Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސަންޗޯ ޔުނައިޓެޑަށް ބަދަލުވުން

ޔުނައިޓެޑަށް ބަދަލުވުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން: ސަންޗޯ

ޔުނައިޓެޑާއެކު ސަންޗޯ ވަނީ 2026 ގެ ނިޔަލަށް އެއްބަސްވުން ހަދާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 23 ޖުލައި 2021 | ހުކުރު 14:35
ޔުނައިޓެޑާ ގުޅުނު އިންގްލެންޑުގެ ޒުވާން ފޯވާޑް ޖޭޑަން ސަންޗޯ

ޔުނައިޓެޑާ ގުޅުނު އިންގްލެންޑުގެ ޒުވާން ފޯވާޑް ޖޭޑަން ސަންޗޯ

މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށް އިންގްލެންޑުގެ ޒުވާން ފޯވާޑް ޖޭޑަން ސަންޗޯ ބުނެފިއެވެ.

މީގެ ކުރިން ސަންޗޯގެ ސޮއި ހޯދުމަށް ޔުނައިޓެޑުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، އެކަން ކާމިޔާބުވީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައެވެ. އެގޮތުން މި މަހުގެ އެއްވަނަ ދުވަހު ޑޯޓްމުންޑުން ވަނީ ޔުނައިޓެޑަށް ސަންޗޯ ވިއްކާލަން ނިންމާފައިވާކަން ރަސްމީކޮށް އިއުލާންކޮށްފައެވެ. އަދި ހުކުރު ދުވަހު ޔުނައިޓެޑުން ވަނީ އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ސަންޗޯ ދައްކާލާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޔުނައިޓެޑުން ސަންޗޯގެ ސޮއި ހޯދީ 73 މިލިޔަން ޕައުންޑުގެ ފީއަކަށެވެ. އަދި ޔުނައިޓެޑާއެކު ސަންޗޯ 2026 ވަނަ އަހަރުގެ ނިޔަލަށް އެއްބަސްވުން ހެދިއިރު، ޔުނައިޓެޑުން ބޭނުންވާނަމަ އިތުރު އެއް އަހަރަށް އެ އެއްބަސްވުން އާކުރުމުގެ ފުރުސަތުވެސް އެބައޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔުނައިޓެޑުގެ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ސަންޗޯ ބުނީ މީގެ ކުރިން ޑޯޓްމުންޑުން އޭނާއަށް ދިން ފުރުސަތުތަކަށް އަބަދުވެސް ޝުކުރުވެރިވާނެ ކަމަށެވެ. އެކަމަކު އޭރުވެސް އަނބުރާ އިންގްލެންޑަށް އަންނާނެކަން އެނގޭ ކަމަށާއި، ޔުނައިޓެޑަށް ބަދަލުވުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެން ކެތް މަދުވެފައި ހުރި ކަމަށްވެސް ސަންޗޯ ވަނީ ބުނެފައެވެ.

ޔުނައިޓެޑަށް ސަންޗޯ ބަދަލުވިއިރު، އޭނާ ހޯދަން ޔޫރަޕުގެ ބޮޑެތި ކުލަބުތަކުންވެސް ވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން ޗެލްސީންވެސް ދާދި ފަހުން ވަނީ ސަންޗޯ ހޯދުމަށް މަސައްކަތްކޮށްފައެވެ.

ޔުނައިޓެޑުން ސަންޗޯގެ ސޮއި ހޯދިއިރު، އޭނާ އެންމެ ފުރަތަމަ ވިދާލީ 2017 ވަނަ އަހަރު އިންޑިއާގައި ބޭއްވި 17 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕުގައެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން އިންގްލެންޑުން ހޯދިއިރު، އޭނާ ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ޑޯޓްމުންޑުގެ ސީނިއާ ޓީމުގައި ސަންޗޯ ހަތަރު ސީޒަން ހޭދަކުރިއިރު، އޭނާ ވަނީ އެ ކުލަބަށް 137 މެޗު ކުޅެދީ 50 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ ޑޯޓްމުންޑާއެކު ޖަރުމަން ކަޕާއި ޖަރުމަން ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2017

ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!

07 މާރިޗު 2017
ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!
28 ފެބުރުއަރީ 2017

ވެންގާ އާސެނަލް ދޫކޮށްފި ނަމަ ހަވާލުވުން އެންމެ ގާތީ ރެއާލްއާ: ރިޕޯޓް

28 ފެބުރުއަރީ 2017
ވެންގާ އާސެނަލް ދޫކޮށްފި ނަމަ ހަވާލުވުން އެންމެ ގާތީ ރެއާލްއާ: ރިޕޯޓް
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
11 ފެބުރުއަރީ 2017

ވިކްޓްރީގެ ޓާގެޓަކީ ތައްޓަކާއެކު ލީގަށް ކޮލިފައިވުން: ޝާޒް

11 ފެބުރުއަރީ 2017
ވިކްޓްރީގެ ޓާގެޓަކީ ތައްޓަކާއެކު ލީގަށް ކޮލިފައިވުން: ޝާޒް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު