Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ އަންހެން ޓީމު

އޭދަފުށި އަތުން ގައުމީ އަންހެން ޓީމަށް މޮޅެއް

މެޗަށްފަހު ބޭރު ގައުމެއްގައި ގައުމީ އަންހެން ޓީމު ކޭމްޕްކުރާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 26 ޖުލައި 2021 | ހޯމަ 14:12
އެކުވެރިކަމުގެ މެޗަށް ނުކުތް ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ފުރަތަމަ އެގާރަ

އެކުވެރިކަމުގެ މެޗަށް ނުކުތް ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ފުރަތަމަ އެގާރަ

އޭދަފުށިން ހޮވާލެވޭ އަންހެން ޓީމާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން ގައުމީ އަންހެން ފުޓްބޯޅަ ޓީމު މޮޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ހަވީރު އޭދަފުށީ ޓާފު ދަނޑުގައި ކުޅުނު މި މެޗުން ގައުމީ އަންހެން ޓީމު މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގައުމީ ޓީމުން ޖެހި ފުރަތަމަ ދެ ލަނޑު ކާމިޔާބުކޮށްދިނީ ރާނިޔާ އިބްރާހީމެވެ. އަދި އަނެއް ލަނޑު ޖަހައިދިނީ ފާތިމަތު ތީބާއެވެ.

ގައުމީ އަންހެން ޓީމުން އޭދަފުށީގައި ތަމްރީނު މެޗެއް ކުޅުނުއިރު، އެ ޓީމުން އަންނަނީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕުގެ ކޮލިފައިންގައި ކުޅެން ތަމްރީނުތައް ހަދަމުންނެވެ. މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ގައުމީ އަންހެން ޓީމަށް ބިދޭސީ ކޯޗަކު ހޯދުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އޭދަފުށީގައި ގައުމީ ޓީމުން އެކުވެރިކަމުގެ މެޗެއް ކުޅުމަށްފަހު، ބޭރު ގައުމެއްގައި ގައުމީ އަންހެން ޓީމު ކޭމްޕްކުރާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އޭއެފްސީ ވިމެންސް އޭޝިއަން ކަޕުގެ ކޮލިފައިންގައި ކުޅެން ގައުމީ އަންހެން ޓީމުން ނިންމިއިރު، މިއީ ގައުމީ އަންހެން ޓީމުން އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ތިންވަނަ ފަހަރެވެ. 11 އަހަރަށްފަހު އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރަން ގައުމީ ޓީމުން ނިންމިއިރު، އެންމެ ފަހުން ގައުމީ އަންހެން ޓީމުން ކޮލިފައިން ކުޅެފައިވަނީ 2010 ވަނަ އަހަރެވެ. އަދި އޭގެ ކުރިން 2006 ވަނަ އަހަރުގެ ކޮލިފައިންގައިވެސް ގައުމީ އަންހެން ޓީމު ވަނީ ވާދަކޮށްފައެވެ.

އަންނަ އަހަރު އިންޑިއާގައި ބާއްވާ މުބާރާތުގެ ކޮލިފައިން މެޗުތަކުގައި ރާއްޖެ ވާދަކުރާނީ ގްރޫޕް ބީގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ވިއެޓްނާމާއި، ތަޖިކިސްތާން އަދި އަފްޣާނިސްތާނެވެ. މި ގްރޫޕުގެ މެޗުތައް ކުޅޭނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ތަޖިކިސްތާނުގައެވެ. އޭޝިއަން ކަޕަށް ޖުމްލަ 12 ގައުމެއް ކޮލިފައިވާއިރު، މިހާތަނަށް ހަތަރު ގައުމެއް ވަނީ ކޮލިފައިވެފައެވެ. އެއީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ އިންޑިއާ އާއި، އޮސްޓްރޭލިއާ އާއި، ޖަޕާން އަދި ޗައިނާ އެވެ. ދެން ބާކީ އޮތް އަށް ޖާގަ ލިބޭނީ ކޮލިފައިންގެ އަށް ގްރޫޕުގެ ތެރެއިން ކޮންމެ ގްރޫޕެއްގެ އެއްވަނައަށްދާ ގައުމަށެވެ.

ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން ގައުމީ އަންހެން ޓީމުން ފަރިތަކުރުންތައް ކުރިއަށް ގެންދަމުން އަންނައިރު، ގައުމީ އަންހެން ޓީމަށް ރަސްމީކޮށް އައު ކޯޗެއް ހަމަޖައްސަން ދެން ކޯޗެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަޙްމަދު ޝަރީފް (ޑުންގާ) އެވެ.

ގައުމީ އަންހެން ޓީމުން އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާއިރު، މި ފަހުން އެ ޓީމުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން 2018 ވަނަ އަހަރު ސިންގަޕޫރުގައި ބޭއްވި އިންޓަނޭޝަނަލް ވިމެންސް ކުއަޑްރަންގިއުލާ މުބާރާތުގެ ތިންވަނަ މަގާމު ހޯދިއިރު، އޭގެ ފަހުން 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ އަންހެނުންގެ ފުޓްބޯޅަ އިވެންޓުން ވަނީ ލޯ މެޑަލް ހޯދާފައެވެ. އަދި ބަންގްލަދޭޝްގައި 2016 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ވަނީ ބޫޓާނާއި ސްރީ ލަންކާ ބަލިކޮށް ސެމީ ފައިނަލުގައިވެސް ކުޅެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު