Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕް ބާއްވަން ރާއްޖެ، އިންޑިއާ އަދި ނޭޕާލް ޝައުގުވެރިވޭ

24 ޖުލައި 2021 | ހޮނިހިރު 04:35

ބަންގްލަދޭޝްއިން ވަނީ މުބާރާތް ބޭއްވުމުގެ ވިސްނުން ދޫކޮށްލާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 24 ޖުލައި 2021 | ހޮނިހިރު 04:35
2018 ވަނަ އަހަރު ސާފް ސުޒުކީ ކަޕުގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ޓީމު

2018 ވަނަ އަހަރު ސާފް ސުޒުކީ ކަޕުގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ޓީމު

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަން ރާއްޖެ އާއި، އިންޑިއާ އަދި ނޭޕާލުން ރަސްމީކޮށް ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

މީގެ ކުރިން ސާފް ޗެމްޕިއަންޝިޕް ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކޮށްފައި އޮތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު ބަންގްލަދޭޝްގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވުމާ ގުޅިގެން އެ އަހަރުގެ ޖޫން މަހުގެ ތެރޭގައި މުބާރާތް ވަނީ މި އަހަރަށް ފަސްކޮށްފައެވެ.

އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އޮންލައިންކޮށް ބޭއްވި ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މި މުބާރާތް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކޮށްފައެވެ. އެކަމަކު ބަންގްލަދޭޝްގައި ކޮވިޑުގެ ހާލަތު ގޯސްވުމާއި، އޭގެ އިތުރުން މިހާތަނަށް ސާފް ޗެމްޕިއަންޝިޕަށް ސްޕޮންސަރެއް ހޯދަން ކުރި މަސައްކަތުގައި އެކަށީގެންވާ ކުރިއެރުމެއް ނުލިބުމުން، ބަންގްލަދޭޝްއިން ވަނީ މުބާރާތް ބޭއްވުމުގެ ވިސްނުން ދޫކޮށްލާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ހުކުރު ދުވަހު އޮންލައިންކޮށް ބޭއްވި ސާފްގެ ބައްދަލުވުމެއްގައި މުބާރާތް ބާއްވަން ޝައުގުވެރިކަން ފާޅުކުރަން ފުރުސަތު ހުޅުވާލުމާއެކު ރާއްޖެ އާއި، އިންޑިއާ އަދި ނޭޕާލުން ވަނީ މުބާރާތް ބާއްވަން ބޭނުންވާ ކަމަށް ބުނެފައެވެ. މި ބައްދަލުވުމުގައި ވަނީ އަންނަ އޯގަސްޓް މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި މި ފަހަރުގެ ސާފް ބާއްވާނެ ގައުމެއް ކަނޑައެޅުމަށާއި، އަންނަ އޮކްޓޯބަރު މަހުގެ ކުރީ ކޮޅުގައި ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ނިންމާފައެވެ.

ތިން ގައުމަކުން ސާފް ބޭއްވުމަށް ޝައުގުވެރިކަން ފާޅުކުރިއިރު، މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ވިދާޅުވީ މިހާރު ވިސްނުމަކީ ރާއްޖެ އާއި ލަންކާ ގުޅިގެން ސާފް ޗެމްޕިއަންޝިޕް ބޭއްވުން ކަމަށާއި، އެކަމަކު އެކަމަށް މަސައްކަތް ފެށޭނީ ސަރުކާރާއެކު މަޝްވަރާކުރުމަށްފަހު ކަމަށެވެ. އަދި ރާއްޖެ އާއި ލަންކާ ގުޅިގެން ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ލަންކާއާއެކު ކޮންމެވެސް ވަރަކަށް މަޝްވަރާކުރެވިފައިވާ ކަމަށާއި، އެފަދަ ފުރުސަތެއް އޮތް ނަމަ ބައިވެރިވާން ތައްޔާރަށް އޮތްކަން ލަންކާއިން ހާމަކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެ އާއި ލަންކާއާ ގުޅިގެން ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބައްސާމް މީގެ ކުރިން ވިދާޅުވިއިރު، 2008 ވަނަ އަހަރުގެ މުބާރާތްވެސް ވަނީ ރާއްޖެ އާއި ލަންކާގައި ބާއްވާފައެވެ. އެ ފަހަރު ރާއްޖެއިން ވަނީ މުޅިން އަލަށް މި މުބާރާތް ކާމިޔާބުކޮށްފައެވެ. އެއަށްފަހު ޑާކާގައި 2018 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަންވެސް ރާއްޖެއިން ވަނީ ހޯދާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ
25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް