Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަންހެން ޓީމަށް ކޯޗަކު ހޯދުން

ގައުމީ އަންހެން ޓީމަށް ބިދޭސީ ކޯޗަކު ހޯދަނީ

އަންހެން ޓީމުގެ ކޯޗެއްގެ ގޮތުގައި މި ވަގުތު މަސައްކަތްކުރަނީ ޑުންގާ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 22 ޖުލައި 2021 | ބުރާސްފަތި 11:09
ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ކުރިއަށްގެންދާ ފަރިތަކުރުންތަކުގެ ތެރެއިން

ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ކުރިއަށްގެންދާ ފަރިތަކުރުންތަކުގެ ތެރެއިން

ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ބިދޭސީ ކޯޗަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ގައުމީ އަންހެން ޓީމަށް ބިދޭސީ ކޯޗަކު ހޯދުމަށް މަސައްކަތް ފެށިއިރު، އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕުގެ ކޮލިފައިންގައި ކުޅެން ގައުމީ އަންހެން ޓީމުން ވަނީ ނިންމާފައެވެ. މިއީ ގައުމީ އަންހެން ޓީމުން އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ތިންވަނަ ފަހަރެވެ. 11 އަހަރަށްފަހު އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރަން ގައުމީ ޓީމުން ނިންމިއިރު، އެންމެ ފަހުން ގައުމީ އަންހެން ޓީމުން ކޮލިފައިން ކުޅެފައިވަނީ 2010 ވަނަ އަހަރެވެ. އަދި އޭގެ ކުރިން 2006 ވަނަ އަހަރުގެ ކޮލިފައިންގައިވެސް ގައުމީ އަންހެން ޓީމު ވަނީ ވާދަކޮށްފައެވެ. ނަމަވެސް 2008، 2014 އަދި 2018 ވަނަ އަހަރުގެ މުބާރާތުގެ ކޮލިފައިން ބުރުގައި ގައުމީ އަންހެން ޓީމު ވާދަކޮށްފައެއް ނުވެއެވެ.

އަންނަ އަހަރު އިންޑިއާގައި ބާއްވާ މުބާރާތުގެ ކޮލިފައިން މެޗުތަކުގައި ރާއްޖެ ވާދަކުރާނީ ގްރޫޕް ބީގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ވިއެޓްނާމާއި، ތަޖިކިސްތާން އަދި އަފްޣާނިސްތާނެވެ. މި ގްރޫޕުގެ މެޗުތައް ކުޅޭނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ތަޖިކިސްތާނުގައެވެ. އޭޝިއަން ކަޕަށް ޖުމްލަ 12 ގައުމެއް ކޮލިފައިވާއިރު، މިހާތަނަށް ހަތަރު ގައުމެއް ވަނީ ކޮލިފައިވެފައެވެ. އެއީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ އިންޑިއާ އާއި، އޮސްޓްރޭލިއާ އާއި، ޖަޕާން އަދި ޗައިނާ އެވެ. ދެން ބާކީ އޮތް އަށް ޖާގަ ލިބޭނީ ކޮލިފައިންގެ އަށް ގްރޫޕުގެ ތެރެއިން ކޮންމެ ގްރޫޕެއްގެ އެއްވަނައަށްދާ ގައުމަށެވެ.

ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން ފަރިތަކުރުންތައް ފަށާފައިވާއިރު، ގައުމީ އަންހެން ޓީމުން އެންމެ ފަހުން މުބާރާތެއްގައި ކުޅުނުއިރު ކޯޗަކަށް ހުރީ އަޙްމަދު ނާޝިދު (ނާދު) އެވެ. އެކަމަކު ނާދު ގައުމީ ޓީމުން ވަކިވެފައިވާއިރު، އަންހެން ޓީމަށް ރަސްމީކޮށް އައު ކޯޗެއް ހަމަޖައްސަން ދެން ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަޙްމަދު ޝަރީފް (ޑުންގާ) ކަމަށް އެފްއޭއެމުން މީގެ ކުރިން ވަނީ ބުނެފައެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ ގައުމީ އަންހެން ޓީމަށް ބިދޭސީ ކޯޗަކު ހޯދުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އަންހެން ޓީމު އެންމެ ރަނގަޅަށް ޑިވެލޮޕް ކުރެވޭނީ ބިދޭސީ ކޯޗަކު ހުރެގެން ކަމަށާއި، އެގޮތުން މި ފަހުން ގައުމީ ޓީމުން ހޯދި ކާމިޔާބީތަކަކަކީ ޖަޕާނުގެ ކޯޗުގެ ވަރަށް ބުރަ މަސައްކަތްތަކަކުން ހޯދުނު ކާމިޔާބީތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

ގައުމީ އަންހެން ޓީމުން އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާއިރު، މި ފަހުން އެ ޓީމުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން 2018 ވަނަ އަހަރު ސިންގަޕޫރުގައި ބޭއްވި އިންޓަނޭޝަނަލް ވިމެންސް ކުއަޑްރަންގިއުލާ މުބާރާތުގެ ތިންވަނަ މަގާމު ހޯދިއިރު، އޭގެ ފަހުން 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ އަންހެނުންގެ ފުޓްބޯޅަ އިވެންޓުން ވަނީ ލޯ މެޑަލް ހޯދާފައެވެ. އަދި ބަންގްލަދޭޝްގައި 2016 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ވަނީ ބޫޓާނާއި ސްރީ ލަންކާ ބަލިކޮށް ސެމީ ފައިނަލުގައިވެސް ކުޅެފައެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމުވިމެންސް އޭޝިއަން ކަޕް ކޮލިފައިން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޒާހިޔާ، ޤައުމީ އަންހެން ޓީމުން ރިޓަޔާ ކޮށްފި

ޒާހިޔާ، ޤައުމީ އަންހެން ޓީމުން ރިޓަޔާ ކޮށްފި

26 އޮކްޓޯބަރު 2024
ނޭޕާލް އިން ރާއްޖެ ކޮޅަށް 11 ލަނޑު ޖަހައިފި

ނޭޕާލް އިން ރާއްޖެ ކޮޅަށް 11 ލަނޑު ޖަހައިފި

22 އޮކްޓޯބަރު 2024
ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް އަންހެން ޤައުމީ ޓީމު ނޭޕާލަށް

ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް އަންހެން ޤައުމީ ޓީމު ނޭޕާލަށް

14 އޮކްޓޯބަރު 2024
ޓީމަށް އުނދަގޫވީ ލީޑު ހިފަހައްޓަން: ނަންނި

ޓީމަށް އުނދަގޫވީ ލީޑު ހިފަހައްޓަން: ނަންނި

24 މެއި 2023
އޮލިމްޕިކްސް ކޮލިފައިންގައި ރާއްޖެ ހިމެނުނީ ބަންގްލަދޭޝް، މިޔަންމާ އަދި އިރާނާ އެއް ގްރޫޕެއްގައި

އޮލިމްޕިކްސް ކޮލިފައިންގައި ރާއްޖެ ހިމެނުނީ ބަންގްލަދޭޝް، މިޔަންމާ އަދި އިރާނާ އެއް ގްރޫޕެއްގައި

14 ޖެނުއަރީ 2023

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު