Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މިނިވަން 57

75 އަހަރަށްފަހު ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު - ފަހުގެ ތާރީޚުގައި ރާއްޖޭގެ މިނިވަންކަމުގެ އުސްއަލިތައް

އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ގޮސްފައިވަނީ 1887 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ކުރެވުނު މުއާހަދާއެއްގެ ދަށުން

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 25 ޖުލައި 2022 | ހޯމަ 07:02
ބޮޑުވަޒީރު އަލްމަރްހޫމް އިބްރާހީމް ނާޞިރު އަދި މާލެއާ ކޮޅުނބުގައި ތިއްބެވި ދިވެހި ސަރުކާރުގެ މަންދޫބުންނާއި، އިނގިރޭސީންގެ މަންދޫބުން

ބޮޑުވަޒީރު އަލްމަރްހޫމް އިބްރާހީމް ނާޞިރު އަދި މާލެއާ ކޮޅުނބުގައި ތިއްބެވި ދިވެހި ސަރުކާރުގެ މަންދޫބުންނާއި، އިނގިރޭސީންގެ މަންދޫބުން

ފަހުގެ ތާރީޚުގައި މިނިވަންކަމުގެ ތާޒާކަމާއި ވަސްމީރުކަން ދެކުނު އޭޝިޔާއަށް ވެރިވީ، 1945ގައި ބޮޑު ހަނގުރާމަ ނިމުމުންނެވެ. މިގޮތުން 1947ގައި އިންޑިޔާ މިނިވަންވެ، ޕާކިސްތާނާއި، އިންޑިޔާ ދެ ގައުމުގެ ގޮތުގައި އުފެދުނެވެ. އަދި ސިލޯނު 1948ގައި މިނިވަންވިއެވެ. ސިިލޯނު މިނިވަންވުމުން، 1948ގައި ރާއްޖެއަށްވެސް ދާޚިލީ މިނިވަންކަން ލިބުމުގެ އެއްބަސްވުމެއްގައި، މާލޭގައި ދިވެހިރާއްޖެއާއި އިނގިރޭސިވިލާތުގެ ފަރާތުން ސޮއިކުރިއެވެ.

ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، ޖުލައި26، 1965 މިދުވަހު ހެނދުނު ދިހައެއް ޖެހިއިރު ސިލޯނުގެ ވެރިރަށް ކޮޅުނބުގައެވެ. ދިވެހި ދައުލަތުގެ ފަރާތުން ސޮއިކުރެއްވީ ބޮޑުވަޒީރު އިބްރާހީމް ނާސިރެވެ. އިނގިރޭސިވިލާތުގެ ފަރާތުން ސޮއިކުރެއްވީ ހައިކޮމިޝަނަރ މައިކަލް ވޯކަރެވެ. މިއެއްބަސްވުމުގައި ސޮއިކުރެވުމާއެކު، ޑިސެމްބަރު16، 1887އިން ފެށިގެން އިނގިރޭސީންގެ ހިމާޔަތުގެދަށުގައި ރާއްޖެއޮތް އޮތުން 77އަހަރަށްވުރެ ގިނަދުވަސްވުމަށްފަހު ނުވަތަ ޖަނަވަރީ2، 1899ން 75 އަހަރަށްފަހު ނިމުނީއެވެ.

މީގެ 56 އަހަރު ކުރިން ހިނގި ރާއްޖެއަށް މިނިވަންކަން ހޯދުމުގެ ހަރަކާތްތަކަށް ނަޒަރު ހިންގާލާއިރު އިނގިރޭސީންގެ މަރުކަޒުތަކެއް އައްޑުއަތޮޅުގައި ހަދަން ނިންމި ނިންމުމާއި، އޭރު (1954އިން 1957އަށް) ބޮޑުވަޒީރު ކަމުގައި ހުންނެވި އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ގެންގުޅުއްވި ސިޔާސަތާއި މިކަންކަމުގެ މައްޗަށް އަލިއަޅުލުން މުހިންމެވެ. މިކަން ހިނގިގޮތަށް ބަލާއިރު ދެވަނަ ބޮޑުހަނގުރާމަ 1945 ނިމުމާއެކު ހަނގުރާމައިގައި އިއްތިހާދީންނަށް ކޮށްދިން މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، ނުވަތަ އެނޫންވެސް ސަބަބުތަކާހުރެ، އިސްވެ ބަޔާންކުރެވުނު ފަދައިން، އިނގިރޭސީން އެބައިމީހުންގެ އިސްތިއުމާރުގެ ދަށުގައި އޮތް ބައެއް ގައުމުތަކަށް މިނިވަންކަން ދޭން ފެށިއެވެ. މިގޮތުން 1947ގައި އިންޑިޔާއަށް މިނިވަންކަން ލިބި އަދި ޕާކިސްތާނު އުފެދުނެވެ. އަދި ސިލޯނަށް 1948ގައި މިނިވަން ލިބުނެވެ. މިގައުމުތަކަކީ އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުގައިއޮތް ގައުމުތަކެވެ. އެހެންނަމަވެސް ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަމެއް ނުލިބެއެވެ. އިނގިރޭސީންގެ ''ހިމާޔަތުގެދަށުގައި'' އޮތް ދިވެހިރާއްޖެއަށް ލިބުނީ ދާޚިލީ މިނިވަންކަމުގެ ނަމެވެ. އެހެނަސް އެއީ ފުރިހަމަ މިނިވަންކަން ހޯދުމަށް ކުރިޔަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ޖިޒީކަނޑާލި އެއްބަސްވުން ނުވަތަ ދާޚިލީ މިނިވަންކަމުގެ ނަމުން މަޝްހޫރުވި އެއްބަސްވުމެއްވެސް މެއެވެ. އޭޕްރީލް 24، 1948ގައި މާލޭގައި އިނގިރޭސީންނާއި ދިވެހިރާއްޖެއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމެވެ. މިއީ ސިލޯނަށް 1947ގައި މިނިވަން ލިބުމަށްފަހު ދިވެހިރާއްޖެއިން އިނގިރޭސީންނަށް ދޭ ވެދުން ނުވަތަ ޖިޒީ ހިފައިގެން ދާދިއުން އާދަކާދައިގެމަތިން ސިލޯނަށް ދާންފަށައިފިނަމަ ސިލޯނު (މިހާރުނަމަ ސްރީލަންކާ)ގެ ދަށަށް ރާއްޖެ ގޮސްފާނެތީ، އޭރު ދިވެހި ދައުލަތް ހިންގަވަން ހުންނެވި މުހައްމަދު އަމީނު ދީދީ ގައުމަށް ކޮށްދެއްވި އަގުނުކުރެވޭފަދަ ޚިދުމަތެއްކަން ތާރީޚު ދިރާސާ ކުރުމުން ސާބިތުވެ އެނގެން އެބައޮތެވެ. ސިލޯނަށް 1947ގައި މިނިވަންކަން ދިނުމަށްފަހު، އިނގިރޭސީންގެ ދެކުނު އޭޝިޔާގެ ''އެންމެ ލޮބުވެތި ކޮލޮނީ'' ސިލޯނުގައި ހުރި އިނގިރޭސީންގެ އެކިއެކި މަރުކަޒުތައް ތަފާތު ސަބަބުތަކާހުރެ، އެހެންތަނަކަށް ބަދަލުކުރަން ޖެހުނެވެ. މިގޮތުން އިނގިރޭސީން މިކަމުގައި ދުށީ މިކަމަށް އެންމެ ރަނގަޅީ ދިވެހިރާއްޖެ ކަމަށެވެ. އެއީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އައްޑުއަތޮޅުގަމާއި، މާލެއަތޮޅު ދޫނިދޫ އަދި ތިލަދުންމަތީ ކެލާގައި އިނގިރޭސީން އަސްކަރީ އަދި މުވާސަލާތީ މަރުކަޒުތައް ގާއިމުކުރެވުނު ކަމަށްވާތީވެސްމެއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ އައްޑުއަތޮޅު ގަމާ ހިތަދޫ މާމެންދުއޭ ކިޔާ ސަރަހައްދުން 110 އޭކަރުގެ ބިން އިނގިރޭސީންނަށް 100އަހަރަށް ކުއްޔަށްދޭން، ޑިސެމްބަރު،1956ގައި ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ރަމްޒު ސޮއިކުރައްވާފައިވެއެވެ. މިކަމުގައި ދިމާވި ތަފާތު ސަބަބުތަކާހުރެ، ފާމުލަދޭރި ކިލެގެފާނު ޑިސެމްބަރު 11، 1957ގައި އިސްތިއުފާ ދެއްވިއެވެ. ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ދެކެވަޑައިގަތީ ދިވެހިރާއްޖެފަދަ ވަސީލަތްތައް މަދު ކުޑަގައުމަކަށް ހަމަޖެހުމާއެކު ދެމިއޮވެވޭނީ ބޮޑުބާރެއްގެ ހިމާޔަތުގެދަށުގައި ކަމަށެވެ.

ދެން ބޮޑުވަޒީރެއްކަމަށް ރައްޔިތުންގެ މަޖިލީހުން ރަދުންނަށް ލަފާއެރުއްވީ، އޭރުގެ ވަޒީރުއްދާޚިލިއްޔާ އިބްރާހީމް ނާސިރެވެ. އެމަނިކުފާނު ޑިސެމްބަރު 12، 1957ގައި ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތެވެ. ފާމުލަދޭރި ކިލެގެފާނުގެ ސިޔާސަތާ ޚިލާފަށް ނާސިރުގެ ސިޔާސަތެއް ކަމުގައި ކަނޑައެޅުއްވީ، ދިވެހީންގެ އަމިއްލަވަންތަކަމާ މިނިވަންކަމާ އިސްތިގުލާލު ކުރިއަށް ނެރެ، ފުރިހަމަ މިނިވަންކަމާއެކު ބައިނަލްއަގުވާމީ މައިދާނަށް ނުކުތުން، އިނގިރޭސީންފަދަ އިސްތިއުމާރީ ބާރެއްގެ ހިޔަލުގައި އޮތުމަށްވުރެ ދިވެހި ގައުމަށް ފާއިދާބޮޑު ކަމަށެވެ. މިހިސާބަށް ކަންތައް ދިޔައިރު އައްޑު އަތޮޅުގަމުގައި އިނގިރޭސީންގެ ވައިގެ މަރުކަޒެއް ގާއިމު ކުރުމުގެ މަސައްކަތް އިނގިރޭސީން ވަނީ އެގައުމުގެ ކޮސްޓޭން ކުންފުންޏާ ހަވާލުކޮށްފައެވެ. ނަމަވެސް ގަމު މީހުން ޖެހިގެންއޮތް ފޭދޫއަށް ބަދަލުކުރުމުގެ ކަންތައް މުޅިން ހަމަނުޖެހޭތީ، މަސައްކަތް އެދެވޭ ގޮތެއްގައި ކުރިއަކަށް ނުދެއެވެ. ހަމަމިދަނޑިވަޅުގައި އާސަރުކާރުން އަލަށް ތައާރަފް ކުރެއްވި އޮޑިދޯނިފަހަރު ރަޖިސްޓްރީ ކުރުމާ އެއިން ފީ ނެގުމުގެ ގާނޫނާ ރާއްޖެއިން ބޭރުން ގެންނަތަކެތީން މައުމޫލު ނެގުމުގެ ގާނޫނުފަދަ ގާނޫނުތައްވީ، އައްޑުއަތޮޅު ރައްޔިތުން އެމީހުންގެ މައީޝަތު ނުވަތަ އިގްތިސާދު އެކަމަކަށް ހުއްޓިފައިވާ ކޮޅުނބުދަތުރުފަދަ ކަންތައްތަކަށް ބަލާއިރު އެމީހުންނަށް ބަލައިނުގަނެވޭފަދަ ކަންތައްތަކަކަށެވެ. އެއާގުޅިގެން ޖެނުއަރީ1، 1959ގައި އައްޑުއަތޮޅުގައި ވަކި ވެރިކަމެއް އިއްލާނު ކުރުމެވެ. މިއިއްލާނު ކުރެވުނު ވެރިކަމުގައި ފަހުން ހުވަދުއަތޮޅާ ފުވައްމުލައްވެސް ބައިވެރިވިއެވެ. މިވެރިކަން ސެޕްޓެމްބަރު23، 1963އަށް ދެމިއޮތެވެ. މިކަންވީ ރާއްޖޭގެ ފުރިހަމަ މިނިވަންކަމަށްޓަކައި އިތުރަށް މަސައްކަތް ކުރަން ސަރުކާރަށް މަޖުބޫރުވި ކަމަށެވެ.

މިދުވަސްވަރު ދިވެހި ސަރުކާރާ، އިނގިރޭސީން 1960ގައި އެއްބަސްވީ އައްޑުއަތޮޅު ގަމާ ހިތަދޫ މާމެންދުއޭ ކިޔާ ސަރަހައްދުން 110 އޭކަރުގެ ބިން އިނގިރޭސީންނަށް ކުއްޔަށް ދޭނީ 1960އިން ފެށިގެން 30އަހަރަށް ކަމަށެވެ. ބޮޑުވަޒީރު ނާސިރުގެ އާ ސިޔާސަތުތައް ތަންފީޒު ކުރެއްވުމަށްޓަކައި، ވަރަށް އަވަހަށް އަޅުއްވަން ފެށްޓެވި ތައްލީމު ފުޅާކުރެއްވުމާއި، ވިޔަފާރި އަމިއްލަ ކުރެއްވުމާއި، މުވާސަލާތު ގާއިމު ކުރެއްވުމުގެ ފޮނި ނަތީޖާ ފެނިގެންދިޔައީ އަވަސްކޮށެވެ. އިންގްލިޝް މީޑިއަމްގެ ތައްލީމާއި، އޭ.ޓީ.އޭގެ ވިޔަފާރިއެވެ. ހުޅުލޭ އެއަރޕޯޓެވެ. ދިވެހިރާއްޖޭގެ ރޭޑިއޯ ސްޓޭޝަނެވެ. ރޭޑިއޯ ޓެލެފޯނުން އަތޮޅުތައް ގުޅާލުމެވެ. މިނޫންވެސް ކިތަންމެ ކަމެކެވެ. މިގޮތުން 105 އަހަރަށްފަހު ވޯރާވިޔަފާރިވެރިން އިގުތިސާދީ އަޅުވެތިކަމުން 1962ގައި ރާއްޖޭގެ ވިޔަފާރި މިނިވަންކުރެއްވީ ބޮޑުވަޒީރު ނާސިރުގެ ހިކުމަތު އަމަލީގެ ސިޔާސަތުންކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

މި ކާމިޔާބީތަކާ ގުޅިގެން ދާދިއަވަހަށް މާލެއާ ކޮޅުނބުގައި ދިވެހި ސަރުކާރުގެ މަންދޫބުންނާއި، އިނގިރޭސީންގެ މަންދޫބުންނާއި މިނިވަންކަމުގެ މަޝްވަރާތައް ފެށުނެވެ. ދެތިން އަހަރުވަންދެން މިކުރެވުނު މަޝްވަރާތަކާއި، ބޮޑުވަޒީރު އިބްރާހީމް ނާސިރާއި، އެމަނިކުފާނުގެ ޓީމުގެ އިގްތިސާދީ އަދި ސިޔާސީ މިނިވަންކަމުގެ ހިކުމަތުގެ އަމަލީގެ ސިޔާސަތުގެ ނަތީޖާއެއްގެ ގޮތުން ޖުލައި 26، 1965ގައި ރާއްޖެއަށް މިނިވަންކަން ލިބުނީއެވެ.

މާލެ ސިޓީމިނިވަން 57އިބްރާހީމް ޒައިދު

ކޮމެންޓް

އިތުރަށް ކިޔާލަން

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

05 ޑިސެމްބަރު 2025
ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

24 ނޮވެމްބަރު 2025
"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 ނޮވެމްބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު