Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖެއަށް މިނިވަންކަން ލިބުން

މިނިވަންކަން ނުދޭން އިނގިރޭސިން މަސައްކަތްކުރިތަ؟

ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯދުމަށް ދިވެހިން އެތައް މަސައްކަތެއް ކުރި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 25 ޖުލައި 2021 | އާދީއްތަ 07:52
ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތަށް ގޮސްފައިވަނީ 1887 ވަނަ އަހަރުގެ ޑިސެމްބަރު މަހު

ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތަށް ގޮސްފައިވަނީ 1887 ވަނަ އަހަރުގެ ޑިސެމްބަރު މަހު

1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހަކީ ދިވެހި ތާރީޚުން މުހިއްމު ދުވަހެކެވެ. އެ ދުވަހު ސްރީލަންކާގައި އިނގިރޭސި ހައިކޮމިޝަން ހިންގަމުންދިޔަ އިމާރާތުގައި ހެނދުނު 10:00ގައި އިނގިރޭސި ސަރުކާރާއި ދިވެހިރާއްޖޭގެ ސަރުކާރާ ދެމެދު ސޮއި ކުރެވުނު ލިޔުމަކީ ފަޚުރުވެރި، ތާރީޚީ އަދި އަގުބޮޑު ލިޔުމެކެވެ. އެ އެއްބަސްވުމުން ދިވެހިންނަށް ދިވެހިންގެ މިނިވަންކަން ކަށަވަރުކޮށްދިނެވެ. 1887 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން 1965 ވަނަ އަހަރުގެ ޖުލައި މަހުގެ ސައްބީސް ވަނަ ދުވަހާ ހަމައަށް އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތުމަށްފަހު ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނެވެ.

މި ތާރިޚީ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ބޮޑުވަޒީރު އިބްރާހީމް ނާސިރެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްރީލަންކާގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ ސަރ މައިކަލް ވޯކަރއެވެ.

ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތަށް ގޮސްފައިވަނީ 1887 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޭރު ދިވެހިރާއްޖޭގައި ހުންނެވި ރަދުން އައްސުލްޠާން މުހައްމަދު މުއީނުއްދީން ދެވަނަ އާއި އިނގިރޭސީންނާއި ދެމެދުގައި ކުރެވުނު މުއާހަދާއެއްގެ ދަށުންނެވެ. މި އެއްބަސްވުމުގައި އިނގިރޭސި ރާނީ ވިކްޓޯރިއާގެ ބަދަލުގައި ސޮއިކުރެއްވީ ސިލޯނުގައި ހުންނެވި އިނގިރޭސި ގަވަރުނަރު ސަރ އޭއެޗްގޯޑްންއެވެ.

އެއްބަސްވުމުގައި ސޮއި ކުރެވުނު ހިސާބުން ރާއްޖޭގެ ޚާރިޖީ ހުރިހާ ކަމެއް ހިންގާނެ ބަޔަކަށް އިނގިރޭސިން ވެގެންދިޔައެވެ. އެހެނަސް ރާއްޖޭގެ ދާޚިލީ ހުރިހާކަމެއް ހިންގުމުގެ ފުރިހަމަ އިޚުތިޔާރު ދިވެހިންނަށް ލިބިގެންވާ ކަމަށް މި މުއާހަދާގައި ވެއެވެ. މީގެ އިތުރުން ރާއްޖޭގެ ތަޚުތަށް އިސްކުރާ ރަސްކަލަކު ވާންވާނީ އިނގިރޭސި ސަރުކާރުން ވެސް ގަބޫލު ކުރާ ރަސްކަލަކަށް ކަމާޢި އިނގިރޭސިންނަށް ޖިޒީ ދައްކަން ޖެހޭނެ ކަމަށް ވެސް އެއްބަސްވުމުގައި ބުނެއެވެ.

އެންމެ ފުރަތަމަ ދެފަރާތުންވެސް އެއްބަސްވުމުގައިވާ ކަންކަމަށް އަމަލުކުރަމުން ދިޔައެވެ. ނަމަވެސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި އިނގިރޭސީން މަޑުމަޑުން އެއްބަސްވުމާ ޚިލާފުފާންފެށިއެވެ. އަދި ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރަމުން ދިޔައެވެ.

ތާރީޚަށް ނަޒަރު ހިންގާލުމުން އިނގިރޭސިން މުއާހަދާގެ ބޭރުން ކުރަމުން ދިޔަ އެތައް ކަމެއް ހާމަ ވެގެން ދެއެވެ. މިކަން އެންމެ ރަނގަޅަށް ހާމަވާ އެއްކަމަކީ 1956 ވަނަ އަހަރު ދިވެހި ސަރުކާރުގެ ހުއްދައެއްގެ ދަށުން ވަރަށް ކުޑަކުޑަ ރަމްޒީ ފީއަކަށް އަހަރު 100 އަހަރު ދުވަހުގެ މުއްދަތަށް އައްޑުއަތޮޅު ގަމާއި ހިތަދޫން 110 އޭކަރ ބިން އިނގިރޭސީން ކުއްޔަށް ހިފުމެވެ.

މިކަންކަމާ ގުޅިގެން އެދުވަސްވަރު، ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން އައު ކުރުމާ ގުޅޭ މަޝްވަރާތަކެއް ކުރެވުނެވެ. އޭރު ދިވެހި ސަރުކާރުން ބުނަމުންދިއައީ، އަލަށް ކުރެވޭ މުއާހަދާގައި ރާއްޖޭގެ ސިޔާސީ ހައިސިއްޔަތު ކަނޑައެޅިގެން އެނގެން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން ދިވެހިންނަށް އަމިއްލަ ވެރިކަމެއް ކުރުމުގެ ބާރު ލިބުމާއެކު ރާއްޖެއަކީ މިނިވަން ގައުމެއްގެ ގޮތުގައި އިނގިރޭސި ސަރުކާރުން ގަބޫލު ކުރަން ޖެހޭނެ ކަމަށް ހުށަހެޅިގެން ދިޔައެވެ.

މުއާހަދާ އައު ކޮށް ދިވެހިންނަކީ މިނިވަން ބައެއްގެ ގޮތުގައި ގަބޫލުކުރުމަށް އިނގިރޭސިން އެންމެ ފުރަތަމަ ދެކޮޅު ހެދިއެވެ. އެއަށްފަހު މިކަމާގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން އެކަމުގެ މަޝްވަރާތައް ކުރެވުނެވެ. މި މަޝްވަރާތަކަށް ފަހު އެންމެ ފަހުން 1960 ވަނަ އަހަރު ދިވެހިންނާ އިނގިރޭސިންނާ ދެމެދު ދެވަނަ މުއާހަދާއެއްގައި ސޮއި ކުރެވިގެންދިޔައެވެ.

މި އެއްބަސްވުމުގައިވާ ގޮތުން ރާއްޖެއަކީ މިނިވަން ގައުމެއް ކަމަށާ އަމިއްލަ ވެރިކަމެއް ކުރާ ގައުމެއް ކަމަށް އިނގިރޭސިން އެއްބަސްވިއެވެ. އެހެނަސް އިނގިރޭސީން މެދުވެރިވެގެން ނޫނީ ބޭރުގެ ގައުމުތަކާ ސިޔާސީ ގުޅުމެއް ނުއުފެއްދޭނެ ކަމަށް އެއްބަސްވުމުގައި ބުނެއެވެ.

ފެބްރުއަރީ 14 ވަނަ ދުވަހު ކުރެވުނު މި މުއާހަދާއަށް ފަހު އައްޑޫގައި ތިރީސް އަހަރުގެ މުއްދަތަކަށް އިނގިރޭސިން ތިއްބެވެ. އޯލްޕޯޓް އެގްރިމަންޓުގެ ނަމުން މަޝްހޫރުވެފައިވާ މި އެއްބަސްވުމުގައި ސޮއި ކުރެވުނީ ދިވެހިރާއްޖެއަށް މިނިވަންކަން ލިބުމުގެ ހަ އަހަރު ކުރިންނެވެ. މީގެ ސަބަބުން ރާއްޖެއިން މިނިވަންކަން އިއުލާނު ކުރިނަމަވެސް އިނގިރޭސީން ރާއްޖޭގައި އޭގެ އެތައް އަހަރެއް ވަންދެން ދެމި ތިއްބެވެ.

ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯދުމަށް ދިވެހި ސަރުކާރުންނާ ދިވެހިން އެތައް މަސައްކަތެއް ކުރިއެވެ. އެގޮތުން ރާއްޖެއަށް މިނިވަންކަން ލިބުނީ ބޮޑުވަޒީރު އިބްރާހިމް ނާސިރާއި އެމަނިކުފާނުގެ ޓީމުގެ ހިކުމަތްތެރި ސިޔާސަތު ތަކުގެ ސަބަބުންނެވެ.

ރައްޔިތުންގެ ފަރާތުން އެކަމުގައި ފުރިހަމަ އެއްބާރުލުމެއް ލިބިގެންދިޔައެވެ. އަންހެން ފިރިހެން ވަކިކުރުމެއްނެތި، ކުދިބޮޑު އެންމެން ތިބީ މިނިވަންކަމަށް ނުހަނު ބޭނުންވެފައެވެ. އިނގިރޭސިންގެ އަޅުވެތިކުރުމަށް ބޯނުލަނބާނެކަން ދިވެހިން ދިޔައީ އަމަލާއި ބަހުން ދައްކަމުންނެވެ. ނަތީޖާއަކަށް ވެގެންދިޔައީ ދިވެހިންނަށް 1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު މިނިވަންކަން ލިބިގެންދިޔުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަންކަން ނެތްއިރުވެސް ދިވެހިންގެ އިޤްތިސާދު ބޭރު ބައެއްގެ މައްޗަށް ބަރޯސާއެއް ނުވޭ

މިނިވަންކަން ނެތްއިރުވެސް ދިވެހިންގެ އިޤްތިސާދު ބޭރު ބައެއްގެ މައްޗަށް ބަރޯސާއެއް ނުވޭ

27 ޖުލައި 2022
75 އަހަރަށްފަހު ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު - ފަހުގެ ތާރީޚުގައި ރާއްޖޭގެ މިނިވަންކަމުގެ އުސްއަލިތައް

75 އަހަރަށްފަހު ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު - ފަހުގެ ތާރީޚުގައި ރާއްޖޭގެ މިނިވަންކަމުގެ އުސްއަލިތައް

25 ޖުލައި 2022
ޕާޓީން ވަކިކުރުމަށްފަހު، ޕީޕީއެމުން ކައުންސިލަށް އެންގީ ނަހުލާއަށް އެއްބާރުލުން ނުދޭން!

ޕާޓީން ވަކިކުރުމަށްފަހު، ޕީޕީއެމުން ކައުންސިލަށް އެންގީ ނަހުލާއަށް އެއްބާރުލުން ނުދޭން!

29 ޖޫން 2022
އިނގިރޭސިންގެ "ހިމާޔަތުގެ" ދަށުގައި 77 އަހަރު

އިނގިރޭސިންގެ "ހިމާޔަތުގެ" ދަށުގައި 77 އަހަރު

25 ޖުލައި 2021
ސަރވިސް ޗާޖު ނަގާހާ ހިނދަކު، އެނުދޭން ދައްކާނެ ބަހަނާއެއް ނެތް!

ސަރވިސް ޗާޖު ނަގާހާ ހިނދަކު، އެނުދޭން ދައްކާނެ ބަހަނާއެއް ނެތް!

30 ޑިސެމްބަރު 2019

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު