖެ

26 މާރިޗު 2017
ހަމޭސްގެ ސޮއި ހޯދުމުގެ ރޭހުގައި ލިވަޕޫލްވެސް ބައިވެރިވެއްޖެ
20 މާރިޗު 2017

ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ

20 މާރިޗު 2017
ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ
05 މާރިޗު 2017

ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ

05 މާރިޗު 2017
ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ
12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް