Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯނު އަނބުރާ ހޯދަން މަސައްކަތްކުރުން

ޗައިނާއިން އަދިވެސް ބޮޑެތި އަދަދުތަކުން ލޯނު އަނބުރާ ހޯދަން މަސައްކަތްކުރޭ: ރައީސް ނަޝީދު

22 ޖުލައި 2021 | ބުރާސްފަތި 04:50

މިއީ ރާއްޖޭގައި އެކި މަޝްރޫއުތައް ހިންގުމަށް ނަގާފައިވާ ލޯނުތަކެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 22 ޖުލައި 2021 | ބުރާސްފަތި 04:50
ރައީސް ނަޝީދު ވިއޯން ޓީވީއަށް އިންޓަރވިއު ދެއްވަނީ

ރައީސް ނަޝީދު ވިއޯން ޓީވީއަށް އިންޓަރވިއު ދެއްވަނީ

ރާއްޖޭގައި ބޮޑެތި މަޝްރޫއުތަކެއް ހިންގަން ޗައިނާއިން ދީފައިވާ ލޯނުތައް އަނބުރާ ދެއްކުން އެގައުމުން އަދިވެސް ފަސްކޮށްދީފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޗައިނާއިން ރާއްޖެއަށް ދޫކޮށްފައިވާ ލޯނުތައް ފަސްކޮށްދިނުމާ ގުޅޭގޮތުން އިންޑިއާގެ ވިއޯން ޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ މި ލޯނުތައް އަނބުރާ ދެއްކުން ޗައިނާއިން އަދިވެސް ފަސްކޮށްދީފައި ނުވާ ކަމަށެވެ. 

މި ހާލަތުގައި ރާއްޖެއަށް ކުރިމަތިލާންޖެހިފައިވާ ދަތިތަކާއެކު ވެސް ޗައިނާއިން އެ ލޯނުތައް އަނބުރާ ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށާއި، އެއީ ބޮޑު އަދަދުތަކުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މި އަދަދުތައް ދެއްކުމަށް ރާއްޖެއަށް ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވަނީ ހަމަ އެކަނި ކޮވިޑްގެ ސަބަބުން ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މި ލޯނުތައް ނަގައިގެން ހިންގި މަޝްރޫޢުތަކުން ލޯނު އަނބުރާ ދެއްކޭނެ މިންވަރަށް އާމްދަނީ ނުލިބުން ވެސް އެއީ ކުރިމަތިވާ ދައްޗެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ ކުރިން ރައީސް ނަޝީދު ވަނީ ޗައިނާއިން ރާއްޖެއަށް ދޫކޮށްފައިވާ ލޯނުތަކަކީ ލޯނުގެ ދަންތުރަތަކެއް ކަމެއް ވިދާޅުވެފައެވެ. މަޝްރޫޢުތައް ހިންގުމަށް ނަގާފައިވާ ލޯނު ވިޔަފާރީގެ ގޮތުން ދެކޮޅު ނުޖެހޭ ވަރަށް ބޮޑުކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ރާއްޖެއަށް ޗައިނާއިން ދޫކޮށްފައިވާ ލޯނުތައް ނުދެއްކުމުން ދައުލަތުގެ ކުންފުނިތަކުގެ ހިއްސާ އެގައުމުން ނަގާނެ ކަމަށެވެ. އަދި ޗައިނާއިން 16 ރަށެއް ރާއްޖެއިން ނަގާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން މި ލޯނުތައް އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް ރާއްޖެއިން އެދިފައި ވެސް ވެއެވެ.

ރާއްޖެއިން މިފަދައިން އެދުމުން މި ލޯނުތައް ފަސްކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާކަމަށް ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހު ހާމަކޮށްފައެވެ. އެހެންނަމަވެސް މި ލޯނުތައް އަނބުރާ ދެއްކުން ޗައިނާއިން އަދި ވެސް ފަސްކޮށްދީފައެއް ނުވެއެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދު

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު
04 ޖޫން 2025

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ
02 މެއި 2025

ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

02 މެއި 2025
ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި
26 ޖޫން 2024

ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

26 ޖޫން 2024
ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި
13 މެއި 2024

އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް

13 މެއި 2024
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް
12 މެއި 2024

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

12 މެއި 2024
ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
06 މެއި 2024

މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި

06 މެއި 2024
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި
30 އެޕްރީލު 2024

ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް

30 އެޕްރީލު 2024
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
01 އެޕްރީލު 2024

މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިން ބައެއް އުނިކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފި

01 އެޕްރީލު 2024
މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިން ބައެއް އުނިކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފި
02 ފެބުރުއަރީ 2024

ވަޒީރުންނަށް ރުހުން ނުދިނުން: ގާނޫނު އަސާސީގެ 129 ވަނަ މާއްދާ މުތުލަގަށް ނެތް ނަމަ ވާނީ ކިހިނެއް؟

02 ފެބުރުއަރީ 2024
ވަޒީރުންނަށް ރުހުން ނުދިނުން: ގާނޫނު އަސާސީގެ 129 ވަނަ މާއްދާ މުތުލަގަށް ނެތް ނަމަ ވާނީ ކިހިނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް