Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހިޔާ ފްލެޓް

އާދިއްތަ ދުވަހު ހަވާލުކުރުމަށް ހަމަޖެހިފައިވާ ފުލެޓުތައް ހިމެނޭ ޓަވަރު މިހާރުވަނީ ވަނީ ނިމިފައި: އެޗްޑީސީ

ލިސްޓުގައި މައުލޫމާތު ނެތިގެން އެކަމުގެ ޝަކުވާވެސް ކުރޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 23 ޖުލައި 2021 | ހުކުރު 13:38
ޚަބަރު ފީތާ ޕްރޮގްރާމުގެ ތެރެއިން

ޚަބަރު ފީތާ ޕްރޮގްރާމުގެ ތެރެއިން

އާދިއްތަ ދުވަހު ސޮއިކޮށްް ހަވާލުކުރަން ހަމަޖެހިފައިވާ ފުލެޓްތައް ހިމެނޭ ޓަވަރު މިހާރު ލިބިފައިވާ ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހާމަކޮށްފިއެވެ.

ރާއްޖެޓީވީގެ ޚަބަރުފީތާ ޕްރޮގްރާމުގައި ބުރާސްފަތި ދުވަހު ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ރިއަލް އެސްޓޭޓް ޑިޕާޓްމަންޓުގެ ޕްރޮޕަޓީ މެނޭޖަރ އަހްމަދު ސިރާޖް ވިދާޅުވީ މިހާތަނަށް ހިޔާ ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރަމުންދަނީ ދެ ޓަވަރެއްގެ އެޕާޓްމަންޓްތަކުގައި ކަމަށާއި އާދިއްތަ ދުވަހު ސޮއިކުރަން ހަމަޖެހިފައިވާ ފްލެޓްތައް ހިމެނޭ ޓަވަރު މިހާރު ލިބިފައިވާ ކަމަށެވެ. އެޗްޑީސީން އެޕާޓްމަންޓުތައް ލިބިފައިވާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރަމުންދަނީ ކޮންޓްރެކްޓަރ ޓަވަރުތައް ހަވާލު ކުރަމުންދާ މިންވަރަކަށެވެ. އެގޮތުން މިހާތަނަށް އެޗްޑީސީން އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިޔައީ ދެ ޓަވަރެއްގެ އެޕާޓްމަންޓްތައް ލިބުނު މީހުންނާ އެކުގައެވެ. އާދިއްތަ ދުވަހު އިތުރު ޓަވަރެއް ލިބުމުން އެތަނުގެ އެޕާޓްމަންޓުތައް ހަވާލުކުރުމުގެ ކަންތައްތައް ފެށިގެންދާނެއެވެ.

Advertisement - newsAdvertisement

ސިރާޖު އިތުރަށް ވިދާޅުވީ ބައެއް ފަރާތަކުން ސޮއިކުރުމުގެ ލިސްޓުގައި މައުލޫމާތު ނެތިގެން އެކަމުގެ ޝަކުވާ ކުރާ ކަމަށާއި އެއްބަސްވުމުގައި ސޮއިކުރަން ތާވަލު ކުރަނީ މައުލޫމާތު ކަށަވަރުވެފައިވާ ފަރާތްތަކަށް ކަމަށެވެ.

ކޮންމެ ޓަވަރެއްގައި ވެސް ދެ ދުވަހުގެ ތެރޭގައި ސޮއިކޮށް ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. މި މަހުގެ ޖުލައި 14 ފެށިގެން އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް އެޗްޑީސީން ކުރިއަށް ގެންދާއިރު މިހާތަނަށް ޓަވަރ އެޗް 9، އެޗް 13ގެ މަސައްކަތް ކުރިއަށް ގެންދެއެވެ. މިހާތަނަށް އެންމެ ގިނައިން އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ އެއްދުވަހާ 200 މީހުންނަށެވެ.

އެޗްޑީސީން އިތުރަށް ބުނީ ބައެއް މީހުންގެ ފޯނު ނަންބަރުތައް ބަދަލުވެފައިވާ ކަމަށާއި މިހާރު ދިރިއުޅޭ އެޑްރެހާއި ނަންބަރާއި ބައެއް މައުލޫމާތު ބޭނުންވާ ކަމަށެވެ. މީގެ އިތުރުން ވެސް މީހުންގެ މައުލޫމާތު ކަށަވަރު ކުރުމަށް ވެސް އެތައް މަސައްކަތެއް ކުރަން ޖެހޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

އީދު ބަންދުގައި ވެސް އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް ކުރިއަށްދާއިރު ޝެޑިއުލަށް ބަދަލު ގެނެސްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެކުރިން މި މަހުގެ 24 ވަނަ ދުވަހު ސޮއިކުރަން ހަމަޖައްސާފައިވީނަމަވެސް މިހާރު އާދިއްތަ ދުވަހު ސޮއިކުރަން ނިންމާފައިވާ ކަމަށާއި އެހެންކަމުން 26 ގައި ސޮއިކުރުމުގެ ކަންތައްތައް ނިމިގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

އާންމުންނަށް މައުލޫމާތު ހުށަހަޅަން ދެ ގޮތެއް އޮންނާނެ ކަމަށާއި އެއީ އެޗްޑީސީގެ ޕޯޓަލް މެދުވެރިކޮށް އަދި ރިސެޕްޝަނަށް ފޯމް ހުށަހަޅައިގެން ކަމަށް އެޗްޑީސީން ބުންޏެވެ.

މިހާރު ވެސް އާންމުން އެންމެ ބޮޑަށް ކުރަމުން އަންނަ ޝަކުވާއަކީ ހިޔާ ފްލެޓްތަކަށް ވަދެވޭނީ ކޮންދުވަހަކުތޯ ކަމަށާއި މިވަގުތު އާންމުންނަށް އެއްކޮށް ހުޅުވާނުލަނީ ލިފްޓަށް މިހާރު ވަގުތީ ޖަނެރޭޓަރެއް މެދުވެރިކޮށް ކަރަންޓް ދޫކޮށްފައިވުމުން ކަމަށް އެޗްޑީސީގެ ރިއަލް ސްޓޭޓް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޝާޒިމް ސައީދު ވިދާޅުވިއެވެ.

ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރިނަމަވެސް، ތަނުގެ ފިނިޝިން މަސައްކަތަށް ދިނުމަށް ހަމަޖެހިފައިވާ 3 މަސް ދުވަހުގެ މުއްދަތު ގުނަން ފަށާނީ، ކަރަންޓުގެ މަސައްކަތް ނިމުމުން ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. އެގްރީމެންޓްގައި ސޮއިކުރުމަށްފަހު، ތަނުގެ ތަޅުދަނޑި ވެރިމީހާއާ ހަވާލުކޮށް، ތަން ހަވާލުކުރި ކަމުގެ ލިޔުން ދެނީ ހިޔާ ފްލެޓް ސަރަހައްދުންނެވެ. އެއާއެކު ފްލެޓަށް ގެންނަވާ އިތުރު ބަދަލުތައް ގެނައުމަށް ޚާއްސަ ހުއްދައަށް އެދޭ ފޯމާއި، ފެން ގުޅުމުގެ މަސައްކަތް ވެސް އެ ސަރަހައްދުން ވަގުތުން ފުރިހަމަ ކޮށްދެއެވެ. ތަނުގެ ވެރިމީހާގެ ހާޒިރުގައި ފެން ގުޅައިދިނުމުގެ މަސައްކަތް ވެސް އަންނަނީ ވަގުތުން ކޮށްދެމުންނެވެ.

ހުޅުމާލޭ ދެވަނަ ފޭސްގައި އަޅާފައިވާ ހިޔާ ފްލެޓްތަކަށް ފްލެޓުގެ މެނޭޖްމަންޓު ފީއާއެކު ދައްކަން ޖެހެނީ މަހަކު 8،500 ރުފިޔާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެޗްޑީސީން ބުނީ ފްލެޓްތަކަށް ފައިސާ ދައްކާ ޚަލާސް ކުރަން ޖެހޭނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު